ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައި ވާނަމަ ކުޅުދުއްފުށީ ކައުންސިލުން އެހީތެރިވަނީ
ކުޅުދުއްފުށީގެ ރަށްވެހިންނާއި ކުޅުދުއްފުށީގައި ދިރިއުޅޭ އާއިލާތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައި ވާނަމަ ކުޅުދުއްފުށީ ކައުންސިލުން އެހީތެރިވުމުގެ މަސައްކަތް ފަށައިފިއެވެ. އެކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ، ކުޅުދުއްފުށީގެ ރަށްވެހިންނާއި ކުޅުދުއްފުށީގައި ދިރިއުޅޭ އާއިލާތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން 01 މާރިޗު 2020 އިން ފެށިގެން އެއްވެސް ފަރާތެއްގެ ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާނަމަ އެފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، ކަ...