މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,381 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 243 ވަނަ ޞަފްޙާ

ފިލިޕީންސްގައި ގައުމީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފި

ފިލިޕީންސްގައި ގައުމީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފި

މެދުއިރުމަތީގައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ގައުމުގެ ހަކަތައިގެ ސަޕްލައިއަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ އެ ގައުމުގައި “ގައުމީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު” އިޢުލާނުކުރައްވައިފިއެވެ. އަންގާރަ ދުވަހު ރައީސް މާކޯސް މި ހާލަތު އިޢުލާނުކުރެއްވީ، މެދުއިރުމަތީގެ މަސްރަހު ގޯސްވަމުން ދިއުމާ ގުޅިގެން ގައުމަށް “ވަގުތުން ކުރިމަތިވެދާނެ ނުރައްކަލަކަށް” އިޖާބަދިނުމުގެ ގޮތުންނެވެ. މި ނިންމެވުމާއެކު، ތެލާއި، ކާބޯތަކެއްޗާއ...

ނާޒިމާ އަލީ
އީރާނާ ދެކޮޅު ހަނގުރާމައިގެ ސަބަބުން އިތުރު 45 މިލިއަން މީހުން ބަނޑަށް ޖެހިދާނެކަމުގެ އިންޒާރު

އީރާނާ ދެކޮޅު ހަނގުރާމައިގެ ސަބަބުން އިތުރު 45 މިލިއަން މީހުން ބަނޑަށް ޖެހިދާނެކަމުގެ އިންޒާރު

މެދުއިރުމަތީގައި އިތުރުވަމުންދާ ހަނގުރާމައިގެ ސަބަބުން، 2026 ވަނަ އަހަރާ ހަމައަށް އިތުރު 45 މިލިއަން މީހުން ކާބޯތަކެތީގެ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއު.އެފް.ޕީ) އިން އަންގާރަ ދުވަހު އިންޒާރު ދީފިއެވެ. ތަކެތީގެ އަގުތައް އުފުލުމާއެކު، ދުނިޔޭގެ ބަނޑުހައިހޫނުކަން ރެކޯޑް މިންވަރަކަށް މަތިވެ، އިތުރު އެތައް މިލިއަން ބަޔަކު ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. ޑަބްލިއު.އެފް.ޕީގެ އާ ދިރާސާއަކުން ދައްކާގޮތުގައި، މިއަހަރުގެ މެދުތެރެއާ ހަމައަށް ހަމަނުޖެ...

ނާޒިމާ އަލީ
ޕީއެންސީ ކައުންސިލެއް ނުހޮވިއްޖެނަމަ ހަނިމާދޫގެ ތަރައްގީ ދެއަހަރާއި ބައި ފަހަތައް ހިނގައިދާނެ: ސައްތާރު

ޕީއެންސީ ކައުންސިލެއް ނުހޮވިއްޖެނަމަ ހަނިމާދޫގެ ތަރައްގީ ދެއަހަރާއި ބައި ފަހަތައް ހިނގައިދާނެ: ސައްތާރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިޚާބުގައި ހދ. ހަނިމާދޫ ރަށު ކައުންސިލަށާއި، ޑަބްލިޔުޑީސީ އަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވަންޖެހެނީ އެއީ ރަށަށް ތަރައްގީއާއި ކުރިއެރުން ލިބެންއޮތް އެންމެ ރަނގަޅު މަގުކަމަށްވާތީ ކަމަށް ވިދާޅުވެ، އެ ކެންޑިޑޭޓުންނަށް އަންނަ އިންތިޚާބުގައި ވޯޓު ދިނުމަށް ހަނިމާދޫ ރައްޔިތުންގެ ކިބައިން އެރަށުގެ ކައުންސިލްގެ ރައީސް އަބުދުއްސައްތާރު ހަސަން (ސަޓޯ) އެދިވަޑައިގެންފިއެވެ. އިދިކޮޅު...

އަލީ އާދިލް
ފަލަސްތީނާއި ލުބުނާނުގެ އާންމުންނަށް ހަމަލާދޭނަމަ އިސްރާއީލަށް "ހުއްޓުމެއްނެތި" ހަމަލާދޭނަން: އީރާން

ފަލަސްތީނާއި ލުބުނާނުގެ އާންމުންނަށް ހަމަލާދޭނަމަ އިސްރާއީލަށް "ހުއްޓުމެއްނެތި" ހަމަލާދޭނަން: އީރާން

ފަލަސްތީނުގެ ގާޒާ އާއި ލުބުނާނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތައް ކުރިއަށްގެންދާހާ ހިނދަކު، އެއްވެސް ހިފެހެއްޓުމެއް ނެތި އިސްރާއީލަށް ހަމަލާދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން މިއަދު ދީފިއެވެ. މިއަދު، 24 މާރިޗު 2026 ގައި އައި.އާރު.ޖީ.ސީ އިން ނެރުނު ބަޔާނަކާއެކު، އެ ޖަމާއަތުން މީގެ ކުރިން ގެންގުޅެމުން އައި “މިންގަނޑުތަކަށް ފެތޭ މިންވަރަށް ބަދަލުހިފުމުގެ” އުސޫލު މިހާރު ވަނީ ރަސްމީކޮށް ދޫކ...

ޔުމްނާ ޢަލީ
ދެކުނު ކޮރެއާއަކީ އުތުރު ކޮރެއާގެ "އެންމެ ދުޝްމަން ގައުމު" ކަމަށް ކަނޑައަޅައިފި

ދެކުނު ކޮރެއާއަކީ އުތުރު ކޮރެއާގެ "އެންމެ ދުޝްމަން ގައުމު" ކަމަށް ކަނޑައަޅައިފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، ދެކުނު ކޮރެއާއަކީ އެ ގައުމުގެ “އެންމެ ދުޝްމަން ގައުމު” ކަމަށް ކަނޑައަޅައި، އެކަން ރަސްމީކޮށް އިޢުލާންކުރައްވައިފިއެވެ. ކިމް މިކަން އިޢުލާންކުރެއްވީ އެ ގައުމުގެ 15 ވަނަ ސުޕްރީމް ޕީޕަލްސް އެސެމްބްލީގައި ހޯމަ ދުވަހު ދެއްވި ތަގްރީރުގައެވެ. މި ނިންމުމަކީ 2024 ވަނަ އަހަރުގެ ކުރީކޮޅު ފެށުނު މަރުހަލާއެއްގެ އެންމެ ފަހު ގާނޫނީ ފިޔަވަޅެވެ. މިއާއެކު ދެ ކޮރެއާގެ ދެމެދުގައި އެތައް އަހަރެއް ވަންދެން އޮތް “ޚާއްސަ ގުޅުން” ނިމުމަކަށް […]

ނާޒިމާ އަލީ
ރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ލިބޭ ފަޚުރެއް: ރައީސް

ރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ލިބޭ ފަޚުރެއް: ރައީސް

ދިވެހިރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ލިބޭ ބޮޑު ފަޚުރެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ ޓީބީއަކީ ރައްކާތެރިވެވޭ އަދި ފަރުވާދެވޭ ބައްޔަކަށް ވީނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުންނަށް އަދިވެސް މި ބަލީގެ އަސަރު ކުރަމުންދާ ކަމަށެވެ. މި ބަލި ނައްތާލުމުގައި ވަރުގަދަ ސިއްހީ...

ޔުމްނާ ޢަލީ
ދުޝްމަނުން އީރާނުގެ އިސްފަހާން އާއި ޚުއްރަމްޝަހަރުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދީފި: އީރާނުގެ މީޑިއާ

ދުޝްމަނުން އީރާނުގެ އިސްފަހާން އާއި ޚުއްރަމްޝަހަރުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދީފި: އީރާނުގެ މީޑިއާ

އެމެރިކާ އާއި އިސްރާއީލުން ހޯމަ ދުވަހު އީރާނުގެ އިސްފަހާން ޕްރޮވިންސާއި ހުޅަނގު ދެކުނު ސިޓީއެއް ކަމަށްވާ ޚުއްރަމްޝަހަރުގައި ހުރި ހަކަތައާ ގުޅުންހުރި ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްފަހާންގައި ގަދީމީ ގޭސް އިދާރާގެ އިމާރާތަކަށާއި ގޭސް ޕްރެޝަރު ދަށްކުރާ ސްޓޭޝަނަކަށް ހަމަލާދިނުމުގެ ސަބަބުން އެ ތަންތަނުގެ ބައެއް ބައިތަކަށާއި ކައިރީގައި ހުރި ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ. ޚުއްރަމް...

ނާޒިމާ އަލީ
ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޝަކޫރު އަވަހާރަވެއްޖެ

ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޝަކޫރު އަވަހާރަވެއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރ (ރިޓަޔަރޑް) އަބްދުއްޝަކޫރު އަބްދުﷲ މިއަދު އަވަހާރަވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ 43 އަހަރަށްވުރެ ގިނަ ދުވަހު ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރަށްވާފައިވާ އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އުމުރުން 75 އަހަރުގައި ޝަކޫރު އަވަހާރަވީ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު 10:1...

ޔުމްނާ ޢަލީ
ހިމަންދޫ އާއި މީދުއަށް ޑްރަގް އެތެރެކުރަން އުޅުނު ދެމީހަކާއި ޑްރަގް މައްސަލާގައި ލ.ހިތަދޫއިން މީހަކު ހައްޔަރުކޮށްފި

ހިމަންދޫ އާއި މީދުއަށް ޑްރަގް އެތެރެކުރަން އުޅުނު ދެމީހަކާއި ޑްރަގް މައްސަލާގައި ލ.ހިތަދޫއިން މީހަކު ހައްޔަރުކޮށްފި

އއ. ހިމަންދޫ އާއި ދ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކާއި، ލ. ހިތަދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ މައްސަލައެއްގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ހިމަންދޫ އާއި މީދޫގެ މައްސަލަ މި މާރިޗު މަހުގެ 22 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ދ. މީދޫ، ބީޗްހައުސް، އިބްރާހީމް އަޝްރަފް (41އ) އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މައިނުއްދީން (35އ) އެވެ. މީދޫ އަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލާގައި […]

ޔުމްނާ ޢަލީ
ހިޔާރޯދި އަލިފާނުގެ ހާދިސާއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

ހިޔާރޯދި އަލިފާނުގެ ހާދިސާއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

މާލޭގެ ގ. ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. ގަލޮޅު މޯޗަރީ ކައިރީ ހުންނަ މި ގޭގައި މި ހާދިސާ ހިނގުމުގެ ހައެއްކަ މިނެޓު ކުރިން މީހަކު އެ ގެއަށް ވަންނަ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ […]

ޔުމްނާ ޢަލީ
ކައުންސިލްތައް އޮތީ ވެރިކަންކުރާ ބާރުގެ ތެރޭގައި ސަރުކާރަށް އެހީތެރިކަން ދިނުމަށް: ރައީސް

ކައުންސިލްތައް އޮތީ ވެރިކަންކުރާ ބާރުގެ ތެރޭގައި ސަރުކާރަށް އެހީތެރިކަން ދިނުމަށް: ރައީސް

ކައުންސިލްތަކަކީ ވެރިކަންކުރާ ބާރުގެ ތެރޭގައި ހިމެނޭ، ސަރުކާރަށް އެހީތެރިކަން ދިނުމަށްޓަކައި އޮތް ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ލޯކަލް ކައުންސިލްތަކުގެ އެހީތެރިކަން ނުހަނު ބޭނުންވެއެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަ...

އަލީ އާދިލް
މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަ ބިލު މަޖިލީހުގެ މި ދައުރުތެރޭ ހުށަހަޅަނީ

މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަ ބިލު މަޖިލީހުގެ މި ދައުރުތެރޭ ހުށަހަޅަނީ

މަރުގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަރުގެ ޙުކުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް މަރުގެ އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެނ...

ޔުމްނާ ޢަލީ
މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުނަށާއި އަންހެނުންނަށް ޚާއްޞަ ކުރަނީ

މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުނަށާއި އަންހެނުންނަށް ޚާއްޞަ ކުރަނީ

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ރިއާޔަތްކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށާއި އަންހެނުންނަށް ޚާއްޞަ ކުރުމަށް ޤާނޫނީ އިޞްލާޙުތަކެއް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުން ނިންމަވައިފިނަމަ، ސަރ...

އަލީ އާދިލް
ދިއްދުއަށް ކޮށްދިން ކަމެއް ކޮށްދިނީ މި ސަރުކާރުން: މެމްބަރު ލަތީފް

ދިއްދުއަށް ކޮށްދިން ކަމެއް ކޮށްދިނީ މި ސަރުކާރުން: މެމްބަރު ލަތީފް

ހއ. އަތޮޅަށް ވެސް އަދި ދިއްދުއަށް ވެސް ތަރައްގީއަށް ކަމެއް ކޮށްދީފައި އޮތީ މި ސަރުކާރުންކަމަށް ދިއްދޫ ދާއިޜާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެ އެވެ. ދިއްދޫ ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ގޮތުން އެ ރަށުގައި ބެއްވި ކޮންގްރެސް ޕާޓީގެ ކެމްޕެއިން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ކޮންގްރެސް ޕާޓީގެ ފިކުރުން ދިއްދުއަށް ކޮށްދިން ކަންކަން ވަރަށް ގިނަ ކަމަށެވެ. “ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދިއްދޫ ރައްޔިތުންނަށް 3 ވައުދަކާ އެކު. އެންމެ […]

އައިޝަތު ޢާދަމް
ހަކަތައިގެ މަރުކަޒަށް ހަމަލާދިނުން ފަސްކުރީ އީރާނާ މަޝްވަރާކުރާތީކަމަށް ޓްރަމްޕް ވިދާޅުވުމުން އީރާނުން އެކަން ދޮގުކޮށްފި

ހަކަތައިގެ މަރުކަޒަށް ހަމަލާދިނުން ފަސްކުރީ އީރާނާ މަޝްވަރާކުރާތީކަމަށް ޓްރަމްޕް ވިދާޅުވުމުން އީރާނުން އެކަން ދޮގުކޮށްފި

މުޅި ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ހިނގައިދާނެ ފަދަ ނުރައްކާތެރި ހަމަލާތަކެއް ދިނުން ފަސްކޮށްފައިވަނީ އީރާނާއިއެކު މަޝްވަރާ ކުރިއަށްދާތީކަމަށް އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ވިދާޅުވި ވާހަކަފުޅު އީރާނުން ދޮގުކޮށްފިއެވެ. އެމެރިކާއާއި އީރާނާ ދެމެދު އޮތް ބަހުގެ ހަމަލާތައް އިންތިހާއަށް ވަރުގަދަވެ، މަޝްވަރާގެ މޭޒާ މެދު ދެގައުމުން ދެބަސްވުންތައް ކުރިއަށްދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި ޖޮއިންޓް ބޭސް އެންޑްރޫސްގައި ބޭއްވި ނޫސްވެރިން...

ނާޒިމާ އަލީ
އަހަރެމެންގެ އާންމު ތަންތަނަށް ހަމަލާދޭއިރުވެސް ކެތްތެރިވިން، އެކަމަކު ކަރަންޓު ނެޓްވޯކަށް ހަމަލާދީފިނަމަ ބަދަލުހިފާނަން: އީރާން

އަހަރެމެންގެ އާންމު ތަންތަނަށް ހަމަލާދޭއިރުވެސް ކެތްތެރިވިން، އެކަމަކު ކަރަންޓު ނެޓްވޯކަށް ހަމަލާދީފިނަމަ ބަދަލުހިފާނަން: އީރާން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ބިރުދައްކައި ދެއްވަމުން ގެންދަވާ ހަރުކަށި އިންޒާރުތަކާ ގުޅިގެން، އީރާނުން ވަރުގަދަ ރައްދެއް ދީފިއެވެ. އީރާނުން ބުނެފައިވަނީ އެގައުމުގެ ހޮސްޕިޓަލްތަކާއި، ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކާއި، ސްކޫލްތަކަށް ހަމަލާދެމުންދާ އިރުވެސް، އީރާނުން އެފަދަ އާންމު ތަންތަނަށް ހަމަލާނުދީ ހިފެހެއްޓުންތެރިކަން އިސްކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، އެގައުމުގެ ކަރަންޓު ނެޓްވޯކަށް އެއްވެސް ހަމަލާއެއް އަތުވެއްޖެނަމަ، އޭގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ވަނީ ދީފައެވ...

ނާޒިމާ އަލީ
''ހިލޭ އެހީއާއި ބޭރުގެ ލޯނާއި ކޮންޓްރެކްޓަރ ފައިނޭންސިންގެ ދަށުން ކުރިއަށްދާ މަޝްރޫޢުތައް މަޑުޖެހުމެއްނެތި ކުރިއަށްދާނެ''

''ހިލޭ އެހީއާއި ބޭރުގެ ލޯނާއި ކޮންޓްރެކްޓަރ ފައިނޭންސިންގެ ދަށުން ކުރިއަށްދާ މަޝްރޫޢުތައް މަޑުޖެހުމެއްނެތި ކުރިއަށްދާނެ''

ބޭރުގެ ހިލޭ އެހީއާއި، ލޯނު އެހީގެ އިތުރުން ކޮންޓްރެކްޓަރ ފައިނޭންސިންގ މޮޑެލްގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމުގެ ދަށުން މިއަދު ބޭއްވި ދެވަނަ ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތަކަކީ ތަފާތު އެކި މޮޑެލްތަކުގެ ތެރެއިން ކުރިއަށްގެންދާ ކަންކ...

ޔުމްނާ ޢަލީ
ހަނިމާދޫ ޕީއެންސީ ޓީމު ނުކުތީ ރަށަށް ތަރައްގީ ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން ވަރުބަލިކަމެއްނެތި މަސައްކަތްކުރުމަށް: ޝަމީމް

ހަނިމާދޫ ޕީއެންސީ ޓީމު ނުކުތީ ރަށަށް ތަރައްގީ ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން ވަރުބަލިކަމެއްނެތި މަސައްކަތްކުރުމަށް: ޝަމީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިޚާބުގައި ހދ. ހަނިމާދޫ ރަށު ކައުންސިލަށާއި، ޑަބްލިޔުޑީސީ އަށް ވާދަކުރާ ޕީއެންސީގެ ޓީމު ނުކުތީ ރަށަށް ތަރައްގީ ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން ވަރުބަލިކަމެއްނެތި މަސައްކަތްކުރުމަށްކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސްކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ޝަމީމް ރޭ ވިދާޅުވެއްޖެއެވެ. ރޭ ވަނީ ހަނިމާދޫ ޕީއެންސީ ޖަގަހަ ހުޅުވާފައެވެ. މިޖަގަހަ ހުޅުއްވައިދެއްވީ...

އަލީ އާދިލް