މިނިމަން ވޭޖަކީ އެމްޑީޕީގެ ވައުދެއް، ލަސްނުކޮށް ނިންމަން ޖެހޭ: މެމްބަރު ޖީހާން
މިނިމަން ވޭޖަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އިތުރަށް ލަސްނުކޮށް ނިންމަން ޖެހޭކަމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، ވަޒީފާއާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގެ ބިލްގެ ބަހުސްގައި ވާހާކަ ދައްކަމުން މެމްބަރު ޖީހާން ވިދާޅުވީ “މިނިމަން ވޭޖް ކަނޑައެޅުމަކީ އެމްޑީޕީގެ ވައުދެއް. އެކަން އިތުރަށް ލަސްނުކޮށް މ...