މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,347 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2120 ވަނަ ޞަފްޙާ

“ޕިންކް ރިބަން ރަން ވޯކް” ތިލަދުންމަތީގެ ރަށްރަށުގައި ބާއްވައިފި

އުރަމަތީ ކެންސަރަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން “ޕިންކް ރިބަން ރަން ވޯކް” ގެ ނަމުގައި ބޮޑު ހަރާކަތެއް މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާއްވައިފިއެވެ. ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާ ގުޅިގެން ބޭއްވި މިހަރަކާތް މިއަދު ހަވީރު ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުރި 28 ރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހއ ދިއްދޫ ހއ އިހަވަންދޫގެ އިތުރުން ހދ ކުޅުދުއްފުށީގައި އަދި އިތުރު ރަށްރަށުގައި […]

ޔުމްނާ ޢަލީ
ޤާނޫނާ ޚިލާފް އެއްވުންތައް ބާވަން ފުރުޞަތު ނުދޭނެކަމަށް ފުލުހުން ބުނެފި

ޤާނޫނާ ޚިލާފް އެއްވުންތައް ބާވަން ފުރުޞަތު ނުދޭނެކަމަށް ފުލުހުން ބުނެފި

ޤާނޫނާ ޚިލާފް އެއްވުންތައް ބާވަން ފުރުޞަތު ނުދޭނެކަމަށް ފުލުހުން ބުނެފިއެވެ. މޯލްޑިވްސް ޕޮލިސްސާރވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނާ ޚިލާފް އެއްވުންތައް ބާވަން ފުރުޞަތު ނުދޭނެކަމަށާއި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދި ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށެވެ. ފަހަކަށް އައިސް ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނުނާ، ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމާ އެފަދަ ބައެއް އެއްވުންތަކުގައި އެޤޫނޫނާ ޚިލާފު ޢަމަލުކުރަމުންދާކަމަ...

އިބްރާހިމް އަސްވާޤް
ޑިސެމްބަރ އަދި ޖަނަވަރީ މަހަށް "ގޯއެއާރ" ގެ ޝެޑިއުލް އާންމުކޮށްފި

ޑިސެމްބަރ އަދި ޖަނަވަރީ މަހަށް "ގޯއެއާރ" ގެ ޝެޑިއުލް އާންމުކޮށްފި

ކުރިޔަށް މިއޮތް ބޮޑު ބަންދަށް “ގޯއެއާރ” އިން ދިވެހިރާއްޖެއަށް ދަތުރުކުރާ ޝެޑިއުލް އާންމުކޮށްފިއެވެ. ޑިސެމްބަރ 1 އިން ފެށިގެން 2020 ޖަނަވަރީ 31 އާއި ހަމައަށް ކޮންމެ ހަފްތާއަކު 5 ދުވަހު، ގޯއެއާރ ގެ ފްލައިޓް ދަތުރުތަށް ރާއްޖެއަށް ކުރުމަށްވަނީ ތާވަލުކޮށްފައެވެ. އިންޑިއާގެ 3 ސިޓީއަކުން ގޯއެއާރ ގެ ދަތުރަތަށް ރާއްޖެއަށް ކުރާނެއެވެ. އެގޮތުން ކޮންމެ އާދިއްތަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގައި މުމްބާއީ އިން މާލެއަށް އަދި މާލެއިން މުމްބާއީ އަށް ދަތުރުތައް ކުރާއިރު ކޮންމެ […]

އަޙްމަދު މުޖުތަބާ
642 ފުޅި ބަނގުރާ ހއ ހދ އަތޮޅުން ނައްތާލައިފި

642 ފުޅި ބަނގުރާ ހއ ހދ އަތޮޅުން ނައްތާލައިފި

އެކި މައްސަލަތަކުގައި ހދ އަދި ހއ.އަތޮޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ބަނގުރާ ވަނީ ނައްތާލާފައެވެ. ބަނގުރާ ނައްތައިލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ކުރިއަށްދިޔަ މި މަސައްކަތުގައި ނައްތާލާފައިވަނީ 642 ބްރޭންޑެޑް ބަނގުރާ ފުޅި އ...

އިބްރާހިމް އަސްވާޤް
ޑައިވު ކުރަނިކޮށް ހާލުދެރަވި މީހަކު މާލެ ގެނެސްފި

ޑައިވު ކުރަނިކޮށް ހާލުދެރަވި މީހަކު މާލެ ގެނެސްފި

ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވެ ހާލުދެރަވެ، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު، ޞިއްޙީ އިތުރު ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި، މިއަދު 15:35 ހާއިރު މާލެ ގެނެސްފިއެވެ. އިއްޔެ ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވި އުމުރުން 35 އަހަރުގެ ފިރިހެން މި ޒުވާނާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރުން މިއަދު...

އިބްރާހިމް އަސްވާޤް
ވިޔަފާރިއެއް ފަށަން އެންމެ ފަސޭހައީ ނިއުޒިލޭންޑް ގައި

ވިޔަފާރިއެއް ފަށަން އެންމެ ފަސޭހައީ ނިއުޒިލޭންޑް ގައި

ޒުވާން ވިޔަފާރިވެރިން ގިނަ މިޒަމާނުގައި އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކުން ވަރަށް ގިނަ ކަންކަމާއި ވިސްނާނެއެވެ. ހާއްސަކޮށް ފަށާނެ ވިޔަފާރިއަކާއި ވިޔަފާރި ހިންގާނީ ކޮންތާކުތޯ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. އެންމެ އަވަހަށް، އެންމެ ފަސޭހައިން ވިޔަފާރި ފެށޭނީ ކޮންތާކުތޯވެސް ވިސްނަން ޖެހެއެވެ. ނިއުޒިލޭންޑަކީ އެންމެ ފަސޭހައިން ވިޔަފާރިއެއް ފެށޭނެ ގައުމެވެ. ނިއުޒިލޭންޑުގައި ވިޔަފާރިއެއް ފެށުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބޭނުންވަނީ ދުވާލެއްގެ މަދު ގަޑިއިރުކޮޅެކެވެ. ވޯލްޑް ބޭންކ...

އަޙްމަދު މުޖުތަބާ

މިއަހަރުގެ މިހާތަނަށް އެސީސީ އިން ޕީޖީ އަށް ފޮނުވަން ނިންމާފައިވަނީ އެންމެ މައްސަލައެއް

މިއަހަރުގެ މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ އެންމެ މައްސަލައެއް ކަމަށް އެކޮމިޝަނުން ހާމަކޮށްފައެވެ. 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 2 މައްސަލަ ކަމަށް އެ ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭސީސީން އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިއަހަރުގ...

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯޅަ މުބާރާތް ފަށައިފި

ވީއެސްއާރްސީ ވޮލީބޯޅަ މުބާރާތް ފަށައިފި

ހދ ފިނޭ ވީއެސްއާރްސީ އިން އިންތިޒާމްކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ. ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ކޮންމެ ދުވަހަކު 2 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު އިއްޔެ ހަވީރު މުބާރާތް ހުޅުވި މެޗުގައި ބައްދަކުރީ ޓީމް ހަނިމާދޫ އާއި ޓީމް ފިނޭ އެވެ. ފިނޭ ރަސްމީ ވޮލީ ކޯޓުގައި ކުޅުނު މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރެއްވީ ޓީމް ހަނިމާދޫ އެވެ. މެޗުގެ ފުރަތަމަ ސެޓު ޓީމު ހަނިމާދޫއިން 17-25 އިން […]

އަޙްމަދު މުޖުތަބާ
ކުޅުދުއްފުށީ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަށައިފި

ކުޅުދުއްފުށީ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަށައިފި

ހދ ކުޅުދުއްފުށީ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖް އިން އިންތިޒާމްކޮށްގެން ބާއްވާ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަށައިފިއެވެ. ކުޅުދުއްފުށީ ޒިގްޒެގް ޖަމިއްޔާއިން އިންތިޒާމްކުރާ މި މުބާރާތަކީ ކުޅުދުއްފުށީގައި ހުރި މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި މިފަހަރު 17 މުއައްސަސާއަކުން ވަނީ ބައިވެރި ވެފައެވެ. ރޭ 20:00 ގައި މުބާރާތް ފަށާފައިވަނީ ސްޓޭޑިއަމްގެ ޓާފް ފުޓްސަލް ދަނޑުގައެވެ. ރޭ މުބާރާތް ހުޅުވި މެޗުގައި ބައްދަލުކުރީ އެސްޓީއޯގެ ޓީމަކާއި ކުޅުދުއްފުށީ ރީޖަނަލް ހ...

އަޙްމަދު މުޖުތަބާ
ބޭނުންވަނީ ކެތްތެރިކަމާއެކު ގަދަފަދަ އަޒްމެކެވެ.

ބޭނުންވަނީ ކެތްތެރިކަމާއެކު ގަދަފަދަ އަޒްމެކެވެ.

އަޅުގަނޑުމެންނަށް މިދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތެވެ. ތިމާމެންނީ ﷲ އެއްކައުވަންތަކުރާ، އެކަލާނގެ ފޮނުއްވި ނަބިއްޔާ ތެދުކުރާ، ބާއްވައިލެއްވި ފޮތާއި، ޣައިބުގެ އެންމެހާ ޚަބަރުތަކަށް އީމާންވާ ބައެއް ކަމުގެ ހެޔޮ ނަސީބު ލިބިގެން ދިއުމެވެ. މި މަތިވެރި ނަސީބު ލިބިއްޖެ މީހަކަށް ހުރީ އުފާވެރިކަމެވެ. އަދި އާޚިރަތުގައި ހުރީ މަތިވެރިވެގެންވާ ސުވަރުގެތަކެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ! އެހެނީ އިސްލާމްދީނަކީ ޙައްޤު ދީނެވެ. އަދި އެ ދީނަކީ ޤިޔާމަތާ ޖެހެންދެން ﷲ ތަޢާލާ ރުހި...

Thiladhun
ތަރައްޤީ އަށް ކުރެވޭ ކަންކަމުގައި ރައްޔިތުން ބައިވެރިވުމަށް ހުރި ބައެއް ހުރަސްތައް

ތަރައްޤީ އަށް ކުރެވޭ ކަންކަމުގައި ރައްޔިތުން ބައިވެރިވުމަށް ހުރި ބައެއް ހުރަސްތައް

ރައްޔިތުންގެ ބައިވެރިވުމާއިއެކު ހަރަކާތްތައް ރާވާ ހިންގުގުމުގެ ޤާބިލްކަންކުޑަވުން ރަށާއި ބެހޭގޮތުން ނިންމަންޖެހޭ ތަފާތު ނިންމުންތައް ނިންމުމުގަޔާއި އަދި ހަރަކާތްތައް ރާވާ ހިންގުމުގައި ރައްޔިތުން ބައިވެރިކުރުމުގެ ޤާބިލްކަން ކުޑަވުން މިއީވެސް ކަންކަމުގައި ރައްޔިތުންގެ އެންމެ އެކަށީގެންވާ ބައިވެރިވުން ލިބުމަށް ދިމާވާ މައްސަލައެކެވެ. ރަށުގެ އިދާރާތަކާއި މެދު އޮތް އިތުބާރު ކުޑަވުން ރަށުގެ އިދާރާތަކާއި ރައްޔިތުންނާއި އޮންނަން ޖެހޭ ގުޅުން ކުޑަވެ ތަފާތު ސަބަބު ތަކާއިހުރެ އިދާރާތަކާއި ރައްޔިތުންނާއި ދެމެ...

މުޙައްމަދު ނަޒީފު
ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު 5600 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ ދެވިފައި

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު 5600 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ ދެވިފައި

މިހާތަނަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު 5600 އަށްވުރެ ގިނަ ދަރިވަރުންނަށްވަނީ ދީފައެވެ. ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ޕްރިގްރާމަށް މިހާތަނަށް 24 މިލިޔަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދު ކޮށްފައިވާއިރު ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ 3800 ދަރިވަރުންނަށް އިންވޮއިސްއާއި 1800 ކުދިންގެ ރިފަންޑް ހަމަޖައްސައި ދީފައިވާނެ ކަމަށެވެ. ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތަކީ ސަރުކާރުން އެކަމަކަށް ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާ ކަމަކަށްވީއިރު މިކަމަށް 156 މިލިއަނެއްހާ ރުފިޔާ ޚަރ...

އަޙްމަދު މުޖުތަބާ
މިދިޔަ އަހަރުގެ ކުރިނބީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޝަރާ

މިދިޔަ އަހަރުގެ ކުރިނބީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޝަރާ

2018 ވަނަ އަހަރުގެ ކުރިނބީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ހދ ކުރިނބީ، ކަރަންކާގެ، އައިމިނަތު ޝަރާ ހޮވިއްޖެއެވެ. ރޭ ކުރިނބީ ސްކޫލްގައި ބޭއްވި އެސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ޝަރާއަށް ސެޓްފިކެޓާއި ޓްރޮފީ އަދި ޝޭސް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާނު މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދުއެވެ. ސްކޫލްގެ ޓޮޕް އެޗީވާރސް އެވޯޑް 6 ދަރިވަރަކު ހާސިލްކޮށްފައިވާ 6 ދަރިވަރުންނަކީ އައިމިނަތު ޝަރާ، ނައުޝާ ޢަލީ، މުޙައްމަދު ވިޝާހް، […]

އަޙްމަދު މުޖުތަބާ
އެމްޑީއެންއާއި ދެކޮޅަށް 102 ކައުންސިލަކުން ބަޔާން ނެރެފި

އެމްޑީއެންއާއި ދެކޮޅަށް 102 ކައުންސިލަކުން ބަޔާން ނެރެފި

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ އެ ރިޕޯޓް ކުށްވެރިކޮށް، އެމްޑީއެންއާ މެދު ފިޔަވަޅު އެޅުމަށް އިއްޔެއާއި ހަމައަށް 102 ކައުންސިލަކުން ގޮވާލައިފިއެވެ. އޭގެ ތެރޭގައި ރަށު ކައުންސިލްތަކާއި ބައެއް އަތޮޅު ކައުންސިލްތައް ވެސް ހިމެނެ އެވެ. “ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް” އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯ...

އިބްރާހިމް އަސްވާޤް
ކީރިތި ރަސޫލާ ދެކެ ލޯބިވުމުގައި، ޞަޙާބީންގެ ނަމޫނާ

ކީރިތި ރަސޫލާ ދެކެ ލޯބިވުމުގައި، ޞަޙާބީންގެ ނަމޫނާ

ތިރީގައި މި ލިޔެލަނީ، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުން ވީ ލޯބީގެ ބައެއް ނަމޫނާތަކެވެ. ފަހަރެއްގާ އެ ބޭކަލުންގެ ހިތް ފުރިގެން ދިޔަ މި ލޯބިން އަހަރެމެންނަށް ވެސް ދަރުހެއް ލިބި އެ މަގުން ހިނގަން އެނގޭތޯއެވެ. * އަބޫބަކުރުގެފާނު މިތާނގައި އަބޫބަކުރުގެފާނުގެ ޙަޔާތްޕުޅާއި ބެހޭ ގޮތުން ތަފްޞީލުކޮށް ލިޔާކަށް ގަސްތެއް ނުކުރަމެވެ. އެ ކަލޭގެފާނު ވަނީ މި ދީން ފަތުރުއްވައި ކީރިތި ރަސޫލާއަށް ވާގި ދެއްވުމުގައި އިތުރު […]

Thiladhun
"ރިވެލި މައުރަޒު" ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ

"ރިވެލި މައުރަޒު" ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ރިވެލި މައުރަޒް ގެ ނަމުގައި މަޢުރަޒެއް ބެއްވުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހަމަޖައްސައިފިއެވެ. މި މަޢުރަޒުގެ މަޤުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް މުޖުތަމަޢުއަށް ދައްކާލުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން މިމައުރަޒުގައި އެފަދަ މީހުންނާއި ކުދިން ކުރަމުން އަންނަ މަސައްކަތްތަކާއި، ތައްޔާރުކުރާ ތަކެތި ދައްކާލުމާއި، މި ތަކެތި ވިއްކުމާއި، ވިއްކޭނެ މަގު ތަނަ...

ފާތިމަތު ސިނާޒާ
ލާދީނީ ފިކުރާއި ދެކޮޅަށް ކުޅުދުއްފުށީގައި ބޮޑު ހިނގާލުމެއް ބާއްވަނީ

ލާދީނީ ފިކުރާއި ދެކޮޅަށް ކުޅުދުއްފުށީގައި ބޮޑު ހިނގާލުމެއް ބާއްވަނީ

ލާދީނީ ފިކުރާއި ދެކޮޅަށް މާދަމާ ކުޅުދުއްފުށީގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ. ކުޅުދުއްފުށީ ޒުވާނުންނާއި އިސްލާންދީނަށް ލޯބިކުރާ ބަޔަކު އިސްނަގައިގެން ކުރިއަށްގެންދާ މި ހިނގާލުމަކީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް، އެމްޑީއެން އިން ނެރުނު ރިޕޯޓް ކުށްވެރިކުރުމުގެ ގޮތުން ބާއްވާ ހިނގާލުމެއް ކަމަށް މި ހިނގާލުން އިންތިޒާންކުރާ ފަރާތުން ހާމަކުރެއެވެ. އަދި މި ހިނގާލުމަކީ އެއްވެސް ގޮތެއްގައި ސިޔާސީ ކަމެއް ނޫން ކަމަށް އެފަރާތުން ހަމަކޮށްފައިވެއެވެ. މިމި ހިނގާލުން ފެށުމަށް ހަމަޖެ...

އިބްރާހިމް އަސްވާޤް
ދިއްދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށްފި

ދިއްދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށްފި

މާތްވެގެންވާ އިސްލާމްދީނުގެ މާތް އަސާސްތަކަށް ފާޑުކިޔައި އަދި ކައު އިތުރު މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށް ”ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އާންމު ކުރި ރިޕޯޓް ހއ.ދިއްދޫގެ ލޮބުވެތި ރައްޔިތުންނާއި ދިއްދޫގެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ރިޕޯޓަކީ...

ފާތިމަތު ސިނާޒާ