މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,381 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1967 ވަނަ ޞަފްޙާ

އެސްޓީއޯ އީސްޓޯރ އިން ހޯލްސޭލް ކުރަން ފަށައިފި

އެސްޓީއޯ އީސްޓޯރ އިން ހޯލްސޭލް ކުރަން ފަށައިފި

އެސްޓީއޯ އީސްޓޯރ ގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެހިދުމަތުގައި ހަރަކާތްތެރިވާ ގިނަ މުވައްޒަފުންތަކެއް ސެލްފް އައިސޮލޭޓްވުމާއި ގުޅިގެން އީސްޓޯރގެ ހިދުމަތް މިވަގުތު ވަނީ މެދުކަނޑާލެވި ހޯލްސޭލް ކުރަން ފަށާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ. އެކުން ފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސްޓީއޯއިން ވިއްކާ މުދަލުގެ ބާވަތްތައް މެދުކެނޑުމެއްނެތި ވީހާވެސް ގިނަ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އީސްޓޯރ މެދުވެރިކޮށް ރީޓެއިލް ފިހާރަތަކަށް ހޯލްސޭލްކޮށް މުދާ ވިއްކުމަށް...

އިބްރާހިމް އަސްވާޤް
40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ކ އަތޮޅަށް ވައިޓް އެލާޓް ނެރެފި

40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ކ އަތޮޅަށް ވައިޓް އެލާޓް ނެރެފި

40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ކ އަތޮޅަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މިރޭ 23:30 އިން ފަތިހު  04:30 އާއި ހަމައަށް ދިގުލައިގެން ދާނެ މި ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއިނދެމެދުގެ ރަށްތަކަށެވެ. Alert White for heavy rain, thunderstorms and gusts of 40 mph. pic.twitter.com/tiB2ULFYlK — Maldives Meteorology (@MetMaldives) May 7, 2020 މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ […]

އިބްރާހިމް އަސްވާޤް
ހދ އަތޮޅަށް 1504 ޕެކެޓު ކަދުރު ފޮނުވައިފި

ހދ އަތޮޅަށް 1504 ޕެކެޓު ކަދުރު ފޮނުވައިފި

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ތެރިން ހދ އަތޮޅު 13 ރަށަށް ޖުމްލަ 150.4 ކޭސް (1504 ޕެކެޓު) ކަދުރު ހދ އަތޮޅު ކައުންސިލަށް ލިބިފައިވާކަމަށް ހދ އަތޮޅު ކައުންސިލުން ބުނެފިއެވެ. ހދ. އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ވަސީމް ވިދާޅުވީ 150.04 ކޭސް ކަދުރު މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެކައުންސިލަށް ލިބިފައިވާކަމަށެވެ. އޭގެތެރެއިން 9 ރަށަކަށްވާ ކަދުރު މިއަދުގެ ވަގުތެއްގައި ފޮނުވިފައިވާ ކަމަށާއި ބާކީ އޮތް 4 ރަށަށް ފޮނުވުމުގެ މަސައްކަތް އެކައުންސިލުން ކުރަމުން އަ...

އަލީ އާދިލް
އިތުރު 24 މީހަކު ޕޮޒިޓިވް ވެއްޖެ

އިތުރު 24 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު މިއަދު 24 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން މިބަލިޖެހުނު މީހުންގެ އަދަދު 642 ކަށް އަރައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 20 މީހަކާއި، އިންޑިޔާގެ 01 މީހެއްގެ އިތުރުން 03 ދިވެހިންކަމަށެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 642 އަށް އިތުރުވެފައެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ބިދޭސީންގެ 406 މީހަކު ޕޮޒިިވް ވެފައިވާއިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 215 މީހެކެވެ. މި...

ޖަލްވާން ޖާދުﷲ
ކުޅުދުއްފުށީ ސިޓީ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތްތެރި މޫނުތައް

ކުޅުދުއްފުށީ ސިޓީ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތްތެރި މޫނުތައް

ފެތުރެމުންދާ ކޯވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގައި އުފައްދާފައިވާ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް މެދުކެނޑުމެއް ނެތި 18 އޭޕްރިލް 2020 އިން ފެށިގެން 24 ގަޑިއިރު އަންނަނީ ފޯރުކޮށްދެމުންނެވެ.   ކުޅުދުއްފުށީ ސިޓީއަކީ އުތުރުގެ ދަތުރު ފަތުގެ މައި ބަދައަށް ވުމުގެ އިތުރުން އުތުރުގެ ތިން އަތޮޅުން ސިއްހީ ޚިދުމަތްތައް ލިބިގަންނަ ހޮސްޕިޓަލް ހުންނަ ސިޓީއެވެ. އެސިޓީއަކީ އުތުރުގެ ވިޔަފާރީގެ މައި މަރުކަޒުވެސް މެއެވެ. އެސިޓީގައި ގާއިމުކޮށްފައިވާ ގިނަ ގުނަ ޚިދުމަތްތަކުގެ ބޭނުން ހިފުމަށް އުތުރުގެ […]

ޝިއުނާ އާދަމް
އާންމު ހާލަތަށް ބަދަލުވުމަށް ޓާސްކްފޯހެއް އުފައްދަނީ

އާންމު ހާލަތަށް ބަދަލުވުމަށް ޓާސްކްފޯހެއް އުފައްދަނީ

ކޯވިޑް-19 އިން އާންމު ޙާލަތަށް ރުޖޫޢަވުމަށާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ހާލަތުން އަރައިގަތުމަށް ޤައުމީ ޓާސްކްފޯހެއް އުފައްދަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުން ބުނީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން މި ބަލި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިސާދަށް ކުރިމަތިވެފައިވާ މަޑުޖެހުމާއެކު ވިޔަފާރިތަކަށާއި އަދި އާންމު ރައްޔިތުންގެ ދިރިއުޅުމާ އާމްދަނީއަށް ކުރިމަތިވަމުންދާ ދަތިތަކާއި، އަދި މިދަ...

ޝިއުނާ އާދަމް
ވޯލްޑް ބޭންކުން ރާއްޖެއަށް 16.5 މިލިއަން ޑޮލަރުގެ އެހީ އެއް

ވޯލްޑް ބޭންކުން ރާއްޖެއަށް 16.5 މިލިއަން ޑޮލަރުގެ އެހީ އެއް

ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި ދިވެހިރާއްޖެއަށް 16.5 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވާލްޑް ބޭންކުން ނިންމައިފިއެވެ. މި އެހީގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ފައިނޭންސް އިބްރާހީމް އަމީރެވެ. ވާލްޑް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ޑރ.އައިޑާ ސްވަރާއީ-ރިޑިހޯއެވެ. މިދިޔަ ހަފްތާގައި ސޮއިކުރި މި އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޑިޖިޓަލްކޮށެވެ. އ...

އަލީ އާދިލް
ސަރުކާރާއި ކުންފުނިތަކުގެ އިސްވެރިންގެ މުސާރައަށް ބަދަލު ގެނެސްފި

ސަރުކާރާއި ކުންފުނިތަކުގެ އިސްވެރިންގެ މުސާރައަށް ބަދަލު ގެނެސްފި

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކެ ތެރެއިން ސަރުކާރާއި، ސަރުކާރުގެ ކުންފުނި ތަކުގެ އިސްވެރިންގެ މުސާރަތަކަށް ބަދަލުގެނެސްފައި ވާކަމަށް ފިނޭސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭން މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މުސާރަ ކުރިން 20 ޕަސެންޓް ކުޑަ ކުރަން ނިންމި ނަމަވެސް މި އަދަދު ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީ އަފީފުއްދީން ސްކޫލުން ފޭސް މާސްކު ހަދިޔާކޮށްފި

ކުޅުދުއްފުށީ ސިޓީ އަފީފުއްދީން ސްކޫލުން ފޭސް މާސްކު ހަދިޔާކޮށްފި

ކުޅުދުއްފުށީ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރި ވުމުގެ ގޮތުން އެސިޓީގެ އަފީފުއްދީން ސްކޫލުން ކުޅުދުއްފުށީ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހަށް ފޭސް މާސްކު ހަދިޔާ ކޮށްފިއެވެ. މިގޮތުން އަފީފުއްދީން ސްކޫލުން ވަނީ 230 ފޭސް މާސްކު ކުޅުދުއްފުށީ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހަށް ހަދިޔާ ކޮށްފައިއެވެ. https://www.facebook.com/755270084590154/posts/2837324159718059/ މީގެ ކުރިން އެސިޓީގެ އަނެއް ދެ ސްކޫލް ކަމުގައިވާ ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ޖަލާލުއްދީން ސުކޫލް ފަރާތުންވެސް ވަނ...

ޝިއުނާ އާދަމް
ކޯވިޑް-19 ޖެހިފައިވާ މީހުން މަރުވުމުން އަމަލުކުރާނެ އުސޫލެއް އެކުލަވާލައިފި

ކޯވިޑް-19 ޖެހިފައިވާ މީހުން މަރުވުމުން އަމަލުކުރާނެ އުސޫލެއް އެކުލަވާލައިފި

ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލައިފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް(ޓެގް)ގެ ފަންނީ ނިންމުމާއި އިސްލާމިކް މިނިސްޓްރީން މި ހާލަތުގައި އަމަލުކުރުމަށް އިރުޝާދު ދީ ނެރެފައިވާ ސަރކިއުލަރ އަސްލަކަށް ބަލައިގެން އެކުލަވާލައިފާ ކޯވިޑް-19 ޖެހިފައިވާ ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހުން މަރުވުމުން އަމަލު ކުރާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޓިންގް ޕްރޮސީޖަރ (އެސްއޯޕީ) އެޗްޕީއޭއިން އާންމުކޮށްފިއެވެ. މި އެސްއޯޕީ އެކުލަވާލަފައިވާ މަގްސަދުތަކުގެ ތެރޭގައި ކޯވިޑް-19 ބަލިޖެހިފައިވާ ނުވަތަ ޝައްކުކުރެވޭ މީހަކު މަރުވު...

އަލީ އާދިލް
ދިވެހި ބަހާމެދު ހީވިހެއްޔެވެ؟

ދިވެހި ބަހާމެދު ހީވިހެއްޔެވެ؟

ސްކޫލަށް “އިސްކޫލު” ކިޔަނީ އިނގިރޭސި ބަސް ނުދަންނަ، ޒަމާނަށް ލޯނުހުޅުވޭ ދުވަސްވީ މީހުންނެވެ. އެ މީހުންނަށް ސްކޫލު ކިޔަން ނޭނގެނީއެވެ. ދިވެހި ބަހަކީ އެއްވެސް ފެންވަރެއްނެތް ފަގީރު ބަހެކެވެ. ރަނގަޅު އެއްވެސް ހަމައެއް ގަވާއިދެއް ދިވެހި ބަހުގައި ނެތެވެ. ދިވެހި ބަސް ކިޔެވުމުގެ އެއްވެސް ފައިދާއެއް ބޭނުމެއް ވެސް ނެތެވެ. ދިވެހި ބަހުގެ ބަހުރުވަތަކަކީ ބޮޑު ބޮލުގެ ރިހުމެކެވެ. ކޮންހާ ގިނަ ބަހުރުވަ ތަކެއް ހެއްޔެވެ. ކިޔާ ނުކިޔާއެއް ނޭނގެއެވެ. ދިވެހި ލަވައެއް ކަމަކު ނުދެއެވެ. ދިވެހި […]

ޢަބްދުﷲ ސަޢީދު
ފުރަބަންދު އަމުރާ ހިލާފަށް ބޭރުގައި އުޅުނު 13 މީހަކު އިއްޔެ ހައްޔަރުކުރި

ފުރަބަންދު އަމުރާ ހިލާފަށް ބޭރުގައި އުޅުނު 13 މީހަކު އިއްޔެ ހައްޔަރުކުރި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން މާލެސިޓީގައި ހިންގާފައިވާ ފުރަބަންދުގެ އަމުރާއި ޚިލާފުވި 13 މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މިގޮތުން ހައްޔަރު ކުރެވުނު 13 މީހުން ތެރޭގައި ހިމެނީ މާލެއިން ހައްޔަރު ކުރެވުނު 12 މީހުންނާއި އަދި ހުޅުމާލެއިން ހައްޔަރު ކުރެވުނު މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ފުރަބަންދުގެ އަމުރާއި ޚިލާފަށް ބޭރުގައި އުޅުނު 177 މީހެއް އިއްޔެ ޖޫރި […]

އަލީ އާދިލް
ފުރަބަންދުގެ ތެރޭގައި ދިއްދޫގައި ކަސްރަތުކުރުމަށް ނުކުމެވޭ ގޮތް ހަމަޖައްސައިދީފި

ފުރަބަންދުގެ ތެރޭގައި ދިއްދޫގައި ކަސްރަތުކުރުމަށް ނުކުމެވޭ ގޮތް ހަމަޖައްސައިދީފި

ކޯވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހއ. ދިއްދޫގައި ދަމަހައްޓާފައިވާ ފުރަބަންދުގެ މުއްދަތުގެ ތެރޭގައި އެރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކަސްރަތު ކުރުމަށް ބޭރަށް ނުކުންނަން އެދޭ މީހުންނަށް، ބޭރަށް ނުކުތުމުގެ މަގު ދިއްދޫ ކައުންސިލުން ފަހިކޮށްދީފިއެވެ. އެކަމާއި ގުޅިގެން ދިއްދު ކައުންސިލުން ބުނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ހަލުވި ކަމާއެކު ފެތުރެމުން ދިއުމާއި އަދި އެ އަތޮޅުން އެ ބަލީގެ އިތުރު ކޭސްތައް ފެންނަމުން ދާތީ، އެބަލި އިތުރަށް ފެތުރުން ކޮންޓްރޯ...

ޔުމްނާ ޢަލީ
ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމްގެ ފަރާތުން ތަކަންދޫ ރައްޔިތުންނަށް ބޮޑު އެހީއެއް!

ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމްގެ ފަރާތުން ތަކަންދޫ ރައްޔިތުންނަށް ބޮޑު އެހީއެއް!

ހއ. ހޯރަފުށީ ރައްޔިތުންނާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމްގެ ފަރާތުން ހއ. ތަކަންދޫ ރައްޔިތުންނަށް ކާޑުގެ ބާވަތްތަކާއި ކެއުމަށް ބޭނުންކުރާ ތަކެތި ހަދިޔާކޮށްފި ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ. ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ރައްޔިތުންގެ ނަމުގައި ތަކަންދޫ ރައްޔިތުންނަށް 15 ބަސްތާ ކާޑާއި 16 ބަސްތާ ފިޔާ އަދި 12 ކޭސް ބިސް ފޯރުކޮށްދީފައިވާ ކަމަށެވެ. ހޯރަފުށީ ކައުންސިލުންވެސް ވަނީ މިކަމުގައި އެރަށުގައި ހުންނަ އ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކުރަން ނިންމާފައިވާކަމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ. އެކައުންސިލުން މިރޭ ކުރި އާންމު އިޢުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ރޯގާގެ ނުރައްކާތެރިކަން ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލޭގައި އަންނަނީ ފެތުރެމުންކަމަށާއި އަދި މިސަރަހައްދުގެ ބައެއް ރަށްތަކުން ބައްޔަށް ފައްސިވެފައިވާ މީހުން ފެނިފައިވާ މި ދަނޑިވަޅުގައި ވެސް ކުޅުދުއްފުއްޓަށް ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަ...

އަލީ އާދިލް
ސޮނެވާ ޖާނީގައި މަސައްކަތްކުރާ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ސޮނެވާ ޖާނީގައި މަސައްކަތްކުރާ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ސޮނެވާ ޖާނީގައި މަސައްކަތްކުރާ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. މީޑިޔާތަކަށް މަޢުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ ސޮނެވާ ޖާނީ ރިސޯޓްގައި މަސައްކަތްކުރާ މީހަކު އެ ރިސޯޓްގެ ވިލާއެއްގައި މަސައްކަތް ކުރަނިކޮށް މޫދަށް ވެއްޓި މަރުވެފައި އޮއްވާ ފެނިފައިވާ މައްސަލަ އެއް މިރޭ 8:30 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. މި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް، ފުލުހުން ވަނީ ތަހުގީގު ފަށާފަ...

އިބްރާހިމް އަސްވާޤް
ކާވިޔާއާއި އަމާޒް ބޯޓުން ދަތުރު ކުރި ހދ. އަތޮޅުގެ 29 ފަރާތުގެ 2 ވަނަ ސާމްޕަލްވެސް ނެގެޓިވް

ކާވިޔާއާއި އަމާޒް ބޯޓުން ދަތުރު ކުރި ހދ. އަތޮޅުގެ 29 ފަރާތުގެ 2 ވަނަ ސާމްޕަލްވެސް ނެގެޓިވް

ކާވިޔާއާއި އަމާޒް ބޯޓް އިން ދަތުރު ކުރި ހދ. އަތޮޅުގެ 29 ފަރާތުގެ ދެވަނަ ސާމްޕަލްވެސް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ޓާސްކްފޯހުން ހާމަކޮސްފިއެވެ. ކުޅުދުއްފުށީ ޓާސްކް ފޯސް ގެ ވެރިޔާ އަޙްމަދު ދާއޫދު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ކޯވިޑް19 އަށް ސާމްޕަލް ނަގާ ފޮނުވި ޓެސްޓް ކުރެވުނު ދެ ބޭފުޅެއްގެ ސާމްޕަލްވެސް ނެގެޓިވް ވެފައިވާކަމަށެވެ. މިމީހުންގެ ތެރޭގައި އުލިގަމުން އެހޮސްޕިޓަލަށް ގެނެވުނު އަދި މިހާރު ނިޔާވެފައިވާ ބޭފުޅެއްގެ ސާމްޕަލްވެސް ހިމެނޭ ކަމަށާއި އަދި އިތުރަށް ވައިކަރަދޫ އިންނާއި ފ...

ޔުމްނާ ޢަލީ
ކަރަންޓީނު ފެސިލިޓީއަކުން ބަޔަކު ފިލައިފި

ކަރަންޓީނު ފެސިލިޓީއަކުން ބަޔަކު ފިލައިފި

އައްޑޫ ސިޓީގެ ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީން ބަޔަކު ފިލައިފިއެވެ. ފުލުހުން ބުނީ ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި މީހުން ތެރެއިން ފަސް މީހަކު ފިލާފައި ވާކަމަށެވެ. އެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު އިރުއޮށްސެން ކައިރިވެފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ. ފިލި ފަސް މީހުންގެ ތެރެއިން އެކަކު ހޯދިފައިވާ ކަމަށާއި، އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ކޯވިޑް-19 ރާއްޖޭގައި ފެތުރުން ވީހާވެސް ކުޑަކުރުމަށް ސަރުކާރާއި، ކަމާއި […]

ޔުމްނާ ޢަލީ