ސަމާލުވޭ! 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާރޓް ނެރެފި
55 މޭލާއި 60 މޭލަށް ވިލާގަނޑުގައި ވައިގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ރ އަތޮޅަށް ޔެލޯ އެލާރޓް ނެރެފިއެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފައިވަނީ މިރޭ 20:30އިން ދަންވަރު 12:30 އަށެވެ. މިސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށާއި، 28 މޭލާއި35 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލަށް ވައިގަދަވާނެކަމަށާއި، މިސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމ...