ވަގުތީ ގޮތުން އިއްޔެ ބަންދުކުރި ދެ ހަރަމް އަލުން ހުޅުވާލައިފި
ވަގުތީ ގޮތުން އިއްޔެ ބަންދުކުރި ދެ ހަރަމް އަލުން ހުޅުވާލައިފިއެވެ. އިއްޔެގެ އިޝާ ނަމާދަށްފަހު މައްކާގައި ހުންނަ މާތް ވެގެންވާ ހަރަމްފުޅާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް ނުވަތަ މަސްޖިދުއްނަބަވީ ވަގުތީ ގޮތުން ބަންދުކުރީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން އެތަންތަން ސާފުކޮށް ސްޓެރަލައިޒް ކުރުމަށެވެ. ސައުދީގެ ހަބަރުތައް ގެނެސްދޭ އަލް އަރަބިއްޔާ ނޫހުން ބުނެފައިވާ ގޮތުން، މިއަދުގެ ފަތިސް ނަމާދަށްފަހު ދެ ހަރަމް ވެސް ވަނީ އަލުން ހުޅުވާލައިފައެވެ. ނަމަވެސް ކޮރޯނާވ...