ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ "ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމެއް" މިޕްރޮގުރާމް ނިންމާލައިފި
ނޮޅިވަރަމްގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމެއް” މި ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމް އިންތިޒާމް ކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ އެރަށު އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ރިސާލާ އިންނެވެ. މި ޕްރޮގްރާމް އާއި ބެހޭ މައުލޫމާތު ދެއްވަމުން ޖަމިއްޔާގެ ރައީސް މުހައްމަދު ޒިޔާދު ވިދާޅުވީ މި ޕްރޮގްރާމް އިންތިޒާމް ކޮށްގެން ބާއްވާ ނިންމި މައިގަނޑު މަގުސަދަކީ ޖަމާއަތަށް ނަމާދަށް އަރާ ކުދިންގެ އަދަދު އިތުރު ކުރުމާއި ކުދިންގެ ހިތ...