ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް ހދ އަތޮޅު ކައުންސިލް ރައީސްކަމަށް އެމްޑީޕީން ވާދަކުރުމުގެ ޓިކެޓު މުޙަައްމަދު ސިރާޖު ކަށަވަރުކޮށްފިއެވެ. ހދ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް 3 ފަރާތަކުން ކުރިމަތިލާފައިވާއިރު މިވަގުތާއި ހަމައަށް ލިބުނު ވަގުތީ ނަތީޖާ ދައްކާގޮތުން ބޮޑު ތަފާތަކުން ކުރީގައި އުޅެނީ ސިރާޖު އެވެ. ހދ އަތޮޅު ކައުންސިލް ރައީސް – ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީ 2020 ނަތީޖާ މިހާތަނަށް ގުނި ވޯޓުގެ ޖުމްލަ އަދަދަކީ 2043 ވޯޓެވެ. މިވަގުތަށް...
ޔުމްނާ ޢަލީ
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ރާއްޖޭގައި ނިކަމެތި ހާލުގައި ދިރިއުޅޭ އެތައް ބަޔަކަށް އެހީވުމުގައި ނަމޫނާ ދައްކަމުންދާ އަހުމަދު ހިޝާން ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ. ބައެއް މީޑިއާތަކުން ބުނެފައިވަނީ ހިޝާން ފުލުހުން ހުއްޓުވީ ފުރަން އެއަރޕޯޓަށް ގޮސް ފްލައިޓަށް އަރައި އިންދާ ކަމަށެވެ. ފުލުހުން އޭނާ ގެންދިޔައީ ސްރީލަންކަން އެއަރލައިންސްގެ ފްލައިޓެއްގައި އިންދާ ކަމަށްވެސް ބައެއް މީޑިއާ ޚަބަރުތައް ބުނެއެވެ. އެހެންނަމަވެސް ހިޝާން ހައްޔަރު ކުރި ކަމެއް ފުލުހުން ޔަޤީން ކޮށްދީފައެއް ނުވެއެވެ. ނ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެއަށް ފުޅާދާއިރާއެއްގައި ކާބޯތަކެތި އެތެރެކުރާ ކުންފުންޏެއްކަމުގައިވާ ހެޕީމާރކެޓުން މާސްްކްތައް ވިއްކުމަށް ނިންމައިފިއެވެ. އެކުންފުނީގެ ފޭސްބުކް ޕޭޖްގައި ސީއީއޯ އަލީ އިހުސާން އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ އެކުންފުނިން އެތެރެކޮށް ވިއްކާ ބަލްކް ހޭންޑް ސެނިޓައިޒަރ ފުޅީގެ އަގު، ވިއްކޭނެ އެންމެ ކުޑަ އަގަކަށް ތިރިކޮށްފައިވާ ކަމަށެވެ. އަދި ސާޖިކަލް މާސްކް ޝިޕްމެންޓެއް އެތެރެކުރުމަށްފަހު އެ ލިބުނު އަގުގައި ރައްޔިތުންނަށް ވިއްކުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އިހުސާން ވިދާޅުވިއެވެ....
އިބްރާހިމް އަސްވާޤް
ޗައިނާގައި ހަލުވިކަމާއިއެކު ފެތުރެމުންދާ “ނޮވެލް ކޮރޯނާވައިރަސް” ޖެހޭ މީހުންނާއި މަރުވާމީހުންގެ އަދަދު ވަގުތުން ފެންނަ ވެބްސައިޓުގައި މި ވައިރަހާއި ގުޅޭގޮ އެންމެ ފަހުގެ މަޢުލުމާތާއި ޚަބަރުތައް ދަނީ ވަގުތުން ވަގުތައް އަޕްޑޭޓް ކުރަމުންނެވެ. އެގޮތުން މިވަގުތާއި ހަމައަށް މިވައިރަހުގެ އަސަރު 9937 މީހުންނަށް ކޮށްފައިވާއިރު މިވައިރަހުގެ ސަބަބުން 213 މީހުން ވަނީ މަރުވެފައެވެ. މިހާރު މިވަރަސް ދުނިޔޭގެ 26 ޤައުމަކަށް ވަނީ ފެތުރިފައެވެ. މިސައިޓުގައި ޤައުމުތައް ވަކިން ވައިރަހުގެ އަސަރު ކުރި މީހުންނާއި މަރުވި...
ޔުމްނާ ޢަލީ
ކޮރޯނާއާ ގުޅޭ ޚަބަރު ގެނެސްދިނުމުގައި ޤައުމީ މަސްލަޙަތު އިސްކުރުމަށް މީޑިއާކައުންސިލް ގޮވާލައިފި އެވެ. ކޮރޯނާވައިރަސްއާއި ގުޅޭގޮތުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޤައުމީ މަސްލަޙަތު އިސްކުރުމަށާއި، ޢާއްމުންގެ މެދުގައި ބިރުވެރިކަން ފެތުރޭގޮތަށް ޢަމަލުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާތަކަށް އިލްތިމާސްކުރައްވައިފިއެވެ. އެކައުންސިލުން މިކަމަށް އިލްތިމާސްކުރައްވާފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ. އެބަޔާނުގައި ވިދާޅުވެފައިވަނީ ކޮރޯނާވައިރަހާ ގުޅިގެން މަޢުލޫމާތު ފެތުރުމުގައި ތަފާސް...
އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީ އަދި ހއ. ދިއްދޫގެ އައު ޕްރީފެބްރިކޭޓެޑް އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ޢިއުލާން ކޮށްފިއެވެ. ފެނަކައިން ކުރި ޢިއުލާނެއްގައި ވަނީ އެކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް އަމިއްލަ ތަކެތީގައި ކުޅުދުއްފުށި ސިޓީ އަދި ހއ. ދިއްދޫ އައު ޕްރީފެބްރިކޭޓެޑް އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. އެމަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތަކީ 4 ފެބްރުއ...
އަލީ އާދިލް
މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމުގެ ސުންގަޑި މިރޭ 9:30 އާއި ހަމައަށް އިތުރު ކޮށްފިއެވެ. މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ގއ. ރައްޔިތުން ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުންތަކެއް ހިނގައި އެ ދާއިރާގެ ޕްރައިމަރީ ބާތިލްކޮށް އަލުން ވޯޓުލުން ބާއްވާ ގޮތަށް އެމްޑީޕީއިން ވަނީ ނިންމާފައެވެ. އެމްޑީޕީ ޕްރައިމަރީގައި 909 ކެންޑިޑޭޓުން ވާދަކުރާ އިރު، ޖުމުލަ 169 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.
ޔުމްނާ ޢަލީ
އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓުން ކައުންސިލް އިންތިހާބު ކާމިޔާބުކުރާނެކަމަށް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ޕްރައިމަރީގައި ދަރުބާރުގޭގައި ހުންނަ މާލޭގެ ވޯޓު ފޮއްޓަކަށް ވޯޓުލެއްވުމަށްފަހު ރާއްޖެ ޓީވީއަށް ދެެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެކަމާއި މެދު އެއްވެސް ޝައްކެއްވެސް ނުކުރައްވާ ކަމަށެވެ. އެ ޕާޓީގެ ޕްރައިމަރީގައި ވޯޓުލާ މީހުންގެ އަދަދު ގިނަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކައުންސިލް އިންތިހާބު ކާމިޔާބުވާނެކަން އ...
އަލީ އާދިލް
ޑަބްލިއުއެޗްއޯއިން ހާމަކުރައްވާފައިވާ ގައިޑްލައިންގައިވާ ގޮތުން ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ކޮންމެހެން މާސްކު އަޅަންޖެހެނީ ނޭވާލާ ނިޒާމުގެ މައްސަލައެއް ހުންނަ މީހުންނާއި، ނޭވާލާ ނިޒާމުގެ ބައްޔެއްހުރި މީހަކަށް ފަރުވާދޭ ސިއްޙީ ޚިދުމަތްތެރިންނާއި، ނޭވާލާ ނިޒާމްގެ މައްސަލަ ހުންނަ މީހުންނާއި ކޮންމެހެން ބައްދަލު ކުރަންޖެހޭ މީހުންނަށެވެ. އަދި ނޭވާލާ ނިޒާމުގެ ބަލިތައް ނުވަތަ އެފަދަ ބައްޔެއްގެ ޢަލާމާތެއް މިސާލަކަށް ކެއްސުމާއެކު އަރިދަފުސްއައުމާއި ނޭފަތުން އަރިދަފުސް ފޭބުމާއި ކަރުގައި ރިއްސުން ނޭ...
އިބްރާހިމް އަސްވާޤް
ޗައިނާއިން ފެނުނު ކޮރޯނާ ވައިރަސް ގިނަ ޤައުމުތަކެއްގައި ހަލުވިކަމާ އެކު ފެތުރެމުންދާ މިދަނޑިވަޅުގައި ކޮރޯނާ ވައިރަސްއިން ދިވެހި އެންމެހާ ރައްޔިތުން ސަލާމަތްވުން އެދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދުއާ ކުރައްވައިފިއެވެ. ގާސިމް ވަނީ ކޮރޯނާ ވައިރަސް ގެ ނުރައްކާތެރިކަމުންނާއި، އަދި މިފަދަ އެހެނިހެން ނުރައްކާތެރި ރޯގާތަކާއި، އާފަތްތަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރައްވައި، އަވަސް ޝިފާއާއި، ރައްކާތެރިކަމާއި އަމާންކަން މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވާފައެވެ. “ޔާ الله! ކޮރޯނާ ވައިރ...
ޔުމްނާ ޢަލީ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ބޭސްފިހާރަތަކުން ސަރޖިކަލް މާސްކް އާއި ސެނެޓައިޒަރ ވިއްކާ އަދަދާއި އަގު ކޮންޓްރޯލްކޮށްފިއެވެ. އެސްޓީއޯއިންވިއްކާ ސެނެޓައިޒަރ ފުޅި ވިއްކާނީ މީހަކަށް ފުޅިއެކެވެ. މާސްކް ވިއްކުމަށް ހަމަޖެހިފައިވަނީ 2 ރުފިޔާ 50 ލާރީގެ ރޭޓުން މީހަކަށް ގިނަވެގެން 3 މާސްކެވެ. މާލޭގެ ގިނަ ބޭސްފިހާރަތަކުން މާސްކު ހުސްވެފައިވާއިރު އާންމު ފިހާރަތަކުން މާސްކެއް ވިއްކަމުން ދަނީ 5 ރުފިޔާ އަދި 10 ރުފިޔާއަށެވެ. 50 މާސްކު ހިމެނޭ މާސްކު ފޮއްޓެއް 500 ރުފިޔާއަށް ބަޔެއް ފިހާރަތަކުން ވިއްކާފ...
ޔުމްނާ ޢަލީ
ބައެއް މީހުންނަށްނަށް ހީވެފައި އޮންނަ ގޮތާ ހިލާފަށް ކަރަންޓީނުގެ އުސޫލަކީ ގަޟާގަދަރަށް އީމާންވުމާއި ފުށުއަރާ ކަމެއް ނޫން ކަމަށާއި އަދި ﷲއަށް ވަކީލުކުރުމާއި ފުށުއަރާ ކަމެއްވެސް ނުމެނޫން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ބަލި ހާލަތު މެދުވެރިވުމުގެ ސަބަބާއި މުސްލިމުން އަމަލުތައް ބަހައްޓަންވީ ގޮތް މިމައުޟޫގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ދިން ޚުޠުބާގައި ބުނެފައިވަނީ ވާންހުރި ކަމެއް ވާނެ ނޫންހޭ ބުނެ ސަބަބުތަކުގައި ނުހިފާ ދޫކޮށްލުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށެވެ. އަދި ނު...
ޝިއުނާ އާދަމް
ކޮރޯނާވައިރަސް ނޫނަސް ހުން، ކެއްސުން، ކިނބިހި އެޅުން، ބޭރަށްހިންގުން ފަދަ އަލާމާތެއް ހުރެއްޖެނަމަ ބޭރުތެރެޔަށް ނުކުމެ ނޫޅުމަށް ޑޮކްޓަރު ނިޔާފު ނަސޭހަތްތެެރިވެ ވަޑައިގެންފިއެވެ. ޑޮކްޓަރު ނިޔާފު ބުނުއްވީ އެފަދަ އެއްވެސް ކަމެއް ކުރިމަތިވެފައި ވާނަމަ ގިނަ ގިނައިން އަތްދޮވެ، ހޭންޑް ރަބް އުނގުޅައި ސާފުކުރުމަށާއި، ސާފުތާހިރު ކަމަށް އިސްކަންދީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައި، ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ސަމާލުވުމަށެވެ. އޭގެ އިތުރަށް ޑޮކްޓަރު ވަނީ މަގުމައްޗައް ކުޅުޖެހުމުގެ ނުރަނގަޅު އާދަ ނައްތާލ...
އަލީ އާދިލް
ރާއްޖޭގެ އުތުރުގެ މައި ދޮރާށި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ފިޔަވަޅެއް އަދި އެޅިފައި ނުވާތީ ބައެއް މުވައްޒަފުންނާއި، އާންމުން ކަންބޮޑުވުން ފާޅުކުރަމުން އެބަ ދެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ހަފްތާއަކު އިންޑިއާގެ ޓްރެވެންޑްރަމްއަށް 2 ފްލައިޓް އަދި ކޮޗިންއަށް 3 ފްލައިޓް އޮޕަރޭޓް ކުރާ އެއަރޕޯޓެކެވެ. އެއަރޕޯރޓްގައި މިހާތަނަށް ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާކަމަށް އެ އަރޕޯރޓުން ވާހަކަ ދެއްކި ބައެއް މުވައްޒަފުން ޔަޤީން ކޮށްދ...
އަލީ އާދިލް
ރޭގެ ވަގުތެއްގައި ރާއްޖެއިން ކޮރޯނާ ވައިރަސް އަަސަރުކޮށްފައިވާކަމަށް ޝައްކު ކުރެވޭ މީހަކު ފެނިގެން ކަރަންޓީނު ކުރެވިފައިވަނިކޮން ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސާ ޑރ. އަބްދުﷲ ނިޔާފް މިވަނީ ޓުވިޓަރ މެދުވެރިކޮން މިކަމުގައި އަމަލު ކުރަންވީ ގޮތުގެ ކުޑަ އިރުޝާދެއް ދެއްވާފައެވެ. އެންމެ ފުރަތަމަ ޑރ ނިޔާފްގެ ޓުވީޓުގަައި ބުނެފައިވަނީ ޗައިނާގެ ހުރިހާ ޕްރޮވޮންސް އަކުން ކޮރޯނާވައިރަސް މިހާރު ފެނިފަ ވުމާއިއެކު, ހުމާ, ރޯގާ, ކެއްސުން, ނޭވާކުރުވުން ފަދަ...
އިބްރާހިމް އަސްވާޤް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމެރީގައި ވާދަކުރާ 2 ކެންޑިޑޭޓެއްގެ ކެންޑިޑެސީ ރޭ ދަންވަރު ނެރުނު ބަޔާނަކުން ބާތިލުކޮށްފި އެވެ. އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންނާއެކު ޖިންސީޢަމަލު ހިންގުމާއި، އެ ފަދަ މައްސަލަތަކުގައި އެކުދިންނާމެދު ޙަމްދަރުދީވުމުގެ ބަދަލުގައި، އެފަދަ ޢަމަލު ހިންގާ މީހުންނާމެދު ޙަމްދަރުދީވެ އެމީހުންގެ ދިފާޢުގައި ވާހަކަދެއްކުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އެކަމާ ދެކޮޅު، އަދި އެފަދަ ޢަމަލުތަކަށް މުޖުތަމަޢުއިން ޖާގަދިނުމާއި...
އަލީ އާދިލް
ކަންބޮޑުވުމާއި ހާސްކަމުން އަރައިގަންނަން ބޭނުންނަމަ ފަރުޟު ފަސް ނަމާދު ގާއިމު ކުރުންމަތީ ދެމިތިބެން ޖެހެއެވެ. މިހާރަކަށް އައިސް ޒުވާނުންނާއި ޖުމުލަކޮށް ހުރިހާ އެންމެނަށް ވެސް ޑިޕްރެޝަން ނުވަތަ ކަންބޮޑުވުމާއި ހާސްކަމުގެ މައްސަލަތައް ކުރިމަތިވެއެވެ. އެމައްސަލައިގެ އެންމެ ރަނގަޅު ފަރުވާއަކީ ﷲއަށް ޝުކުރުކޮށް ނަމާދު ގާއިމް ކުރުންމަތީ ދެމިތިބުމެވެ. ތަފާސް ހިސާބްތަކަށް ބަލާއިރު ކެންސަރު ޖެހިގެން މީހުން މަރުވާ އަދަދަށް ވުރެން ގިނައިން ޑިޕްރެޝަންގައި މީހުން މަރުވާ އަދަދު ގިނަ އެވެ. ފަރުޟު ފަސް ނަމާދުގެ އ...
ޝިއުނާ އާދަމް
މިވައިރަސް ޖެހިފައި ހުރި މީހެއް އަތްލާފައި ހުރި އެއްޗެއްގައި އަތްލައިގެން މި ބަލި ޖެހިދާނެ ހެއްޔެވެ. އެމީހަކު ގޮސްހުރިތާކަށް ގޮސްގެން މިބަލި ޖެހުމުގެ ފުރުޞަތު އެބައޮތް ތޯއެވެ. ކޮރޯނާވައިރަސްގައި ހައިބަރނޭޝަން ޕީރިއަޑެއް އޮވޭހެއްޔެވެ ނުވަތަ އަލާމާތްތައް ފާޅުވާން ކިހާ މުއްދަތެއް ނަގާހެއްޔެވެ. ރާއްޖެއިން ރޭ މިބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވާއިރު ދިވެހިންގެ ތެރެއިން މިވައިރަހުގެ މަޢުލޫމާތު ނޭންގޭ މިހުން ގިނައެވެ. ނުރައްކާތެރި ސާސް އަދި މާސްގެ އާއިލާއަށް ނިސަބަތްވާ މި ވައިރަސްގެ ސަބަބުން އެތަ...
އަލީ އާދިލް