މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,372 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2000 ވަނަ ޞަފްޙާ

ޔޫކޭއިން އައި އިތުރު ދިވެއްސެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ޔޫކޭއިން އައި އިތުރު ދިވެއްސެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

އިތުރު ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ. އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ‏ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ⁧‫ކޯވިޑް19‬⁩ ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއީ، އިނގިރޭސި ވިލާތުން އެނބުރި އައި މީހެއްކަމަށް ވަނީ ބުނެފައެވެ. އެ ކަރަންޓީން ފެސިލިޓީގައި ހުރި އެހެން ދިވެއްސަކު ވެސް މިދިޔަ އާދިއްތަ ދުވަހު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައި...

އިބްރާހިމް އަސްވާޤް
ކޮމަންޑޫ އެއްގަމު ޖެޓީގެ އަމަލީ މަސައްކަތް ފެށިއްޖެ

ކޮމަންޑޫ އެއްގަމު ޖެޓީގެ އަމަލީ މަސައްކަތް ފެށިއްޖެ

ށ. ކޮމަންޑޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެއްގަމު ޖެޓީގެ އަމަލީ މަސައްކަތް ފެށިއްޖެއެވެ. އެކަން ހާމަކޮށްފައިވަނީ ކޮމަންޑޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައިއެވެ. https://www.facebook.com/309200189532246/posts/905488889903370/ ކޮމަންޑޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުއަކީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 29،...

ޝިއުނާ އާދަމް
ރިސޯޓުތަކާއި، ސަފާރީތަކުން ރަށްރަށަށް ދަތުރުކުރުން މަނާކުރާ އެންގުން އިސްލާހުކޮށް އާންމުކޮށްފި

ރިސޯޓުތަކާއި، ސަފާރީތަކުން ރަށްރަށަށް ދަތުރުކުރުން މަނާކުރާ އެންގުން އިސްލާހުކޮށް އާންމުކޮށްފި

ރިސޯޓު ތަކާއި، ސަފާރީތަކުން އެހެން ރަށްރަށާއި ދެމެދު ދަތުރު ކުރުން މަނާކުރުމަށް، އެޗްޕީއޭއިން އާންމުކޮށްފައިވާ އެންގުން އިސްލާޙުކޮށް އަލުން އާންމު ކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އެ ނިންމުމުގެ ދަށުން ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި މަތިކޮށްފައިވާ ބާރުގެ ދަށުން ރޭ އާންމު ކުރި އެންގުން އާންމު ކުރި ވަގުތުން ފެށިގެން ވަކި […]

ޔުމްނާ ޢަލީ
ކޮވިޑް-19: ބަލި ޖެހުނު މީހުން 3 ވަނަ އަށް އެންމެ ގިނަ ޤައުމަކަށް ސްޕެއިން، އިއްޔެވެސް 913 މަރު، 7846 މީހުން ޕޮޒިޓިވް!

ކޮވިޑް-19: ބަލި ޖެހުނު މީހުން 3 ވަނަ އަށް އެންމެ ގިނަ ޤައުމަކަށް ސްޕެއިން، އިއްޔެވެސް 913 މަރު، 7846 މީހުން ޕޮޒިޓިވް!

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ތިންވަނަ އަށް އެންމެ ގިނަ ޤައުމު ކަމުގައި ސްޕޭން ހިމެނިއްޖެއެވެ. މިބަލި އެ ޤައުމުން މިހާތަނަށް 87956 މީހުންނަށް ވަނީ ޖެހިފައެވެ. އިއްޔެ އެކަނިވެސް މިބަލީގައި ސްޕޭނުން 913 މީހުން މިބަލީގައި ވަނީ މަރުވެފައިއެވެ. އެ ޤައުމުން މިބަލީގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 15 ގައިއެވެ. އެދުވަހު ވަނީ އެ ޤައުމުން 2 މީހުންނަށް މިބަލި ޖެހިއްޖެކަން ރިޕޯޓް ކޮށްފައިއެވެ. […]

އަލީ އާދިލް
ސްޓޫޑަންޓް ލޯނާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދީފި

ސްޓޫޑަންޓް ލޯނާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދީފި

ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަންޖެހޭ ފައިސާ އެބޭންކުން ފަސްކޮށްދީފިއެވެ. އެބޭންކުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ފަރުދުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމް އާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ދަށުން ނަގާފައިވ...

އިބްރާހިމް އަސްވާޤް
ވައިކަރަދޫ ރައްޔިތުންގެ ތެރެއިން ވަޒީފާ ގެއްލޭ ފަރާތްތަކާއި މުސާރާއަށް ބަދަލު ގެންނަ ފަރާތްތަށް ހޯދަނީ

ވައިކަރަދޫ ރައްޔިތުންގެ ތެރެއިން ވަޒީފާ ގެއްލޭ ފަރާތްތަކާއި މުސާރާއަށް ބަދަލު ގެންނަ ފަރާތްތަށް ހޯދަނީ

ރަށާއި ރަށުން ބޭރުގައި ދިރިއުޅޭ ވައިކަރަދޫ ރައްޔިތުންގެ ތެރެއިން ކޮވިޑް-19 އާ ގުޅިގެން އިޖްތިމާޢީ އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި މުސާރައަށް ބަދަލު ގެންނަ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހދ. ވައިކަރަދޫ ކައުންސިލް އިން ފަށައިފި އެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ބައެއް ރިސޯޓްތަކުންނާއި އަމިއްލަ އެކިއެކި ކުންފުނިތަކުން ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް މުވައްޒަފުންނާމެދު އަމަލުކުރަމުންދާކަމުގެ ޚަބަރުތައް ފެތުރެމުންދާތީ، އެފަދަ ފިޔަވަޅުތައް އެޅިފައިވާ ވައިކަރަދޫ ރައްޔިތުންގެ މަޢުލޫ...

ޖަލްވާން ޖާދުﷲ
އިންޓަނެޓްގެ ޚިދުމަތަށް އަންނަ ބަދަލުތައް އޭޕްރީލް 1 އިން ފެށިގެން ފެންނާނެ

އިންޓަނެޓްގެ ޚިދުމަތަށް އަންނަ ބަދަލުތައް އޭޕްރީލް 1 އިން ފެށިގެން ފެންނާނެ

ރާއްޖޭގެ އިންޓަނެޓްގެ ޚިދުމަތައް ގެންނަ ބަދަލުތައް މިފެށޭ އޭޕްރީލް 1 އިން ފެށިގެން ފެންނާނެކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އިންޓަނެޓްގެ އަގުތަކާގުޅޭގޮތުން ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކާއެކު ކުރަންޖެހޭ މަޝްވަރާތައް މިހާރު ކޮށް ނިމިފައިވާކަމަށެވެ. އަދި މިފެށ...

އަލީ އާދިލް
އުލިގަމުގައި ސޯޝަލް ސަޕޯޓް ޑެސްކެއް ގާއިމު ކޮށްފި

އުލިގަމުގައި ސޯޝަލް ސަޕޯޓް ޑެސްކެއް ގާއިމު ކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ތިލަދުންމަތީ އުތުރުބުރީ (ހއ) އުލިގަމުގައި ސޯޝަލް ސަޕޯޓް ޑެސްކެއް ގާއިމު ކޮށްފިއެވެ. އުލިގަމު ކައުންސިލްގެ އިދާރާއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއިގުޅިގެން ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާއިގުޅިގެން ރަށު ފެންވަރުގައި މަސައްކަތް ތަކެއް ކުރެވެމުން ދާކަމަށެވެ. އެގޮތުން ހޯމް އައިސޮލޭޝަން (ގޭގައި އެކަހެރިވެހުރުން) ނުވަތަ ހޯމް ކަރަންޓީން ކުރަންޖެހިއްޖެ ހާލަތެއްގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ކާޑު ވިއްކުން ކޮންޓްރޯލުކޮށް، މީހަކަށް 10 ކިލޯ ހަނޑުލާއި 5 ކިލޯ ފުއް އަދި 2 ކިލޯ ހަކުރު

ކުޅުދުއްފުށީގައި ކާޑު ވިއްކުން ކޮންޓްރޯލުކޮށް، މީހަކަށް 10 ކިލޯ ހަނޑުލާއި 5 ކިލޯ ފުއް އަދި 2 ކިލޯ ހަކުރު

ކުޅުދުއްފުށީގައި ކާޑު ވިއްކުން ކޮންޓްރޯލުކޮށް، މީހަކަށް 10 ކިލޯ ހަނޑުލާއި 5 ކިލޯ ފުއް އަދި 2 ކިލޯ ހަކުރު ވިއްކަން ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ކާޑު އެޖެންޓް މިތުރު ކޮމްޕެނީން ނިންމައިފިއެވެ. ކޮވިޑް-19 އާ ގުޅިގެން ކާޑުގެ ބާވަތްތައް ރާއްޖެ ގެނައުމުގައި ހުރި ދަތިތަކާ ހެދި ކުޅުދުއްފުށީގައި ކާޑުގެ ބާވަތްތައް ކޮންޓްރޯލްކޮށްގެން ވިއްކަން ފަށާފައިވަނީ ކާޑުގެ ބާވަތްތައް ވިއްކަން ފަށާފައިމިވަނީ ކާޑު ބޭނުންވާ ހުރިހާ ފަރާތްތަކަށް ކާޑު ހުސްނުވެ ފޯރުކޮށްދިނުމަށްށެވެ. މިތުރު ކޮމްޕެނީގެ ވެރިޔާ މުހައްމަދު […]

އަލީ އާދިލް
އެންގުމާ ހިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހާއަށް ދައުވާކޮށްފި

އެންގުމާ ހިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހާއަށް ދައުވާކޮށްފި

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށްރަށުން ރިސޯޓްތަކަށް އެރުން މަނާކޮށްފައިވަނިކޮށް އެ އެންގުމާ ހިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހަކަށް ދައުވާކޮށްފި އެވެ. ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓައިލުމަށް އެންގި އެންގުމާ ހިލާފުވި މީހަކަށް ދައުވާ ކޮށ...

އަލީ އާދިލް
މާލެ އަދި ވިލިމާލެ ކުނި ކަހަން 200 މީހުން ވެމްކޯއިން ހޯދަނީ

މާލެ އަދި ވިލިމާލެ ކުނި ކަހަން 200 މީހުން ވެމްކޯއިން ހޯދަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ އަދި ވިލިމާލެ ކުނި ކަހަން 200 މީހުން ހޯދަން އިއުލާނުކޮށްފި އެވެ. ވެމްކޯ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ވަޒީފާއަށް ބޭނުން ވަނީ، މަސައްކަތަށް ޝައުގުވެރިކަން ހުރި ގާބިލު މީހުން ކަމަށެވެ. ވެމްކޯ އިން އިއުލާނުކޮށްފައި ވަނީ މާލެ މަގުތައް ކުނި ކަހާނެ 150 މީހުންނާއި، ވިލިމާލެ މަގުތައް ކުނި ކަހަން 50 މީހުންނެވެ. ވަޒީފާގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އަދި […]

ޝިއުނާ އާދަމް
ފެނަކައިން ކޮށްފައިވާ އިޢުލާންތަކަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚްތައް ފަސްކޮށްފި

ފެނަކައިން ކޮށްފައިވާ އިޢުލާންތަކަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚްތައް ފަސްކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން މުދަލާއި ޙިދުމަތް ހޯދުމަށް ކޮށްފައިވާ އިޢުލާންތަކަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚްތައް، ވަކި މުއްދަތެއް ނެތި ވަނީ ފަސްކުރެވިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ. މިއަދު އެކުންފުނިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާންމު ކުރި މަޢުލޫމާތުގައި ވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރޯގާއާއި ގުޅިގެން މުޅި ރާއްޖެ ފުރަބަންދުކުރުމާއި ގުޅިގެން އެކުންފުނިން މުދަލާއި ޙިދުމަތް ހޯދުމަށް ކޮށްފައިވާ އިޢުލާންތަކަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚ...

އިބްރާހިމް އަސްވާޤް
ކޮވިޑް-19 އިން ރަނގަޅުވި 101 އަހަރު މީހާގެ ތަފާތު ވާހަކައެއް!

ކޮވިޑް-19 އިން ރަނގަޅުވި 101 އަހަރު މީހާގެ ތަފާތު ވާހަކައެއް!

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ޖެހުނު އިޓަލީގެ 101 އަހަރުގެ ފިރިހެނަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނުމާއި އެކުމިކަން ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުހީއަށް އެރިއެވެ. އިޓަލީގެ އިރު އުތުރުގެ ސިޓީއެއް ކަމަށްވާ ރިމިނީން ރަނގަޅުވި “މރ. ޕީ”ގެ ނަން ދީފައިވާ އެ މީހާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. ރިމިނީގެ ޑެޕިއުޓީ މޭޔަރު ގްލޯރިއާ ލިސީ ވިދާޅުވީ “މރ. ޕީ”ގެ އާދަޔާޚިލާފު ރިކަވަރީގެ ސަބަބުން […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 2 ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް ހަރުކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 2 ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް ހަރުކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދެ ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް (މެޑިކަލް ގުރޭޑް އެއަރ ކޮންޑިޝަން) ހަރުކޮށް ނިންމާލައިފި ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ. ގުރީން ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ޖުމްލަ އަގަކީ 1,314,587.13 (އެއް މިލިއަން ތިން ލައްކަ ސާދަ ހާސް ފަސްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ތޭރަ ލާރި) ފުރެޝް އެއަރ ސިސްޓަމް ހަރުކޮށްފައިވަނީ އީއާރު (އެމަރޖެންސީ ވާރޑް) އަދި ޖެނެރަލް ވާރޑްގައި ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. ހޮސްޕިޓަލ...

އިބްރާހިމް އަސްވާޤް
"މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުން" ހިތުން ނުފިލި ވަޢުދު!

"މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުން" ހިތުން ނުފިލި ވަޢުދު!

ފުލުހުންގެ އިންޓެލިޖެންސް މަރައިން ޕޮލިސް އަދި ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސް ދޯންޏަކުން 61 ކިލޯގުރާމްގެ ހެރޮއިން ހޯދައި، ހައްޔަރުކުރި މައްސަލައިގައި ހިމެނޭ 11 ދިވެހިންގެ ވަނަވަރު ފުލުހުން އާންމުކުރި އަޑު އަހާފައި އިއްޔެވެސް ހިތަށް އެރީ ހަމަ އެ ވަޢުދުގެ މަތީންނެވެ. 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އަޅުގަނޑު އެންމެ ހިތް ދަމައިގަތް ވަޢުދަކީވެސް އެއީއެވެ. ” ވަޠަން އެދޭ ގޮތަށް […]

ހުސައިން ހަބީބް
ކުޅުދުއްފުށި ރީޖަނަލް ޕޯޓުން ނަގާ، ޑެމަރޭޖް ފީ 50 ޕަސެންޓް ކުޑަކުރުމަށް ނިންމައިފި

ކުޅުދުއްފުށި ރީޖަނަލް ޕޯޓުން ނަގާ، ޑެމަރޭޖް ފީ 50 ޕަސެންޓް ކުޑަކުރުމަށް ނިންމައިފި

ރާއްޖެއަށް މުދާ އެތެރެ ކުރާ ފަރާތްތައް، އިމްޕޯޓަރުންގެ އަތުން ނަގާ ބައެއް ފީތައް ކުޑަކޮށް، ކުޅުދުއްފުށި ރީޖަނަލް ޕޯޓުން ނަގާ، ޑެމަރޭޖް ފީ 50 ޕަސެންޓް ކުޑަކުރުމަށް އަދި އެހެން ވެސް އިނާޔަތްތައް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފި އެވެ. ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ، ރާއްޖެއަށް މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް އެމްޕީއެލްއިން މިހާރު ނިންމާފައިވާ ކަމަށެވެ.އ...

ޝިއުނާ އާދަމް
ފޮޓޯއިން އެދުވަސް: ކޮމަންޑޫ މަސްޖިދުލް ޒިކުރާ

ފޮޓޯއިން އެދުވަސް: ކޮމަންޑޫ މަސްޖިދުލް ޒިކުރާ

ނޯޓް: މި ކޮލަމްގައި އަޅުގަނޑު އެކި ދުވަހު މި ހިމަނާލާ ފޮޓޯ އާއި އެ ފޮޓޯއާއި ގުޅޭ ލިޔުން ތަކަކީ އެއިން ތާރީޚީ ބައެއް މަޢުލޫމާތު ލިއްބައިދޭނެ އަދި މާޒީގައި ކަން ހިނގާފައިވާމަގު އެނގިގެންދާނެ ލިޔުން ތަކެކެވެ. މި ފޮޓޯފެނުމުން ހަނދާނުގެ ފަތްފުށްތައް އުކާލެވެނީ އޮންވިހިސަތޭކަ އައްޑިހައިގެ ކުރީކޮޅުގެ އަހަރު ތަކަށެވެ. އަހަރެން ކޮމަންޑޫގައި ކިޔަވަން އުޅުނުއިރު ފިރިހެނުން ނަމާދު ކުރަން ކުޑަމިސްކިތަކަށްވެސް އަދި ބޮޑު މިސްކިތަކަށްވެސް ހުންނާނީ މިމިސްކިތް އެކަންޏެވެ. މިސްކިތު މުދިމަކީ އިބްރާހިމްބެއެވެ. އަހަރ...

އާދަމް ޝަރީފް
އަންނަ މަހުން ފެށިގެން ވެމްކޯއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަނީ

އަންނަ މަހުން ފެށިގެން ވެމްކޯއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަނީ

އޭޕްރީލް 1 އިން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ޚިދުމަތްދޭ ގަޑިތަކައް ބަދަލު ގެންނަން ނިންމައިފިއެވެ. މިކަމާއި ގުޅިގެން ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ވެމްކޯގެ ޙިދުމަތްތަކައް އެކި ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އެގޮތުން ވެމްކޯގެ މުވައްޒަފުންގެ ޞިއްޙީ ރައްކާތެރިކަމާއި، ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ކުނި ނެގުމާއި، ކުނި އެއްލާލުމުގެ ޚިދުމަތަށް ބޫރޫނާރާނެ ފަދަ ގޮތަކައް މަސައްކަތްތައް ބަ...

އިބްރާހިމް އަސްވާޤް