ލިފްޓު ގޮޅިއަކުން ބިދޭސީއަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ
ލިފްޓު ގޮޅިން ބިދޭސީއަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. މާފަންނު ގެއެއްގެ 7 ފަންގިފިލާގެ ލިފްޓް ގޮޅިން ދޮންނަ މެޝިނެއް ބާލަން އުޅެނިކޮށް ބިދޭސީ އަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ހާމަކޮސްފިއެވެ. މިހާދިސާއާއި ގުޅޭ މަޢުލޫމާތު މިއަދު 15:33 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށާއި މި ހާދިސާގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ވެސް އެފަރާތުން ބުނެއެވެ.