އާދަމްބެގެ އިހުސާސް، އަހަރެމެންގެވެސް އިހުސާސް!
ދާދި ދެންމެއަކު އާދަމްބެއާއި ބައްދަލުވީ ގޭ ދޮށު މިސްކިތު ހަރިންމަ ފާރުގައި އަތް އަޅުވާލައިގެން ހުއްޓައެވެ. އާދަމްބެ ހުރީ މިސްކިތާއި ކުރިމަތިލައި، އިސް އުފުލާލައިގެންނެވެ. އާދަމްބޭގެ ފަހަތުން ހުއްޓި ގޮވައިލީމެވެ. އާދަމްބެ ޖަވާބު ދެމުން “ކޮން ކުއްޖެއްތޯ؟” އަހައިލަމުން އެނބުރިލިއެވެ. އާދަމްބެ ހުރީ ފެންކަޅި ވެފައެވެ. “ކޮއްކޯއެވެ! މިއީ ބޭބެ ދުވަހަކުވެސް ވެދާނެ ގޮތެއްކަމަށް ހިތަށް އެރި ކަމެއް ނޫނެވެ! ބިރުވެރި ރޯގާއެއްގެ ސަބަބުން މިސްކިތްތައް ބަންދު ކުރީއެވެ! ޖަމާއަތުގައި ނަމާދު ނުކެރޭވޭ ހާލަތަށް ދިޔައ...