ދިއްދޫ، ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ޓާފް އެޅުމަށް ހަވާލުކޮށްފި
ހއ.ދިއްދޫ، ހދ.ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ފީފާ އެޕްރޫވްޑް ޓާފް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ބައްދަލުވުމެއްގައި 13 ރަށުގެ ފުޓްބޯޅަދަނޑުގެ ޓާފް އެޅުމުގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން އާއެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.ޔޫތުމިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއ...