މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,347 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2109 ވަނަ ޞަފްޙާ

ޕާކިސްތާން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ނަބާހާ އާއި ޒަޔާންއަށް ރަން މެޑަލް

ޕާކިސްތާން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ނަބާހާ އާއި ޒަޔާންއަށް ރަން މެޑަލް

ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލް މެޗު ކާމިޔާބުކޮށް ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ރަން މެޑަލް ހާސިލްކޮށްފިއެވެ. ނަބާހާ އަދި ޒަޔާންގެ ޕެއާ ރަން މެޑަލް ހޯދީ މިއަދު ކުޅުނު ފައިނަލްގައި ނޭޕާލުގެ ދިޕޭޝް އާއި އަމީތާގެ ޕެއާ އާއި ބައްދަލުކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓު ނަބާހާ އަދި ޒަޔާންގެ ޕެއާއިން 16-21 އިން ކާމިޔާބު ކުރިއިރު ދެވަނަ […]

އަޙްމަދު މުޖުތަބާ
ބާއްޖަވެރި ޒަވާޖީ ޙަޔާތެއްގައި ހުންނާނެ ސިފަތައް

ބާއްޖަވެރި ޒަވާޖީ ޙަޔާތެއްގައި ހުންނާނެ ސިފަތައް

ޒަވާޖީޙަޔާތް ކާމިޔާބު ގޮތުގައި ހޭދަކުރުމުގެ މުހިއްމުކަން ވިސްނޭމީހުން، އެކަމަށް ގަދައަޅައި މަސައްކަތް ކުރާކަން ފާހަގަކުރެވެއެވެ. އެފަދަ މީހުންނަކީ ވިސްނުން ރަނގަޅު ތަހުޒީބު މީހުންނެވެ. އުފާވެރި ޢާއިލާއަކީ، އެޢާއިލާއެއްގައި ޞުލްޙަވެރިކަމާއި ހަމަޖެހުން އެކުލެވިފައިވާ ޢާއިލާއެކެވެ. އަދި ޢާއިލާއެއް އުފާވެރިކަންމަތީ ދެމެހެއްޓުމަކީ ޢާއިލާއާއި މުޖްތަމަޢުގެ އަފްރާދުން ކާމިޔާބަށް ވާޞިލްވުމަށްޓަކައި ކޮށާލެވޭ ތަނަވަސްމަގެކެވެ. އެހެންކަމުން މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލަން ޤަޞްދުކުރާ މައުޟޫޢައިގެން ކުރ...

Thiladhun
ލިބުނު 12 ދަރިންނާއި ފާތުމާފުޅު ވެސް އެދިޔައީ ހޯރަފުށީ ދޮންކޮއްކޮ އެކަނިކޮށްފަ

ލިބުނު 12 ދަރިންނާއި ފާތުމާފުޅު ވެސް އެދިޔައީ ހޯރަފުށީ ދޮންކޮއްކޮ އެކަނިކޮށްފަ

ހޯރަފުށީ ފާތުމާފުޅާއި ދޮންކޮއްކޮ އަކީ އެކަކު އަނެކަކަށް ވަރަށް އަޅާލި، ވަރަށް އޯގާތެރި ދެމަފިރިންނެވެ. ލިބުނު 12 ދަރިން ވެސް ގޮތް ނޭނގޭ ބަލިތަކެއްގައި ނިޔާވި ހއ. ހޯރަފުށީ ދެމަފިރިންގެ ތެރެއިން ފާތުމާފުޅު އިއްޔެވަނީ ނިޔާވެފަ އެވެ. Hoarafushi Faathumafulhaai Dhonkokkobe ge hayaathakee ethah ibratheh libey hayaatheh. Libunu 12 dharin ves vakivegen dhiyaee.Miadhu fathumafulhu ves vakivegen e dhiyaee Dhonkokkobey ekani kollumahfahu. Dhuniye akee mifadha vaguthee thaneh. Marhooma […]

ޔުމްނާ ޢަލީ
ކޭލަކުނު ތަޅާލި ބޮޑު ވިއްސާރަ - ހިޖުރީގޮތުން 206 އަހަރު!

ކޭލަކުނު ތަޅާލި ބޮޑު ވިއްސާރަ - ހިޖުރީގޮތުން 206 އަހަރު!

މިއީ ދިވެހި ތާރީޚުގައި، ޚާއްސަކޮށް އުތުރުގެ ރަށްރަށަށް ކުރިމަތިވި އެންމެ ބޮޑު އެއް ގުދުރަތީ ހާދިސާ އެވެ. މީގެ 206 އަހަރު ކުރިން، ޑިސެމްބަރު 30، 1819 ގައި ކުރި މި ވިއްސާރައިގެ އަސަރު ހދ. ގެ އިތުރުން ށ. އަތޮޅުގެ ގިނަ ރަށްރަށަށް ވެސް ކުރި އެވެ. ބައެއް ލިޔުންތަކުގައިވާ ގޮތުގައި މިއީ ކޭލަކުނު ކައިރިއަށް އެރި ބޮޑު ނަގޫރޯޅިއެކެވެ. އެކަމަކު ގިނަ ލިޔުންތަކުގައި ވަނީ މިއީ “މާ ވިއްސާރަގަނޑެއް” ކަމަށެވެ. ވިއްސާރައިގައި ގެއްލުން ލިބުނު […]

ހުސައިން ހަބީބް
ށ. އަތޮޅު ރަށު ކައުންސިލްތަކުގެ މޮނިޓަރިންގ ދަތުރު ފަށައިފި

ށ. އަތޮޅު ރަށު ކައުންސިލްތަކުގެ މޮނިޓަރިންގ ދަތުރު ފަށައިފި

ށ. އަތޮޅުގެ ރަށުކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކޮށް އެ ކައުންސިލްތައް ހިންގާނުހިނގާ ގޮތް ބެލުމަށް މި އަހަރުގެ ބަޖެޓްގައި ހިމެނިގެން ކުރިޔަށްގެންދެވޭ ރަށުކައުންސިލްތައް މޮނިޓަރކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ޕްރޮގްރާމުގެ ފެށުމުގެ ގޮތުން މި ދިޔަ ބުރާސްފަތި ދުވަހު ފުނަދޫ ކައުންސިލް މޮނިޓަރކުރެވިފައިވާއިރު މިފެށޭ ހަފުތާގެ ތެރޭގައި 6 ރަށެއް މޮނިޓަރކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.  މި ގޮތުން މި މަހުގެ 12 އިން 14 އަށް ފީވައް، މިލަންދޫ، ނަރުދޫ، ބިލެތްފަހި، ފޭދޫ، ފޯކައިދޫ ކައުންސިލް އިދ...

ޔުމްނާ ޢަލީ
ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން އަންނަ ހޯމަ ދުވަހު

ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން އަންނަ ހޯމަ ދުވަހު

ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން ނޮވެމްބަރު 11 ވާ ހޯމަ ދުވަހު ބޭއްވުމަށް ކުރިނބީ ސްކޫލުން ތައްޔާރުވަމުން އެބަދެއެދެ. ކުރިނބީ ސްކޫލަށް 50 އަހަރު ފުރޭ މިއަހަރު ހިންގާ ގޯލްޑަން ޖުބުލީ ހަރަކާތްތަކަށް ފަންޑު ހޯދުމަށް ބާއްވާ ގޯލްޑަން ޖުބްލީ ރަންގައި ބައިވެރިވެލެއްވުމަށް ޖެހިވަޑައިގަންނަވާނީ ބިބެއް ގަންނާށެވެ. އިއްޔެ އާއި މިއަދު ކުރިނބީ ސްކޫލުން ދަނީ ބިބް ދޫ ކުރަމުންނެވެ. ސްކޫލު ދަރިވަރުންނަށް 25 ރުފިޔާއަށް ބިބެއް ދޫކުރާއިރު އާންމު ރައްޔިތުންނަށް ބިބެއް ދޫކުރަނީ 50 ރުފިޔާ […]

އަޙްމަދު މުޖުތަބާ

ބެޑްމިންޓަންގެ ދެ އިވެންޓްއިން ރާއްޖޭގެ ދެ ޕެއަރ ފައިނަލަށް

ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބަދުގައި ކުރިއަށްދާ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެ އަންހެން ޑަބަލްސް އިން ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާގެ އިތުރުން މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. އަންހެން ޑަބަލްސް ބައިން ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ ފައިނަލުން ފުރުސަތު ހޯދީ ސެމީގައި ސެހެރާ […]

ފާތިމަތު ސިނާޒާ
ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބާގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބާގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދު ފާހަގަކުރާއިރު، އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، ޢާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ޢަޤީދާގައި، އަޅުގަނޑުމެންގެ ހިތްތައް ސާބިތު ކުރުމަށް ކަމުގައި ރައީ...

އިބްރާހިމް އަސްވާޤް
ކެލާ ސްޕަރ ލީގު ޑިސެމްބަރ 1 ގައި، ބައިވެރިވެވޭނެ ފަހު ދުވަހަކީ ނޮވެމްބަރ 12

ކެލާ ސްޕަރ ލީގު ޑިސެމްބަރ 1 ގައި، ބައިވެރިވެވޭނެ ފަހު ދުވަހަކީ ނޮވެމްބަރ 12

ހއ ކެލާގެ އެންމެހާ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ވިޔަފާރިތަކަށް ހުޅުވައިލައިގެން ބާއްވާ ”ކެލާ ސުޕަރ ލީގު 2019“ ގައި ބައިވެރިވުމުގެ ފުރުޞަތު ކެލާ ކައުންސިލުން ވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ހުޅުވާލައިފައެވެ. ކެލާ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ފުޓުބޯޅަ ލީގު 2019 ޑިސެމްބަރ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މިމުބަރާތުގެ ޤަވާޢިދާއި ބައިވެރިވުމަށްއެދޭ ފޯމް ކެލާ ކައުންސިލް އިދާރާގެ ރިސެޕްސަނުންނާއި ކެލާ ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް އެކައު...

އަޙްމަދު މުޖުތަބާ
ބައިކް މޯލްޑިވްސް އިން ކުޅުދުއްފުށީގައި ބައިސްކަލް ބުރެއް ބާއްވައިފި

ބައިކް މޯލްޑިވްސް އިން ކުޅުދުއްފުށީގައި ބައިސްކަލް ބުރެއް ބާއްވައިފި

ބައިކް މޯލްޑިވްސްގެ ފަރާތުން މިހާރު ކުޅުދުއްފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އިއްޔެ ހަވީރު ވަނީ ބައިސްކަލް ބުރެއް ކުރިއަށް ގެންގޮސްފައެވެ. 3 ދުވަހުގެ މުއްދަތަށް ބައިކް މޯލްޑްވިސް އިން ހިންގާ ހަރާކާތް ތަކުގެ ތެރެއިން އިއްޔެ ހަވީރު ބޭއްވި ބައިސްކަލް ބުރުގައި ކުޅުދުއްފުށީ ކައުންސިލުގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މިއަދާއި މާދަމާވެސް ބައިކް މޯލްޑްވިސް ގެ ހަރަކާތްތައް ކުޅުދުއްފުށީގައި ކުރިޔަށް ދާނެއެވެ. މިއަދު ހެނދުނު 6 ޖަހާއިރު މޯނިންގ ރައިޑެއްގެ އ...

އަޙްމަދު މުޖުތަބާ
ބަޖެޓު ދީގެން އެކަނި ކައުންސިލްތައް ބާރުވެރިއެއް ނުވާނެ!

ބަޖެޓު ދީގެން އެކަނި ކައުންސިލްތައް ބާރުވެރިއެއް ނުވާނެ!

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. މީއީ މައި ސަރުކާރަށް ބަރޯސާނުވެ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ޞޯލިހުގެ ސަރުކާރުން ފެއްޓެވި މަސައްކަތްތަކުގެ ތެރެއިން ކުރެއްވި ކަމަކެވެ. މީން ދުވަހަކުވެސް ކައުންސިލް ތަކަށް ބެޖެޓު ދީފައި ނުވާވަރަށް މިއަންނަ އަހަރަށް ލަފާކުރާ ބެޖެޓުގައި ކައުންސިލް ތައް ބާރުވެރި ކުރުމަށް މިވަނީ ބަޖެޓު ކުރެވިފައެވެ. ބައެއް ކައުންސިލް ތަކަށް މިއަހަރ...

އަޙްމަދު މުޖުތަބާ
ގެސްޓް ހައުސް ޕްރޮމޯޓު ކުރުމަށް މީހުން ދިރިއުޅޭ ރަށްރަށުގެ ޕެނަރޯމާ ފޮޓޯ ނަގަނީ

ގެސްޓް ހައުސް ޕްރޮމޯޓު ކުރުމަށް މީހުން ދިރިއުޅޭ ރަށްރަށުގެ ޕެނަރޯމާ ފޮޓޯ ނަގަނީ

ގެސްޓްހައުސް ޕްރޮމޯޓް ކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގެ ޕެނަރޯމާ ފޮޓޯ ނަގަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޭނުންވާ މީހުން ބިނާ ކުރަން ލިމްކޮކޮ ޔުނިވާސިޓީއާއެކު އެއްބަވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި 10 ކަމެއް ހިމެނޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގެ ހައި ރިޒޮލިއުޝަން ޕެނަރޯމާ ފޮޓޯ ނެގުން ހިމެނެ އެވެ. މީގެ އިތުރުން މީހުން ތަމްރީން ކުރުންވެސް ހިމެނެއެވެ. ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު […]

އަޙްމަދު މުޖުތަބާ
ދައުލަތަށް ދައްކަންއޮތް 1 ބިލިއަން ރުފިޔާ ދެއްކުމަށް ގަފޫރު ޖާބިރަށް ގޮވާލައިފި

ދައުލަތަށް ދައްކަންއޮތް 1 ބިލިއަން ރުފިޔާ ދެއްކުމަށް ގަފޫރު ޖާބިރަށް ގޮވާލައިފި

ދައުލަތަށް ދައްކަން އޮތް 1 މިލިއަން ރުފިޔާ ދެއްކުމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ގޮވާލައްވައިފިއެވެ. ބުދަ ދުވަހު މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގަފޫރު ވިދާޅުވީ މިއަދު ވެސް، އިއްޔެ ވެސް އަޅުގަނޑުމެންނަށް ޤައުމުން ފެންނަމުން މިދަނީ އަމިއްލަ ފައިދާއާއި ޒާތީ ތަޢައްޞުބުގައި ބައެއް ބޭފުޅުން އުޅުއްވާ މަންޒަރު ކަމަށާއި މި މަޖިލީހުގައި ވެސް މި ފެންނަނީ އެ މަންޒަރު ކަމަށެވެ. ރައީސް އިބްރާހީމް […]

އަޙްމަދު މުޖުތަބާ
ހައިލަމްގެ ތުހުމަތުތައް ނުބަލާ ދޫކޮށްލާ ވަރެއްނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

ހައިލަމްގެ ތުހުމަތުތައް ނުބަލާ ދޫކޮށްލާ ވަރެއްނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ޙުކުމް އަންނަނީ ޔާމީން ޖަލަށް ލުމަށްތޯ ކަށަވަރު ކުރަން ސަރުކާރުގެ އިސް ބަޔެއް ފަރާތްތަކުން އުޅުނު ކަމަށް ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަޙްމަދު ހައިލަމް ވިދާޅުވި ވާހަކަތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސެއިން ހައިލަމްގެ ތުހުމަތުތައް ނުބަލާ ދޫކޮށްލާ ވަރެއްނޫންކަމަށެވެ. ފާއިޒްގެ ރަސްމީ ފޭސްބުކް ޕޭޖުގައި “ހައިލަމްގެ ތުހުމަތުތައް ނުބަލާ ދޫކޮށްލާ ވަރެއްނޫން” މި ސުރުޚީގެ ދަށުން އޮންލައިން ނޫސް މިހާރުގައި އޮތް...

އިބްރާހިމް އަސްވާޤް
މެރިޓައިމް ޕޮލިސިންގ ސެޝަންތަކެއް ހއ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފި

މެރިޓައިމް ޕޮލިސިންގ ސެޝަންތަކެއް ހއ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފި

ފުލުހުންނާއި ކައުންސިލްތަކަށް އަމާޒުކޮށްގެން މެރިޓައިމް ޕޮލިސިންގ ސެޝަންތަކެއް ހއ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓީޖިކް ޕްލޭން 2019-2024 ގައި ކަނޑައަޅާފައިވާ ރޯޑް އެންޑް މެރިޓައިމް ޕޮލިސިންގ ލަނޑުދަނޑި ހާސިލްކުރުމަށް އެކުލަވާލާފައިވާ އެކްޝަން ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމަށްޓަކައި، ފުލުހުންނާއި ކައުންސިލްތަކަށް އަމާޒުކޮށްގެން މެރިޓައިމް ޕޮލިސިންގ ސެޝަންތަކެއް ހއ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފިއެވެ. މެރިން ޕޮލިސް ޚ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހެދުމުގެ މަަސައްކަތް ފަށައިފި

ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހެދުމުގެ މަަސައްކަތް ފަށައިފި

ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. 150 ދުވަސް ތެރޭގައި ނިންމުމަށް ތާވަލުކޮށްފައިވާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ކުޅުދުއްފުށީ ކަލެކްޓިންގ ކޮމްޕެނީ އަށެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 1،927،910،90 ރުފިޔާއަށެވެ. މި ރެސްޓޯރަންޓް ނިމޭއިރު އެއާޕޯޓްގެ ބޭނުމަށް އަންނަ ފަރާތްތައް މަޑުކޮށްލެވޭނެ އޭރިޔާއަކާއި ޕަބުލިކް ފާޚާނާގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކުރެވިފައިވާ ފާހާނައަކާއި ކުޑަކުދިންނާއެކު މައިންނަށް ހާއްސަކުރެވިފައިވާ ބައެއ...

އަޙްމަދު މުޖުތަބާ
ރައީސް ނަޝީދު ވިދާޅުވިގޮތަށް ޕާޓީގެ ހުރިހާކަމެއް ވާނީ ކޮށްދީފަ : ޝިފާޒު

ރައީސް ނަޝީދު ވިދާޅުވިގޮތަށް ޕާޓީގެ ހުރިހާކަމެއް ވާނީ ކޮށްދީފަ : ޝިފާޒު

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ މުޙައްމަދު ޝިފާޒުގެ ކެމްޕެއިން ޖަގަހަ ހުޅުވައިފިއެވެ. ޝިފާޒުގެ ކެމްޕެއިން ޖަގަހަ ހުޅުވީ ނަސަންދުރާ ފުރަގަހުގައި ހުންނަ ރިލެކްސް އިން ގައެވެ. މި ހަފްލާގައި ޝިފާޒު އަށް ތާޢީދު ކުރައްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެ ލެއްވިއެވެ. އެގޮތުން ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނސްޓަރ އަދި މިސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމް (ކެރަފާ ނަސީމް) ބައިވެރިވެ ލެއްވިއެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަ...

އަޙްމަދު މުޖުތަބާ
ނަބިއްޔާއަށް ތަބާވުމާމެދު އަހަރެމެން އިމްތިހާން ކުރެވެމުންދަނީ

ނަބިއްޔާއަށް ތަބާވުމާމެދު އަހަރެމެން އިމްތިހާން ކުރެވެމުންދަނީ

محمد صلى الله عليه وسلم މެދުވެރި ކުރައްވައި ﷲ سبحانه وتعالى ވަނީ އަހަރެމެންނަށް ތެދުމަގު ދައްކަވާފައެވެ. އަނދިރި ކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރުއްވާފައެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ބަރަކާތުން ދެދުނިޔޭގެ ހެޔޮކަން އަޅުގަނޑުމެންނަށް ލިބިއްޖެއެވެ. އެކަލޭގެފާނުދެކެ ލޯބިވުން އަހަރެމެންގެ މައްޗަށް ﷲ سبحانه وتعالى ވަނީ ވާޖިބުކުރައްވާފައެވެ. އެކަލޭގެފާނަށް ޢިއްޒަތްކުރުމާއި އެކަލޭގެފާނަށް ނަޞްރު ދެވެން އޮތް ކޮންމެ ގޮތަކުން ނަޞްރުދިނުމާއި، ކޮންމެ ހިނދެއްގައިވެސް އަހަރެމެންގެ އަމިއްލަނަފްސުތަކުގެ...

Thiladhun