ފިޔާ ބަސްތާއެއް މާލެއިން 800 އާއި 900ރ. އާ ދެމެދު
އިންޑިޔާއަށް ކުރި ވިއްސާރާގައި ދަނޑުތައް ހަލާކުވެ އިމްޕޯޓު ކުރުމުގައި ދަތިތަކެއް ކުރިމަތިވެ ރާއްޖޭގެ ފިޔާގެ އަގު އަތްނުފޯރާ ވަރަށް އުފުލިއްޖެއެވެ. ފިޔާ ބަސްތާއެއް މާލެއިން 800 އާއި 900ރ. އާ ދެމެދު ހުރިއިރު ރާއްޖެތެރެއަށް ފިޔާ ގެނެސްގެން ވިއްކާ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. ފިޔާ ކިލޯއެއް ފަންސާސް ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާއިރު ބާޒާރުން ފިޔާ ހުސްވުމާ ގާތަށް ވަނީ އައިސްފައެވެ. ނަމަވެސް ސަރުކާރުން ބުނަނީ އިންޑިޔާއިން ރާއްޖެއަށް ފިޔާ ގެނައުމުގައި ދައްޗެއް ނޫޅޭނެ ކަމަށެވެ. އިންޑިޔާއިނ...