މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,381 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1951 ވަނަ ޞަފްޙާ

ކޯވިޑް-19: ރާއްޖެއިން އިތުރު 44 މީހުންނަށް ބަލިޖެހިއްޖެ

ކޯވިޑް-19: ރާއްޖެއިން އިތުރު 44 މީހުންނަށް ބަލިޖެހިއްޖެ

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 44 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1591 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ ރޭ 3:30 އާއި ހަމައަށް އިތުރު 44 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ މީހުން ތެރޭގައި ހިމެނެނީ 13 ދިވެއްސަކާއި ބަންގްލަދޭޝްގެ 29 މީހުންނާއި އަދި އިންޑިއާ 2 މީހުންކަމަށެވެ. ރާއްޖޭން މި ބަލި […]

ޝިއުނާ އާދަމް
ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމަނަން މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި

ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމަނަން މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި

ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭނެ ގާނޫނީ ހަމައަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ދީފައިވާ ލަފައަށް ރިއާޔަތްކޮށް ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމަނަން މުޅި މަޖިލީހުގެ ކޮމިޓީން މިރޭ ފާސްކޮށްފި އެވެ. މިހާރު އިންތިޚާބުކޮށްފައިތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ޤާނޫނުއަސާސީއަށް އިންތިޤާލީ މާއްދާއެއް އިތުރުކޮށް ޤާނޫނުއަސާސީ އިސްލާހުކުރުމަށް ސުޕްރީމް ކޯޓުން ރައްޔިތުންްގެ މަޖި...

އަލީ އާދިލް
ހަނިމާދޫއަށް 21 ގަޑިއިރު ތެރޭ 153މމ ވާރޭ ވެހިއްޖެ

ހަނިމާދޫއަށް 21 ގަޑިއިރު ތެރޭ 153މމ ވާރޭ ވެހިއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ މެންދަމު ބާރައިން ފެށިގެން މިރޭ 21:00 ނިޔަލަށް، ހދ. ހަނިމާދޫއަށް 153 މިލިމީޓަރުގެ ވާރޭ ވެހިއްޖެއެވެ. ހަނިމާދުއަށް ބޯކޮށް ވެހެމުންއައި ވާރޭގެސަބަބުން އެރަށުގެ ބައެއް ސަރައްހައްދުތަކަށް ފެންބޮޑުވެ އަދި ބައެއް ގޯތި ތެރެއަށްވަނީ ފެންގަޑު ވަދެފައެވެ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ހާމަކޮށްފައިވާ ގޮތުގައި 12 ގެއަކަށް ފެންވަނުމާއި ގުޅިގެން މިހާތަނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.   ހަނިމާދޫ ޕޮލިސް ސްޓޭޝަންގެއިތުރުން ހަނިމާދޫ ކައުންސިލާއި، އެމްޓީސީސީ އަދި އ...

ޔުމްނާ ޢަލީ

މަސް ފޫކުއްތު: “މަލިކުން ވާރުތަވި ސަންބޯސާ"

މިއީ އާކަކާގޭގައި އާއްމުކޮށް ހަދާ މަލިކުން އެގެއަށް ވާރުތަވި ހެދިކާގެ ބާވަތެއް ކަމަށްވާ ސަންބޯސާއެވެ. މި ބައްޓަމަށް ހުންނަ މަސް އަޅައިގެން ހަދާ ހެދިކާއެއް މަލިކުގައި މިހާރުވެސް ހަދައެވެ. އެއަށް އެމީހުން ކިޔަނީ މަސްފޫކުއްތެވެ. މިހާރު މިހުންނަ ބަޖިޔާގެ ބައްޓަމަށް ހުންނަ ހެދިކާއަކަށް އިހުގައި ތިލަދުންމައްޗާއި އައްޑުވާއި އެހެން ބައެއް ހިސާބުތަކުގައި ސަންބޯސާއޭ ކިޔައިއުޅުނެވެ. އަދި ފޮޓޯގައި މިވާ ބައްޓަމަށް ހުންނަ ހެދިކާއަކަށް އައްޑޫގައި ކީމިޔާއޭ ކިޔައި އުޅުނެވެ. މި ބައްޓަމަށް ހުންނަ ހެދިކާއަށް މިހާރު...

މުޙައްމަދު ނާޖިޙު
ކޯވިޑް-19: ރާއްޖެއިން ޕޮޒިޓިވްވި ޢަދަދު 1547 އަށް

ކޯވިޑް-19: ރާއްޖެއިން ޕޮޒިޓިވްވި ޢަދަދު 1547 އަށް

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 34 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1547 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ މިރޭ 21:00 އާއި ހަމައަށް އިތުރު 34 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ މީހުން ތެރޭގައި ހިމެނެނީ 12 ދިވެއްސަކާއި ބަންގްލަދޭޝްގެ 21 މީހުންނާއި، އަދި އިންޑިއާ މީހެއް ކަމަށެވެ. ރާއްޖޭން މި ބަލި […]

ޝިއުނާ އާދަމް
ބޯކޮށް ވާރޭވެހި، ތިލަދުންމަތީގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި، ތިލަދުންމަތީގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ތިލަދުންމަތީގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށުގައި ފެން ބޮޑުވެއްޖެ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެދާނެކަމަށް ލަފާކޮށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ނ އަތޮޅުގެ ރަށްތަކަށް ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ އޮރެންޖް އެލާރޓްވެސް ނެރެފައެވެ. އޮރެންޖު އެލާޓް ނެރެފައިވަނީ މިރޭ 08:00 އާއި ހަމައަށެވެ. ނަމަވެސް ދެންމެ މެޓް އޮފީހުންވަނީ އެލާޓް ލެވެލް ދަށްކޮށް ވައިޓް […]

ޔުމްނާ ޢަލީ
ހަނިމާދޫ އެއަރޕޯޓްގައި ހުންނަ ބީއެމްއެލް އޭޓީއެމްގެ ސީލިން ވެއްޓިއްޖެ

ހަނިމާދޫ އެއަރޕޯޓްގައި ހުންނަ ބީއެމްއެލް އޭޓީއެމްގެ ސީލިން ވެއްޓިއްޖެ

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ސީލިން ވެއްޓިއްޖެއެވެ. މި އޭޓީއެމްގެ ސީލިން ވެއްޓިފައި މިވަނީ މިހާރު ކުރަމުންދާ ވިއްސާރައިގައ ހަނިމާދޫއަށް މިއަދު ބޯކޮށް ވާރޭ ވެހި ގަދަ ވިއްސާރަ ކުރަމުން ދަނިކޮށެވެ. ވިއްސާރަވެހޭ ދުވަސްވަރު މި އޭޓީއެމް ބަހައްޓާފައި ހުންނަ ތަނުން ކަރަންޓު ކެނޑުމަކީ އާންމުކޮށް ދިމާވާ ކަމެއްކަމަށް އެ ސަރަޙައްދުގައި މަސައްކަތްކުރާ ބައެއް މީހުން ވަނީ މަޢުލޫމާތު ދީފައެވެ. https://www.facebook.com/417690552025385/posts/9270...

ޝިއުނާ އާދަމް
ސަމާލުވޭ! ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ، ބޮޑު ތިލަދުންމައްޗަށް އޮރެންޖް އެލާރޓް!

ސަމާލުވޭ! ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ، ބޮޑު ތިލަދުންމައްޗަށް އޮރެންޖް އެލާރޓް!

ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެދާނެކަމަށް ލަފާކޮށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ނ އަތޮޅަށް އޮރެންޖް އެލާރޓް ނެރެފިއެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮރެންޖް އެލާރޓް ނެރެފައިވަނީ މިއަދު 18:30 އިން މިރޭ 20:00 އަށެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި20 މޭލާ ދެމެދުގެ ބާރުމިނުގައި،...

އިބްރާހިމް އަސްވާޤް
ގާނޫނު އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ލަފާދީފި

ގާނޫނު އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ލަފާދީފި

ކައުންސިލަރުންގެ ދައުރު ދަންމާލުމުގެ މައްސަލާގައި ގާނޫނު އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ލަފާދީފިއެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ގާނޫނު އަސާސީ އަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ގާނޫނޫ އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށްވަނީ ލަފާ ދީފައެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މަޖިލީހަށް ދެއްވި ލަފާގައި ބުނެފައިވަނީ ގާނޫނުގެ މާއްދާއަކަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް...

އަލީ އާދިލް
ސަމާލުވޭ! ބޯކޮށް ވާރޭ ވެހި ގުގުރާނެ، ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާރޓް!

ސަމާލުވޭ! ބޯކޮށް ވާރޭ ވެހި ގުގުރާނެ، ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާރޓް!

ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ އަތޮޅަށް ޔެލޯ އެލާރޓް ނެރެފިއެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު 16:30 އިން މިރޭ 20:00 އަށެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި20 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް […...

ޔުމްނާ ޢަލީ
ކުޑަ ކުއްޖަކު ގެއިން ބޭރަށް ނެރެ، ރޭޕްކުރަން އުޅުނު މައްސަލައެއް

ކުޑަ ކުއްޖަކު ގެއިން ބޭރަށް ނެރެ، ރޭޕްކުރަން އުޅުނު މައްސަލައެއް

ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ކުޑަ ކުއްޖަކު ގެއިން ނެރެ، ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތްކުރި މައްސަލައެއް ބަލަން ފަށައިފިއެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ކުޑަ ކުއްޖަކު ގެއިން ނެރެ، ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތްކުރި މައްސަލައެއް ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ، ސައުތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ތ. އަދި ލ. އަތޮޅު) ހިމެނޭ އަތޮޅެއްގެ ރަށެއްގައި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގޭގައި ހުއްޓައި […]

ޔުމްނާ ޢަލީ
ތި ގެއިން އެންމެ ކަމުދާ "ފަހަރި" އަކީ ކާކު؟

ތި ގެއިން އެންމެ ކަމުދާ "ފަހަރި" އަކީ ކާކު؟

ކޮންމެ ގެއެއްގައި ފަހަރިއެއް ނުހުރެދާނެއެވެ. އެހެން ނަމަވެސް މަދުން ނަމަވެސް ފަހަރިންގެ ނަސީބު ލިބިފައި ހުރި އާއިލާތައް ގިނައެވެ. ބައެއް އާއިލާތަކުގައި ތިން ފަހަރި ހުރުމުގެ ނަސީބުވެސް ލިބިފައި އެބަހުއްޓެއެވެ. މީގެތެރެއިން ބައެއް މީހުންނަކީ ރަނެއް މަލެއްފަދަ ބަޔަކަށްވެއެވެ. މިގޮތުން އާއިލީ ބޮޑުދައިތަގެ ސަރަފުގައި އުޅޭ ފަހަރިން މަދެއްނޫނެއެވެ. އަނެއްބައި އާއިލާތަކުގައި ނަސީބުދެރަ ބައެއްގެ ގޮތުގައި ފަހަރިންވެއެވެ. މައިދައިތަގެ ލޯތްބާއި ބަފާބެގެ ލޯބި ހޯދުމުގައި މުޅިދުވަހު އުޅެން ޖެހޭ ފަހަރިން ގިނައެ...

އަލީ އިބްރާހިމް
އުމުރުން ދުވަސްވީ މީހުން ރޭޕްކުރާ ޒުވާނަކު ހައްޔަރުކޮށްފި

އުމުރުން ދުވަސްވީ މީހުން ރޭޕްކުރާ ޒުވާނަކު ހައްޔަރުކޮށްފި

އުމުރުން ދުވަސްވީ 3 މީހަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އުމުރުން 30 އަހަރުގެ ފިރިހެނަކު އައްޑޫ ސިޓީ މީދޫއިން ހައްޔަރުކޮށްފިއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ އުމުރުން 64 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް އިއްޔެ ހެނދުނު 10:35 އެހާކަންހާއިރު ހުށައެޅުނު މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 28 ވަނަ ދުވަހު އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށެވެ. މިކަމާއި ގުޅިގެން ފުލުހުން އިތުރަށް ބުނެފައިވަނީ […]

ޔުމްނާ ޢަލީ
ދެއްކެން ސަދަގާތް ނުކުރޭ: ޚުތުބާ

ދެއްކެން ސަދަގާތް ނުކުރޭ: ޚުތުބާ

ދެއްކުންތެރިކަމަށް ސަދަގާތް ކުރުމަކީ އަޒާބު ލިބެނިވި ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާގައި ބުނީ، ސަދަގާތް ކުރުމުގެ އެންމެ މޮޅު އިތުރު ގޮތަކީ ސިއްރުން ސަދަގާތް ކުރުން ކަމަށާއި، އިހްލާސްތެރި ނޫންކޮށް، ކުރާ ސަދަގާތަކީ ބާތިލު ސަދަގާތެއް ކަމަށެވެ. އެގޮތުން އިހުލާސްތެރިކަމެއް ނެތި ރަން ފަރުބަދައެއް ސަދަގާތް ކުރިއަސް އެއީ އަގެއް ހުރި ސަދަގާތެއް ނޫން ކަމަށް ބުނެފައިވެއެވެ. “މުސްލިމް އަހުންނޭވެ. ސަދަގާތް ކުރުމުގައި އިހްލާސްތެރިވާށެވެ. އެހެނީ އިހްލާސްތެރިވުމަކީ ކޮ...

ހުސައިން ހަބީބް
ސަމާލުވޭ! ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެ: މެޓް

ސަމާލުވޭ! ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނދު މޫސުމުގެ ވިއްސާރަކަމަށެވެ. އަދި ރާއްޖޭގެ ބޮޑުބަޔަކަށް މި މޫސުމުގެ ވިއްސާރަކޮށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އެ އިދާރާއިން ވަނީ ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މިއަދު ހެނދުނު ހއ އިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލަރޓްވެސް ނެރެފައެވެ...

ޝިއުނާ އާދަމް
ތިލަދުންމަތީ ބޮޑު ދަތުރު: ޖަމީލު ދީދީ ކުޅުދުއްފުށީގައި!

ތިލަދުންމަތީ ބޮޑު ދަތުރު: ޖަމީލު ދީދީ ކުޅުދުއްފުށީގައި!

ތިލަދުންމަތީ އެއްބައިވަންތަކަމުގެ ހަނދާން (5 ވަނަ ބައި):ހައްޤު މިންވަރު ހޯދުމަށް އުތުރުގެ ރައްޔިތުން ކުރި ހިތްވަރުން ފުރިފައިވާ މަސައްކަތް “އުތުރު ގަޑުބަޑު” ގެ ގޮތުގައި ނުވަތަ “ތިލަދުންމަތީގެ ބަޣާވާތު” ގެ ގޮތުގައި ބައެއް ލިޔުންތަކުގައި ސިފަ ކޮށްފައި ވިޔަސް ، އެހަރަކާތަކީ ދައުލަތާއި ދެކޮޅުވެރިވެ، ބަޣާވާތެއް ކުރުމުގެ ވިސްނުން ތިލަކޮށްގެން އުތުރުގެ ހިތްވަރުގަދަ ރައްޔިތުން ކުރިކަމެއް ނޫނެވެ. އެހަނދާންތައް އައު ކޮށްލުމަށް ދައުލަތުގެ ސުލްހައިގެ މަންދޫބެއްގެ ގޮތުގައި ތިލަދުންމަތީ ރައްޔިތުން ސުލްހަ ކުރު...

ޙުސައިން ޝަހުދީ
ކޯވިޑް-19: ރަށްރަށުގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނެސްފި

ކޯވިޑް-19: ރަށްރަށުގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނެސްފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް އަންގާފައިވާ އެންގުމަށް ބަދަލުގެނެސް، އެ ބަދަލުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފިއެވެ. އެޗްޕީއޭއިން މިރޭ ނެރުނު އެންގުމެއްގައި ބުނެފައިވަނީ ރާއްޖެގައި މިހާރު ޢިއުލާން ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން 2020 މޭ 29 ވަނަ ދުވަހުން ފެށިގެން، މާލެ ސަރަޙައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގ...

ޔުމްނާ ޢަލީ
އައިސޮލޭޝަންގައި ހުރި މީހަކު މަރުވެއްޖެކަމަށް ބުނެ ޖޯކު ޖަހައިފި

އައިސޮލޭޝަންގައި ހުރި މީހަކު މަރުވެއްޖެކަމަށް ބުނެ ޖޯކު ޖަހައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަން ފެސިލިޓީއެއްގައި ހުރި މީހަކު މަރުވި ކަމަށް ބުނެ މީސްމިޑިޔާގައި ބަޔަކު ޖޯކު ޖަހައިފިއެވެ. މީސްމީޑީޔާގައި މިހާރު ދައުރުވަމުންދާ ވާހަކައަކީ ދޮގެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައެވެ. ފޭސްބުކްގައި އަހުމަދު މުއާޒް ނަމަކަށް ކިޔާ މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އޭނާގެ އެކުވެރިއެއް ކަމަށްވާ ފާތިފް އީސާ އޮޅުވެލި އައިސޮލޭޝަންގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ވެސް ޓެގުކޮށްފައިވެއެވެ. އައިސޮލޭޝަން ފެސިލިޓީއ...

އަލީ އާދިލް