ސްވިޒަލޭންޑުން އެމެރިކާއަށް ނޫނެކޭ ބުނެ، އީރާނާ ދެކޮޅު ހަނގުރާމައަށް ވައިގެ ސަރަހައްދު ނުދިން
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އޮޕަރޭޝަންތަކުގައި ސްވިޒަލޭންޑުގެ ވައިގެ ސަރަހައްދު ބޭނުންކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ހުށަހެޅި ދެ ހުށަހެޅުމެއް އެ ގައުމުން ބޭރުކޮށްލައިފިއެވެ. 2026 މާރިޗު 14 ވީ ހުކުރު ދުވަހު ސްވިޒަލޭންޑް ސަރުކާރުން ވަނީ މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. ސްވިޒަލޭންޑުގެ މި ނިންމުމަކީ އެމެރިކާގެ ވައިގެ ހަމަލާތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. ސަބަބަކީ އުތުރު އެމެރިކާއާއި ފާރިސީ ކަނޑުއޮޅިއާ ދެމެދު އޮންނަ އެންމެ ސީދާ ވައިގެ މަގުތަކުގެ ތެރޭގައި ސްވިޒަލޭންޑް...