ކަނޑުމަތީ ހާލުގައި ޖެހުނު ތިން މީހުން ސަލާމަތް ކޮށްދީފި
ތިން މީހުނާއެކު ދަތުރުކުރި ލޯންޗެއް ހާލުގައި ޖެހިފައި ވަނިކޮށް ފުލުހުން އެ މީހުން ސަލާމަތް ކޮށްފި އެވެ. ރޭ ފުލުހުން ބުނީ 2020 އޭޕްރިލް 18 ވަނަ ދުވަހުގެ ރޭ 22:00 ހާއިރު އދ. އަރިއަދޫ އިން ދ. މީދޫ އަށް 3 މީހުއްނާއި އެކު ދަތުރު ކުރި ލޯންޗެއް ފ. ފީއަލި ކައިރިން ހާލުގައި ޖެހިގެން އުޅޭ މައުލޫމާތު ފުލުހުއްނަށް ލިބިފައިވާ ކަމަށެވެ. އެމައުލޫމާތު ލިބުމުން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ވަނީ އެ 3 […]