މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,376 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1987 ވަނަ ޞަފްޙާ

އެމްޓީސީއިން ގްރޭޓަރ މާލެ ސަރަހައްދުގައި ދޭ ދަތުރު ފަތުރުގެ ޚިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފި

އެމްޓީސީއިން ގްރޭޓަރ މާލެ ސަރަހައްދުގައި ދޭ ދަތުރު ފަތުރުގެ ޚިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފި

މާލޭގެ ފްލޫ ކްލިނިކަކަށް ދެއްކި ދިވެއްސެއް ކޮވިޑް-19 އަށް ފައްސިވުމާއިއެކު، އެޗްޕީއޭއިން 24 ގަޑި އިރަށް މާލެ ސިޓީ ލޮކްޑަވްން ކުރުމާއި ގުޅިގެން އެމްޓީސީސީއިން ގްރޭޓަރ މާލެ ސަރަހައްދުގެ ދަތުރު ފަތުރުގެ ޚިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ. މާލެ ސަރަހައްދުގައި ބަހުގެ ދަތުރު ތަކާއި، ފެރީގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުންއަންނަ އެމްޓީސީއިން ބުނީ އެ ކުންފުނިން މިއަދު މެދު ކަނޑާލި ދަތުރު ފަތުރުގެ ޚިދުމަތްތައް ދެންފަށާނީ އެޗްޕީއޭއިން މިއަދު ނިންމި ނިންމުން ނިމުމަކަށް ގެނައުމުން […]

ޝިއުނާ އާދަމް
އަސަރާއި ކީރިތިކުރައްވަމުން ރައީސް އެދިވަޑައިގަތީ ކެންތެރިކަން އިސްކުރައްވައި އެހީތެރިވުމަށް

އަސަރާއި ކީރިތިކުރައްވަމުން ރައީސް އެދިވަޑައިގަތީ ކެންތެރިކަން އިސްކުރައްވައި އެހީތެރިވުމަށް

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19ގެ ކޭސްއެއް މާލެއިން ފެނުމާއި ގުޅިގެން ރައްޔިތުން އެކަމަށް އެއްބާރުލުން ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ. މިއަދު ގައުމާ މުޚާތަބުކުރައްވާ އަސަރާ އެކު ކީރިތި ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގޭގައި އެންމެން މަޑުކުރައްވައި ސާފުތާހިރުކަމަށް އިސްކަން ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އެކަކު އަނެކަކާ މެދު އޯގާތެރިކަމާއި ކެތްތެރިކަމާއެކު މުހާތަބު ކުރައްވާ. ކެތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލުގެ ތެރެއިން އެކ...

ޝިއުނާ އާދަމް
ވެމްކޯގެ ޚިދުމަތްތައް ވަގުތީގޮތުން މެދު ކަނޑާލައިފި

ވެމްކޯގެ ޚިދުމަތްތައް ވަގުތީގޮތުން މެދު ކަނޑާލައިފި

ކޮވިޑް-19 އާއި ގުޅިގެން ފުރަމާލެ 24 ގަޑިއިރަށް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ނިންމުމާއި ގުޅިގެން، އެންއީއޯސީގެ ލަފާގެ މަތީން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން ވެމްކޯއިން ދެމުންދާ ޚިދުމަތްތައް މެދު ކަނޑާލައިފިއެވެ. ކަސްޓަމަރުންގެ ސަމާލުކަމަށް އެދި ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ފުރަމާލެ 24 ގަޑިއިރަށް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އިއުލާނާއި ގުޅިގެން އެޗްޕީއޭ އަދި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ލަފާގެ މަ...

ޝިއުނާ އާދަމް
މާލެއިން ފުރުން މަނާކޮށްފި

މާލެއިން ފުރުން މަނާކޮށްފި

މާލެ ސިޓީ “ލޮކްޑައުން” ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއް ފުރުމަކީވެސް މަނާކަމެއްކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. މާލެ ސިޓީ "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް. — Health Protection Agency (@HPA_MV) April 15, 2020 އެޗްޕީއޭއިން ވަނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ...

ޔުމްނާ ޢަލީ
މާލެ 24 ގަޑި އިރަށް ލޮކްޓައުން ކޮށްފި

މާލެ 24 ގަޑި އިރަށް ލޮކްޓައުން ކޮށްފި

މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން 24 ގަޑިއިރަށް މަނާ ކޮށްފިއެވެ. އެޗްޕީއޭއިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއ...

އިބްރާހިމް އަސްވާޤް
ޕޮޒިޓިވްވީ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް ދެއްކި ދިވެއްސެއް

ޕޮޒިޓިވްވީ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް ދެއްކި ދިވެއްސެއް

ޕޮޒިޓިވްވީ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް ދެއްކި ދިވެއްސެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ. ކޯވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން 25 އެޕްރީލް 2020 ގައި ވަނީ ފެނިފައިކަމަށާއި މިކަން ކަށަވަރުވެފައިވަނީ ރޯގާގެ އަލާމާތްތައް ފެނިގެން މިމަހު 14 ވަނަ ދުވަހު މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް ދެއްކި ދިވެއްސެއް ކޯވިޑް-19 އަށް ޓެސްޓުކުރުމުންކަމަށް ބުނެފައިވެއެވެ...

ޔުމްނާ ޢަލީ
މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ⁧‫ކޯވިޑް19‬⁩ އަށް ޕޮސިޓިވް ވެއްޖެ

މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ⁧‫ކޯވިޑް19‬⁩ އަށް ޕޮސިޓިވް ވެއްޖެ

މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ⁧‫ކޯވިޑް19‬⁩ އަށް ޕޮސިޓިވް ވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ވަނީ ⁧‫#ކޯވިޑް19‬⁩ އަށް ޕޮސިޓިވްވެފައިކަމަށާއި މިއީ މާލޭން ތެރެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާކަމަށެވެ. މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ވަނީ #ކޯވިޑް19 އަށް ޕޮސިޓިވްވެފައި. މިއީ މާލޭން ތެރެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާ. އަދި […]

ޔުމްނާ ޢަލީ
ފަރުދީ ޒިންމާ އަދާކުރޭ! 2 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހިއްޖެ!

ފަރުދީ ޒިންމާ އަދާކުރޭ! 2 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހިއްޖެ!

ދުނިޔޭގެ އެކި ބައްރުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް އަރައިފިކަމަށް މިވައިރަސްގެ ތަފާސް ހިސާބުތަށް ބަލަހައްޓަމުން އަންނަ ފަރާތްތަކުން ބުނެފިއެވެ. 15 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 1010 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ފައްސިވި މީހުންގެ ޢަދަދު: 2،000،0043 މަރުވި މީހުންގެ ޢަދަދު: 126,753 ރަނގަޅުވި މީހުންގެ ޢަދަދު:484,573 ޔޫރަޕްގެ ބައެއް ޤައުމުތަކުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުވި ނަމަވެސް މިބަލި ފ...

އަލީ އާދިލް
އެންމެން ގުޅުވައިދޭ ޤައުމީ ބަހެއް ލިބިފައިވުމީ އަޅުގަނޑުމެންގެ ނަސީބު: ވަޒީރު ޔުމްނާ

އެންމެން ގުޅުވައިދޭ ޤައުމީ ބަހެއް ލިބިފައިވުމީ އަޅުގަނޑުމެންގެ ނަސީބު: ވަޒީރު ޔުމްނާ

އެންމެން ގުޅުވައިދޭ ޤައުމީ ބަހެއް ލިބިފައިވުމީ އަޅުގަނޑުމެންގެ ނަސީބުކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އަލްފާޟިލާ ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ. އެކަމަނާ އެހެން ވިދާޅުވީ އިއްޔެ ފާހަގަ ކުރެވުނު ދިވެހި ބަހުގެ މުނާސަބަތުގައި އެކަމަނާދެއްވި މެސެޖުގައިއެވެ. އެ މެސެޖުގައި ވަނީ މިއަދު ދިވެހި ޤައުމުގެ ހާލަތާއި ދުނިޔޭގެ ހާލަތާއި ގުޅިވައިގެން ބަހުގެ މުހިންމުކަން ވަރަށް ރަނގަޅަށް މޭރުން ކޮށްދެއްވާފައިއެވެ. އެގޮތުން އެ މެސެޖުގައި އެކަމަނާ ވިދާޅުވީ މި އަހަރުގެ ބަހުގެ ދުވަސް ދިމާ ވެފައި މިވަނީ މ...

ޝިއުނާ އާދަމް
ފުރަ ބަންދުގެ ސަބަބުން ފޫހިވާތީ ނައިޖީރިއާގެ މަގުތައްމަތީގައި ކަސްރަތު ކުރަނީ

ފުރަ ބަންދުގެ ސަބަބުން ފޫހިވާތީ ނައިޖީރިއާގެ މަގުތައްމަތީގައި ކަސްރަތު ކުރަނީ

ކޯވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ލޮކްޑައުންގެ ސަބަބުން ފޫހިވާތީ ނައިޖީރިއާގެ ވެރިރަށް އަބޫޖާގެ މަގުތައްމަތީގައި އެކި ގުރޫޕުތައް ހަދައިގެން ކަސްރަތުކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަމުން އެބަދެއެވެ. ރޮއިޓާސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ފުރަބަންދުގެ ސަބަބުން އަބޫޖާގެ މަގުތަކުގައި ދުއްވާއެއްޗެހި އުޅޭ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެހެން ކަމުން ފޫހި ފިލުވުމަށް އެޤައުމުގެ މީހުން ދަނީ މަގުތަކާއި، ހައިވޭ ތަކުގައި ކަސްރަތުކުރުމަށް އެއްވަމުންކަމަށް ބުނެފައިވެއެވެ. މަގުތަކަށް ކަސްރަތު...

އައިމިނަތު ޔުމްނާ
ޑރ. ނަޒުލާއަށް ކުރި ގޮތެއްނެތް ފުރައްސާރަ، ސިއްހީ މަދަދު ވެރިންނަށް ކުރި ފުރައްސާރައެއް!

ޑރ. ނަޒުލާއަށް ކުރި ގޮތެއްނެތް ފުރައްސާރަ، ސިއްހީ މަދަދު ވެރިންނަށް ކުރި ފުރައްސާރައެއް!

ސިޔާސީވެގެން ގޮސް އިމުން ނެއްޓި ތިމާއަށް ކިޔޭ ނުކުޔޭ އެއްޗެއް ނޭނގޭ ދަރަޖައަށް ސިޔާސީ ކަނޑުގައި ޣަރަޤުވެފައި ތިބޭ މީހުންގެ ސަބަބުން މި މުޖުތަމައު ސަލާމަތްވުން ކިތައްމެހާވެސް އެދެމެވެ! “ސައީދާ17” ކިޔާ ޓުވީޓަރ އައިޑީއަކުން އެޗްޕީއޭ ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގަށް ކޮށްފައިވާ ފުރައްސާރަ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އެނގިގެން ނުވަތަ ޖާހިލުކަމުންވެސް އެ ޓުވިޓަރ އެކައުންޓް ގެންގުޅޭ މީހާ ކޮށްފައިވަނީ ވަރަށް ދަށު ދަރަޖައިގެ، ވަރަށް ނާ ތަހުޒީބު އަމަލެކެވެ. އެމީހާ […]

އަލީ އާދިލް
ދިރިއުޅުން އާ ވައްޓަފާޅިއަކަށް

ދިރިއުޅުން އާ ވައްޓަފާޅިއަކަށް

ކޯވިޑޭކިޔާ އާލަމީ ވަބާގެ ރަޖާގަނޑުގެ ދަށުގައި ދުނިޔެއެކޭ އެއްފަދައިން ރާއްޖެ ވެސް އޮތީ ބިރުން ސިހިސިހިއެވެ. މާދަމާވާނެ ގޮތެއް ނޭނގިފައެވެ. މި ވަބާއަށް ވެކްސިނެއް ނާންނަނީހެއް މި ސިހުމަކަށް ހަމަޖެހުމެއް ނާންނާނެއެވެ. އެކަމަށް އަދިވެސް ދުވަސް ނަގާނެއެވެ. އެ ވެކްސިނެއް ލިބިގެން އެންމެންނަށް ޖެހެންދެން ވެސް އަޅުގަނޑުމެން ދިރިއުޅުން ކުރިއަށް ގެންދަން އެބަޖެހެއެވެ. ރަށު ބަންދާއި ގޭބަންދާއި ފުރަބަންދަށް އަމިއްލައަށް ޙުކުމް ކުރެވިގެން ލޮލުންބޮލުން އެދި ޤަބޫލުވެގެން ތިބެން އެބަޖެހެއެވެ. މިއަދު އެހެން ނޫޅ...

ޢަބްދުﷲ ސަޢީދު
މަހިބަދޫ ބަނދަރުގައި ހުރި އުޅަނދުތަކެއްގައި އަލިފާން ރޯވެއްޖެ

މަހިބަދޫ ބަނދަރުގައި ހުރި އުޅަނދުތަކެއްގައި އަލިފާން ރޯވެއްޖެ

އދ. މަހިބަދޫ ބަނދަރުގައި ހުރި އުޅަނދުތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރި ވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ އދ. މަހިބަދޫ ބަނދަރުގައި ހުރި އުޅަނދުތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ ޓީމު ހަރަކާތްތެރި ވާން ފަށާފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ ފަތިހު 5:45 ގައި ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. މިހާދިސާ ހިނގި ސަރަޙައްދުގައި މަހިބަދޫ ޕ...

ޔުމްނާ ޢަލީ
އިންޑިޔާގެ 2 ސަރަޙައްދެއްގައި ތިބި ދިވެހިން ރާއްޖެ ގެނެސްފި

އިންޑިޔާގެ 2 ސަރަޙައްދެއްގައި ތިބި ދިވެހިން ރާއްޖެ ގެނެސްފި

އިންޑީއާގެ ބެންގަލޫރާއި ކޮޗިންގައި ތިބި 159 ދިވެހިން ރާއްޖެއަށް ގެނެސްފިއެވެ. މޯލްޑިވިއަން އިން މިކަން ހާމަކޮށް މިއަދު ކުރިި ޓުވީޓްގައި ބުނެފައިވަނީ އިންޑިއާގެ ބެންގަލޫރު އަދި ކޮޗިންގައި ތިބި ދިވެހިން މޯލްޑިވިއަންގެ ފްލައިޓުގައި ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން މިއަދު އައި ފްލައިޓުގައި ޖުމްލަ 159 ފަސިންޖަރުން ގެނެސްފައިވާކަމަށް މޯލްޑިވިއަން އިން ބުނެއެވެ. އެ ފްލައިޓު ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ ގާތްގަނޑަކަށް މިއަދު މެނދުރު 1:00 ހާއިރިކަމަށް މޯލްޑިވިއަނުނ...

ޖަލްވާން ޖާދުﷲ
ރާއްޖޭގައި 98،000 މީހުން ކޯވިޑް19 އަށް ފައްސި ވެދާނެ ކަމުގެ ބިރުވެރި އިންޒާރެއް!

ރާއްޖޭގައި 98،000 މީހުން ކޯވިޑް19 އަށް ފައްސި ވެދާނެ ކަމުގެ ބިރުވެރި އިންޒާރެއް!

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން އެޗްޕީއޭއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ މައުލޫމާތު މިރޭ ސަރުކާރުން ހާމަ ކޮށްފިއެވެ.މިވައިރަސްގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ވަބާއާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ، 98،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި ދާނެ ކަމަށް ލަފާ ކުރެވޭކަމަށް އެ ރިޕޯޓުގައި ލަފާ ކޮށްފައިވެއެވެ. އެރިޕޯޓުގެ މައުލޫމާތުތައް މީޑިއާއާއި ހިއްސާ ކުރެއްވީ ކޯވިޑް-19 ގެ މައުލޫމާތު ދިނުމަށް މިރޭ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބަ...

ޝިއުނާ އާދަމް
ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ!

ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ!

މިއަދަކީ ފަޚުރުވެރި ދިވެހި ބަހުގެ ދުވަހެވެ. މި ލޮބުވެތި ދިވެހި ޤައުމަށް އަމިއްލަ ބަހެއް ލިބިފައިވުމީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ފަޚުރެއްކަން ޔަޤީނެވެ. ދިވެހި ބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއްބައިކަން ކަށަވަރެވެ. ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސް ކުރަމެވެ. ދިވެހި ބަހުގެ ދުވަހާއި ގުޅިގެން މީސް މީޑިއާގެ ތެރެއަށް ފީނާލައި، ބައެއް ޓުވީޓުތައް މިތާނގައި ހިއްސާކޮށްލާނަމަވެ. ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީ...

ޔުމްނާ ޢަލީ
އިތުރު ދެ ދިވެއްސަކު ކޯވިޑް19 އިން ރަނގަޅުވެއްޖެ

އިތުރު ދެ ދިވެއްސަކު ކޯވިޑް19 އިން ރަނގަޅުވެއްޖެ

ރާއްޖޭން ކޮވިޑް 19 އަށް ޕޮޒިޓިވްވި އިތުރު ދެ ދިވެއްސަކު އެބަލިން ރަނގަޅުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭ އިން މިރޭ ބުނީ ކޮރޯނާ އަށް ޕޮޒިޓިވް ވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެ ދިވެއްސަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. “އެދެމީހުންގެ ޓެސްޓު ޑަބަލް ނެގެޓިވް ވުމުން ދެ މީހުން ބަލިން ރަނގަޅުވެފައިވާކަމަށް ވަނީ ނިންމިފައި،” އެޗްޕީއެ އިން ބުންޏެވެ. ރާއްޖެއިން މިހާތަނަށް ޖުމްލަ ފަސް ދިވެއްސަކު މި ބައްޔަށް […]

ޝިއުނާ އާދަމް
ފީވަކުގައި ހަމަނުޖެހުން ހިންގި ދެމީހުން ހައްޔަރުކޮށްފި

ފީވަކުގައި ހަމަނުޖެހުން ހިންގި ދެމީހުން ހައްޔަރުކޮށްފި

ށ. ފީވަކު ސްކޫލްގައި އެރަށުގެ ކޮވިޑް-19 ޓާސްކްފޯސްއިން ބޭއްވި ބައްދަލުވުމެއްގައި ހަމަނުޖެހުން ހިންގި ދެމީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިމައްސަލާގައި ޙައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރާއި 28 އަހަރުގެ ދިވެހި ދެފިރިހެނުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ބުނީ، މިމަހުގެ 13 ވަނަ ދުވަހުގެ ރޭ މިމާރާމާރީގެ ރިޕޯރޓް ލިބުމާއި ގުޅިގެން ފުލުހުން އެތަނަށް ދިއުމުން މިދެމީހުންވެސް ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގާފައިވާކަމަށެވެ. މިދެމީހުންވެސް ޙަ...

ޝިއުނާ އާދަމް