އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫއަށް ލޯނު އެހީގެ ގޮތުގައި 14 މިލިއަން ޑޮލަރު ހަމަޖެހިއްޖެއެވެ. އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫޢެއް ހިންގުމަށް އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) މެދުވެރިކޮށް އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) އިން 14 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 216 މިލިއަން ދިވެހި ރުފިޔާ) ލޯނު އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ދިނުމަށް ނިންމައި، އެކަން ރަސްމީކޮށް މިއަދު އޭ.ޑީ.އެފް.ޑީ އިން އިޢުލާން...
އިބްރާހިމް އަސްވާޤް
ހއ. ދިއްދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ދެއްކެވި ވާހަކަތަކަށް ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުލްލަތީފް މުހައްމަދު ރަށްދުދެއްވައިފިއެވެ. ރޭ ދިއްދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު، ދިއްދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ އިތުރުފުޅެއްކަމަށް ލަތީފް ވިދާޅުވިއެވެ. ނަޝީދުގެ ރޭ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގައި އަޅާ...
އަލީ އާދިލް
ދިވެހިންގެ ދިރިއުޅުން ބިނާވެފައި އޮތީ ކަނޑުތަކާއި ފަޅުތަކުން ލިބޭ ނަފާގެ މައްޗަށްކަމުން، އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ބޮލުގައި އެޅިފައި އޮތް ވަރަށް މުހިންމު ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ހދ. ނޭކުރެންދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ކުރިޔަށް ގެންދާ ޙަރަކާ...
އިބްރާހިމް އަސްވާޤް
މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓްރެފިކް ހޭޝްޓެގް #މަގޭޒިންމާ #MageyZinma ލޯންޗުކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ދެއްކެވި ވާހަކަފުޅުގައި، ޓްރެފިކްގެ ޤަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވައި ހޭލުންތެރިކޮށް ސޯޝ...
އިބްރާހިމް އަސްވާޤް
ޝޭހް އަބްދުލް ލަޠީފް އަހްމަދު ބާޤީ ކައިވެނި ހަފްލާއަކަށް ވަޑައިގެން ޝަހާދަތް ކިއުއްވުމަށްފަހު ކައިވެންޏާއި ގުޅޭ ދަރުހެއް ދެއްވަން ހުންނަވަނިކޮށް ވަނީ މިދުނިޔެ ދޫކުރަށްވާފައެވެ. މިފަދަ އެތައް ހާދިސާއަކުން އަޅުގަނޑުމެން އިބުރަތް ލިބިގަންނަން ޖެހެއެވެ. މަރު ބައްދަލުކުރާނޭ ވަގުތު ހަމަ އެކަކަށްވެސް ނޭނގޭ ކަމުން އަބަދުމެ ތިބެންވާނީ މަރަށް ތައްޔާރުވެގެންނެވެ. ކޮންމެ މުސްލިމަކުވެސް މިދުނިޔެއަށް އުފަންވާއިރު އެމީހަކަށް ރަހުމަތެއްގެ ގޮތުގައި އާއިލާގެ މެމްބަރުން ބަންގީގެ އަޑުއިއްވައެވެ. އަދި ޝަހާދަތުގެ ދެކ...
އައިމިނަތު ޔުމްނާ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ހދ. ނޭކުރެންދޫ އަށް ވަޑައިގެންފި އެވެ. ރައީސްގެ މި ދަތުރުފުޅަކީ ބްލޫ ޕްރޮސްޕަރިޓީއާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ބާއްވާ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ. ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމެއް ސަރުކާރުން ވަނީ ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެންފަށާފައެވެ. މި ދިރާސާ ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެވުނު އެއްބަ...
އަލީ އާދިލް
ކުރިނބީގައި މިދިޔަ ހުކުރުދުވަހު އަލަށް ހުޅުވިގެން ދިޔަ އިޚުލާސް ޤުރުއާން ކުލާހުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް މިވަނީ ވަރަށް ބޮޑު އުންމީދެއް އާވެގެން ގޮސްފައެވެ. ކުރިނބީގައިި ޤުރުއާން ކުލާހެއް ހުޅުވިގެން ދިއުމަށް އެރަށު ރައްޔިތުން ކުރަމުން ދިޔަ އުންމީދުތަކަށް މިވަނީ ނިމުނެއް އައިސްފައެވެ. މިކަމުގެ އިންތިޒާރުގައި ތިބި ބެލެނިވެރިން އަދި ހާއްސަކޮށް ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކުރުމުގެ ފަހި ފުރުޞަތު ތަކެއް މިވަނީ ހުޅުވިފައެވެ....
އަލީ އާދިލް
ކަޅު ދިރި ގަހަކީ އިންޑިޔާގައި ގިނަ އަދަދަކަށް ހުންނަ ގަހެކެވެ. ގަހުގެ ދިގު މިނަކީ ގާތްގަޑަކަށް ބައިމީޓަރު ވަރެވެ. މިގަހުގައި ނޫކުލައިގެ މާތަކެއް އަޅައެވެ. މިގަސް ހެދެން ފަށާފައިވަނީ ތުރުކީއައި އިޓަލީގައެވެ. އަދި ފަހުން މިގަސް އޭޝީއާއަށް ގެނެސް އިންޑީޔާގައި ހައްދަން ފެށުނެވެ. ކަޅު ދިރި އަކީ ކަޅުކުލައިގެ، ތިނެސްކަން ބައްޓަމެއްގައި އިންނަ އޮށެކެވެ. ކަޅުދިރީގައި ތޫނު ވަހެއް އެކުލެވިގެން ވުމާއެކު ގިނަ އަދަދަކަށް ތެޔޮ އެކުލެވިގެން ވެއެވެ. ކަޅު ދިރީގެ ބޭނުން އަރަބިން ދަސްކުރީ ގްރީކު […]
Thiladhun
ހަނދާނެއް ނުނެތެއެވެ. ނުވެސް ނެތޭނެއެވެ. އެދުވަހު މައިން ބަފައިން ޚާއްޞަކޮށް މަންމަ ދަރިން ބަލަން އުފުލި ބުރަ އެއީ ދައްކާ ކޮޅުންލާނެ ވާހަކަތަކެއް ނޫނެވެ. މިޒަމާނާ އަޅާ ބަލާއިރު އޭރު ވަސީލަތްތައް މަދެވެ. ލިބޭ އާމްދަނީ ވެސްމަދެވެ. އާމްދަނީ ހޯދުމަށްޓަކައި ބައްޕަ އުޅުނީ ދަތުރު ކުރާށެވެ. ދަރިންގެ ހުރިހާ ބުރައެއް އުފުލީ މަންމައެވެ. އެއްވެސް ކަމެއް އުނިނުކޮށް އެންމެ ފުރިހަމައަށް ހުރިހާ ޚިދުމަތެއް ކޮށްދިނީ އެ މަންމަ އެކަނިމާ އެކަންޏެވެ. މިޒަމާނުގައި ވެސް މިކުރާ ހުރިހާ މަސައްކަތެއް […]
އަޙްމަދު މުނައްވަރު
އެމްޑީޕީ ޕްރައިމަރީގައި 1228 ކެންޑިޑޭޓުން ވާދަކުރާއިރު ލިސްޓު ވަނީ އާންމުކޮށްފައެވެ. އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފި އެވެ. ހއ އަތޮޅު ރަށު ކައުންސިލް ތަކަށް ޖުމްލަ 95 ފަރާތަކުން ކުރިމަތިލާފައިވާއިރު ހދ އަތޮޅުން 58 ފަރާތަކުން ވާދަކުރާނެއެވެ. ށ. އަތޮޅު ރަށު ކައުންސިލްތަކަށް 86 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. ހއ އަތޮޅު ކައުންސިލްގެ ރައީސް ގެ މަޤާމަށް ކުރިމަތިލާފައިވަނީ އެ...
ޔުމްނާ ޢަލީ
ލޯންޗަކާއި ފެރީއެއް އެކްސިޑެންޓްވެ ތިން ފަތުރުވެރިއަކަށް އަނިޔާވެއްޖެ އެވެ. ވިލާ ޓްރެވަލްސްގެ ލޯންޗަކާއި މާލެއާއި އެއާޕޯޓާއި ދެމެދު ދަތުރުކުރާ ފެރީއަކާއި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:30 ހާއިރުގައެވެ. “މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވޭ” ފުލުހުން ބުނެފައިވެއެވެ. އެ ސަރަހައްދުގައ...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް އިފްތިތާޙް ކޮށްފިއެވެ. މިވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައްޔިތުން މަޖްލިސްގެ އިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މިއީ މިހާތަނަށް އިހަވަންދޫގައި މުޢައްސަސާ އެއްގައި ގާއިމްކުރެވުނު އެންމެ ފުރަތަމަ ވެބްސައިޓެވެ. މިވެބްސައިޓް ހިންގަން ފެށުމާއިއެކު އިހަވަންދޫ ކައުންސިލްގެ ޚިދުމަތްތަކަށް އިތުރު ފުރިހަކަމެއް ލިބި ޚިދުމަތ...
އަލީ އާދިލް
2020 ވަނަ އަހަރަށް، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފިއެވެ. މި މަޖިލީހަކީ ޤާނޫނު ނަންބަރު: 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ) ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 2-33 ގެ (ވ) އިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން އެކުލަވާލަފައިވާ މަޖިލީހެކެވެ. މި މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގެ އިދާރީ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، އެ މަސައްކަތްތައްކުރާނީ އިދާރީ ގޮތުން މަޖިލިސް ކުރިއަށްދާނެ ގޮތް ކަނޑައަޅާ މި ޑިޕާޓްމަންޓުން އެ...
އިބްރާހިމް އަސްވާޤް
ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ލޮލުގެ ޚާއްޞަ ފަރުވާދޭ “ޑރ. އެން.ޑީ. ޢަބްދުﷲ ޢަބްދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރ” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައިފިއެވެ. ރައީސް އޮފީހުން ބުނީ، ރާއްޖޭގައި އެންމެ ފުރަތަމަ ލޮލުގެ ޚިދުމަތް ފެއްޓެވި ދިވެހި ޑޮކްޓަރުގެ ނަމުން ނަންދެވިފައިވާ މި ސެންޓަރަކީ ރާއްޖޭގައި ލޮލުގެ ބަލިތަކަށް ދެވޭ ފަރުވާ ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ސެން...
ޙުސައިން ޝަހުދީ
ކޯލިޝަން ސަރުކާރެއްގަައި ކޯލިޝަންގައި ހިމެނޭ އެންމެހާ ބައިވެރިންނަކީވެސް މުހިންމު ބައެއްކަމަށް ކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދު ﷲ ރިޔާޒް ވިދާޅުވެއްޖެއެވެ. ރިޔާޒް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން އެއްވެސް ބައެއް ބާކީ ނުކޮށް ހުރިހާ ރައްޔިތުންނަށް ހައްގު މިންވަރު ދެއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގެ މަސައްކަތް އެތައް ގޮތަކުން ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. ރިޔާޒް މިގޮތަށް ވިދާޅުވީ ” ހައްޤު މިން...
އަލީ އާދިލް
ސްކޫލް ކައިރީ ޕާކް ކުރުމުގައި ތަރުތީބުމަގެއް ހޯދައި، ހދ. ނޮޅިވަރަންފަރު ސްކޫލުން، އެ ސްކޫލް ކައިރީ އެއްގަމު އުޅަނދު ޕާކް ކުރުމުގައި ދިމާވާ އުނދަގޫތަކަށް ހައްލު ހޯދައިފިއެވެ. ރާއްޖޭގެ ސްކޫލްތައް އިންވެގެންވާ ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކްކޮށްފައި ހުންނަ ގޮތުން ދަރިވަރުންނާއި، ބެލެނިވެރިންނާއި ސްކޫލަށް އެތައް ދައްޗެއް ކުރިމަތި ވެއެވެ. މާލޭގެ ސްކޫލްތަކާއި ޚިލާފަށް ރަށް ފުށުގެ ގިނަ ސްކޫލްތަކަކީ ވަށައިގެން ޖާގަ އޮންނަ، ނުވަތަ އެ ސްކޫލެއް ހުންނަ ސަރަހައްދުގައި ޤަވާޢިދުން ޕާކްކުރާނަމަ ދަރިވަރުންނ...
ޔުމްނާ ޢަލީ
ހިމަބިއްސަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ނެގެޓިވްކަމަށް ހެލްތު މިނިސްޓްރީ ބުނެފިއެވެ. ހިމަބިއްސަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ނެގެޓިވް ކަމަށާއި އެ ކުއްޖާއަކީ ވެކްސިން ޖަހާފައިވާ ކުއްޖެއް ކަން ފާހަގަކުރާކަމަށް ހެލްތު މިނިސްޓްރީއިން ބުފައިވެއެވެ. ހިމަބިހި ޖެހިގެން ކަމަށް ޝައްކު ކުރެވިގެން މިއަދު ފަރުވާ ދިން ކަމަށް އަޖީއެމްއެޗްއިން ހާމަކުރީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. އެކުއްޖާ ވަކިން ބާއްވައިގެން އައިޖީއެމްއެޗްގައި ވަނީ އޮބްޒަވޭސަންތައް ކުރިއަށް ގެންގޮއްސައެވެ. އެ ކޭސްގ...
ޔުމްނާ ޢަލީ
އަންނަ އޭޕްރިލް 4 ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިޚާބުގެ ވޯޓު ލިސްޓް އާންމުކުރާ ދުވަސް އިލެކްޝަންސް ކޮމިސަނުން މިއަދު ހާމަކޮށްފިއެވެ. އެ ކޮމިސަންގެ ނައިބު ރައީސ އަހުމަދު އަކުރަމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓް މިމަހުގެ 20 ވަނަ ދުވަހު އާންމު ކުރައްވާނެ ކަމަށެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް 10 ދުވަސް ލިބޭނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވަނީ އެ […]
އަލީ އާދިލް