މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,372 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2013 ވަނަ ޞަފްޙާ

މުޅި މާލެ "ލޮކްޑައުން" ކުރާކަމަށް ދެކެވޭ ވާހަކަތައް އެއީ "ސީދާ ދޮގެއް": މަބުރޫކް

މުޅި މާލެ "ލޮކްޑައުން" ކުރާކަމަށް ދެކެވޭ ވާހަކަތައް އެއީ "ސީދާ ދޮގެއް": މަބުރޫކް

މާދަމާ އިން ފެށިގެން މާލޭގެ ފިހާރަތައް ބަންދުކޮށް، މުޅި މާލެ ލޮކްޑައުން ކުރާކަމަށް ދެކެވޭ ވާހަކަތައް އެއީ “ސީދާ ދޮގެއް” ކަމަށް ސަރުކާރުން ބުނެފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްސަލުވުންތަކުގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ މާލެ ލޮކްޑައުން ކުރާ ކަމަށް ބުނެ ވަރަށް ގިނައިން އޭނާ އާއި ވެސް ސުވާލު ކުރަމުން ގެންދާ ކަމަށާއި ނަމަވެސް އެއީ “ސީދާ ދޮގެއް” ކަމަށެވެ. މާލެ […]

އިބްރާހިމް އަސްވާޤް
މިހާތަނަށް ލިބުނު ހުރިހާ ނަތީޖާއެއް ކޮވިޑް-19 އަށް ނެގެޓިވް

މިހާތަނަށް ލިބުނު ހުރިހާ ނަތީޖާއެއް ކޮވިޑް-19 އަށް ނެގެޓިވް

ކޯވިޑް-19 އަށް އެންމެފަހުން ކުރި ޓެސްޓުތަކުގެ ތެރެއިން މިހާތަނަށް ލިބުނު ނަތީޖާތައް ނެގެޓިވް ވެފައިވަކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމެޖެންސީ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވާފައިހުންނަވާ ތަރުޖަމާން މުޙައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ކޯވިޑް-19އަށް ކިރިޔާ ޝައްކެތް އޮތްކަމުގައި ވީނަމަވެސް އެމީހަކު ޓެސްޓްކުރެވި މޮނީޓާކުރެވެމުންދާކަމަށެވެ. ކުރެވިފައިވާ ޓެ...

ޔުމްނާ ޢަލީ
ޓެސްޓު ކުރާ މީހުންގެ އަދަދު ނިސްބަތުން އެންމެ މަދީ އިންޑިޔާގައި!

ޓެސްޓު ކުރާ މީހުންގެ އަދަދު ނިސްބަތުން އެންމެ މަދީ އިންޑިޔާގައި!

ޓެސްޓު ކުރާ މީހުންގެ އަދަދު ނިސްބަތުން އެންމެ މަދީ އިންޑިޔާގައިކަމަށް ގިނަބަޔަކު ބުނަން ފަށައިފިއެވެ. ކޮވިޑް-19 އަށް ޓެސްޓު ކުރާ މީހުންގެ އަދަދު ވުމުން، އިންޑިއާގައި އެ ވައިރަސްޖެހިފައިވާ ތިބި މީހުންގެ ހަގީގީ އަދަދު ނޭނގުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާ ވައިރަހާ ދެކޮޅަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ، ވީހާވެސް ގިނަ މީހުން ޓެސްޓުކުރުންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވެސް ވަނީ ބުނެފަ އެވެ. އޮކްސްފޯޑް […]

އިބްރާހިމް އަސްވާޤް
ދުނިޔޭގެ ފެންވަރުގެ އިމަރޖެންސީ މެޑިކަލް ރެސްޕޮންސް ޓީމެއް ރާއްޖެ ގެނެސްފި

ދުނިޔޭގެ ފެންވަރުގެ އިމަރޖެންސީ މެޑިކަލް ރެސްޕޮންސް ޓީމެއް ރާއްޖެ ގެނެސްފި

ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެހީތެރިކަމާއި އެކު ދުނިޔޭގެ ފެންވަރުގެ އިމަރޖެންސީ މެޑިކަލް ރެސްޕޮންސް އެންޑް ކޯޑިނޭޝަން ޓީމެއް މިއަދު ރާއްޖެ ގެނެސްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިޓީމުގައި ހިމެނެނީ ތަޖުރިބާކާރު 2 ޑޮކްޓަރުންނާއި، ކޯރޑިނޭޓަރަކާއި، 2 ނަރުހުންނާއި ޓެކްނީޝަނެއްކަމަށެވެ. މިގޮތުން މިޓީމުގައި ހިމެނިވަޑައިގަންނަވާ ދެ ޑޮކްޓަރުން ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަށް އެހީތެރިވެދެއްވުމުގައި މަސައްކަތް ކުރައްވާނެއެވެ...

ޔުމްނާ ޢަލީ
މިފަހަރު އިހުސާންތެރި ކަމުގެ އަތް ހުޅުވާލީ ޒަކީ

މިފަހަރު އިހުސާންތެރި ކަމުގެ އަތް ހުޅުވާލީ ޒަކީ

ކޮވިޑް-19 ގެ ސަބަބުން ކުއްޔަށް އުޅޭ ފަރާތްތަށް ދިމާވާނެ މާލީ ދަތިކަން އިޙްސާސްކޮށް، މިފަހަރު އިހުސާންތެރި ކަމުގެ އަތް ހުޅުވާލީ ޒަކީ އިބްރާޙީމް ޒަކީއެވެ. ޒަކީ އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖެ އައް މިވަޤުތު ދިމާވެފައިވާ ހިތާމަވެރި ކާރިސާއާއި ގުޅިގެން އޭނާ ކުއްޔައް ދޫކޮށްފައިވާ ހުރި ތަނުން އަންނަމަހުން ފެށިގެން 3 މަސްވަންދެން އޭނާއަށް ވާން އޮތް މިންވަރަކުން ކޮންމެ ވެސް  އަދަދެއް ކުލިން ކަޑާލަން ނިންމައިފިކަމަށެވެ. މީގެ ދެދުވަސް ކުރިން ރިލްވާން […]

ޔުމްނާ ޢަލީ
ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިންވެސް ގޭގައި ކަރަންޓީނު ކުރަން ނިންމައިފި

ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިންވެސް ގޭގައި ކަރަންޓީނު ކުރަން ނިންމައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތައް ފިޔަވައި އެހެން ޤައުމުތަކުން މިދުވަސްވަރު އަންނަ ހުރިހާ ދިވެހިންވެސް ގޭގައި 14 ދުވަސްވަންދެން އެކަހެރިވެ ތިބުމަށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ، މިރޭ 12އިން ފެށިގެން އެމެރިކާއިން އަންނަ ދިވެހިންވެސް ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީއެއްގައި 14 ދުވަސް ހޭދަކުރަންޖެހޭނެ ކަމަށެވެ. މިއީ ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ އޮފް ޕަބްލިކް ހެ...

ޝިއުނާ އާދަމް
ކުޅުދުއްފުށި ސިޓީގައި ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގައި ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި އަލަށް އަޅާ ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. ފެނަކަ ކޯޕަރޭޝަން އިން މަޢުލޫމާތުދޭތޮތުގައި އެތަން ޑިޒައިންކޮށް، އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރީ ޔުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ. ޔުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ފެނަކައާ ދެމެދު މިއަދު ވަނީ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. HDh. Kulhudhuffushi gai alah alhaa prefabricated powerhouse design koh imraaiy kurumuge ehbasvumugai Uni Engineering...

އިބްރާހިމް އަސްވާޤް
އީސީގެ މެންބަރު ކަމަށް އަކްރަމް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އީސީގެ މެންބަރު ކަމަށް އަކްރަމް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް މިހާރުވެސް އެކޮމިޝަންގެ މެމްބަރު އަދި ނައިބް ރައީސް އަޙްމަދު އަކްރަމް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 4 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އަދި ކޮމެޓީން ރުހުން ދިން އިރު ހަތަރު ބޭފުޅުންނަށްވެސް ރުހުން ދެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމަށް އަކްރަމް އައްޔަންކޮށްފައިވަނީ 72 މެމްބަރުންގެ ވޯޓާއިއެކުގައެވެ...

ޔުމްނާ ޢަލީ
އެސްޑީއެފްސީގެ ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމައިފި

އެސްޑީއެފްސީގެ ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމައިފި

‏ކޮވިޑް-19 އާއިގުޅިގެން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްޑީއެފްސީ އިން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމައިފިންއެވެ. އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން މިއަދު ބުނީ ކޮވިޑް-19 އާއިގުޅިގެން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްޑީއެފްސީ އިން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމައިފިކަމަށެ...

ޔުމްނާ ޢަލީ
ކޮވިޑް-19: މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް

ކޮވިޑް-19: މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް

ރާއްޖެ ހިމެނޭހެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި މެދު ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ށ. މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ. ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންޓު ކައިރީ އަތް ދޮވެވެވޭނެ އިންތިޒާމު ހަމަޖެއްސުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އެރަށުގެ ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންޓު ކައިރީ ސައިބޯނި ލައިގެން އަތް ދޮވެވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އެރަށުގެ ބީއެމްއެލް އޭޓީއެމުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް އަތް ދޮވެވޭނެ...

ޝިއުނާ އާދަމް
ކޮވިޑް-19: ބޭރު ދެ ޤައުމަކުން އައި 3 މީހަކު ޓެސްޓް ކުރަނީ

ކޮވިޑް-19: ބޭރު ދެ ޤައުމަކުން އައި 3 މީހަކު ޓެސްޓް ކުރަނީ

އިންޑިއާއިން އައި 2 މީހަކާއި، މެލޭޝިޔާއިން އައި މީހެއް ޓެސްޓު  ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ. ކޮވިޑް-19އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރައްވަމުން ކޮވިޑް-19 އާއި ބެހޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ އައްޑޫ ސިޓީ، މަރަދޫގެ ދެ މީހެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަކީ މެލޭޝިއާއިން އައި މީހެކެވެ. އަނެއް މީހާއަކީ އިންޑިއާއިން އައި މީހެކެވެ. އެ ދެ މީހުން […]

ޔުމްނާ ޢަލީ
ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ދެ ލައްކައަށް އަރައިފި

ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ދެ ލައްކައަށް އަރައިފި

ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޢަދަދު ދެލައްކައަށް އަރައިފިއެވެ. މިހާތަނަށް ދުނިޔޭގެ 167 ޤައުމަކުންނާއި، ސަރަހައްދުން މިވައިރަސްވަނީ 200099 މީހުންނަށް ޖެހިފައެވެ. މިވައިރަސް ޖެހުނު މީހުންގެ ތެރެއިން 8010 މީހުން މަރުވެފައިވާއިރު 82813 މީހުން ރަަނގަޅުވެފައި ވެއެވެ. އެންމެގިނައިން މިވައިރަސް ޖެހިފައިވާ މީހުން ތިބި 10 ޤައުމު ޗައިނާ 80894 މީހުން އިޓަލީ 31506 މީހުން އީރާން 16169 މީހުން ސްޕައިން 11826 މީހުން ޖަރުމަން 9877 މީހުން […]

ހުސައިން ހަބީބް
ކޮވިޑް-19: ޓެލި ކިލާސްތައް މެދުކަނޑާލައިފި

ކޮވިޑް-19: ޓެލި ކިލާސްތައް މެދުކަނޑާލައިފި

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާ ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން މާރިޗް 19 އިން 26 އަށް ސަރުކާރު ބަންދު ކުރައްވަން ނިންމެވުމާއި ގުޅިގެނ،ް ކޮވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކުރުމުން ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޓެލިކިލާސް ޕްރޮގްރާމު މެދުކަނޑާލަން ނިންމައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު އާންމު ކުރި ދެންނެވުމެއްގައި ބުނީ މާދަމާ އިން ފެށިގެން މިމަހުގެ 26 ގެ ނިޔަލަށް ސަރުކާރު ބަންދުކުރުމާ ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޓެލިކިލާސ...

ޝިއުނާ އާދަމް
ސަރުކާރު މުވައްޒަފުން ޒަރުރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އަންގައިފި

ސަރުކާރު މުވައްޒަފުން ޒަރުރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އަންގައިފި

ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވައިފިއެވެ. ރައީސް އޮފީހުން ބުނީ ސަރުކާރު ބަންދުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރެއްވުން ކަމަށްވާތީ، އިޖުތިމާޢީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިންގ ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގާފައިވާ ކަމަށެވެ. މ...

ޔުމްނާ ޢަލީ
މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް 2 މަހަށް އުނި ކުރަން ފާސްކޮށްފި

މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް 2 މަހަށް އުނި ކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް  އުނި ކުރުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ. މިއަދު ކުރިއަށް ގެންދިޔަ އެ ކޮމެޓީގެ ބައްދަލުވުމުގައި، މާލިއްޔަތު ކޮމެޓީން ފާސްކޮށްފައިވަނީ މެނަބަރުންގެ މުސާރަ ދެމަސް ދުވަހަށް އުނިކުރާށެވެ. ހަތް މެންބަރުން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނިކުރަން ހަ މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އިގުތިސޯދީ ގެއްލުން ކުޑަކުރުމަށް ސަރުކާރާއި ކުންފުނިތަކުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، އެމްޕީ...

ޔުމްނާ ޢަލީ
މާލެސިޓީއާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަނީ

މާލެސިޓީއާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަނީ

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށާއި އަދި ކުރިއަށް އޮތް ދެ ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް ވެސް އިސްލާމިކް މިނިސްޓްރީއިން ނިންމައިފި އެވެ. އިސްލާމިކް މިނިސްޓަރު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސަރު ނަމާދާ ހަމައަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާނެ ކަމަށެވެ. މި...

ޔުމްނާ ޢަލީ
އިންތިހާބު ލަސްކުރަން ލީ މައްސަލަ ނަގައިފި

އިންތިހާބު ލަސްކުރަން ލީ މައްސަލަ ނަގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނެގުމަށްފަހު، އިއްޔެ ސުޕްރީމު ކޯޓަށް ހުށެޅި މައްސަލަ ސުޕްރީމު ކޯޓުންވެސް ނަގައިފިއެވެ. އެ ކޮމިޝަނުން ބުނީ އިންތިޚާބު ބާއްވާ ތާރީޚް ލަސްކުރުމަށްޓަކައި މަޖިލީހުން ހައްލެއް ހޯއްދަވައި ދެއްވިދާނެ ކަމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއިން ބުނެފައިވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފައިވާ ކަމަށެވެ....

ޝިއުނާ އާދަމް
ކުރިޔަށް އޮތް ދެތިން ހަފްތާއަކީ ކޮވިޑް-19 ފެތުރުމުގެ ބިރު އެންމެ އިތުރުވާނެ މުއްދަތު: ޑރ. ޝިފާން

ކުރިޔަށް އޮތް ދެތިން ހަފްތާއަކީ ކޮވިޑް-19 ފެތުރުމުގެ ބިރު އެންމެ އިތުރުވާނެ މުއްދަތު: ޑރ. ޝިފާން

ކުރިއަށް އޮތް މަހެއް ހާދުވަހަކީ ކޮވިޑް -19 ވައިރަސް މުޅި ދުނިޔޭގެ ގިނަ ހިސާބުތަކުގައި، އެންމެ ޕީކް ގައި ފެތުރިގެން ދާނެކަމަށް ބެލެވޭ ދުވަސްވަރު ކަމަށާއި ކުރިޔަށް އޮތް ދެތިން ހަފްތާއަކީ ވެސް ދިވެހިރާއްޖޭގައި މި ބަލި ފެތުރުމުގެ ބިރު އެންމެ އިތުރުވާނެ މުއްދަތުކަމުގައި ތަޖުރިބާކާރުން ދެކޭ ކަމަށް ކެންސާ ސާޖަރީ (އޮންކޮ ސަޖަރީ) ޑރ. މުހައްމަދު ޝިފާން ވިދާޅުވެއްޖެއެވެ. ޑރ. ޝިފާންގެ ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުމެއްގައި އިތުރަށް ވިދާޅުވީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަކީ […]

އިބްރާހިމް އަސްވާޤް