އިނގިރޭސި ބޮޑުވަޒީރު އައިސީޔޫގައި އަށް ބަދަލު ކޮށްފި
ހުން އައުމާއެކު ކޮވިޑް-19 އިގެ އަލާމާތްތައް އިތުރުވެފައިވާތީ އިތުރު ޓެސްޓުތައް ހަދައި ފަރުވާ ދިނުމަށް ލަންޑަން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ. އުމުރުން 55 އަހަރުގެ އިނގިރޭސި ބޮޑު ވަޒީރު އެޑްމިޓުކޮށްފައި ވަނީ، ޑޮކްޓަރުގެ ލަފާގެ މަތީން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ބޮޑުވަޒީރުގެ ހާލު ސީރިއަސް ވާން ފެށީ އިއްޔެގެ މެންދުރުން ފެށިގެންނެވެ. އެމަނިކު...