އެޗްޕީއޭގެ ނިންމުންތައް ރަނުންރަނަށް ތަންފީޒު ނުކޮށްދޭނަމަ، އެކަށޭނެ ނަތީޖާ ނުފެންނާނެ، ނުރައްކާބޮޑުވާނެ
ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އެޗްޕީއޭގެ ނިންމުންތައް ރަނުންރަނަށް ތަންފީޒު ނުކޮށްދޭކަމުގައިވާނަމަ އެކަށޭނެ ނަތީޖާ ނުފެންނާނެކަމަށާއި ނުރައްކާ ބޮޑުވާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން ވިދާޅުވެއްޖެ އެވެ. މީގެ އިތުރުން އަޙްމަދު ފާއިޒް ހުސައިން އެބޭފުޅާގެ ފޭސްބުކްގައި ބުނެފައިވަނީ މާލެ ލޮކްޑައުންކޮށްފައިވާއިރުވެސް މާލޭގެ ކުދި ކުދިގޯޅިތަކަށް ނުކުމެއުޅޭ ބޭރުމީހުން ގެއަށް ވެއްދޭތަނެއް ނުފެންނަކަމަށެވެ. ތަނެއް ލޮކްޑައުންކޮށް ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހެނީ އެތަނެއްގައި...