ކައުންސިލްތައް ހިންގާނެ ގޮތުގެ އުސޫލުގައިވާ ކައުންސިލްތަކުގެ ރައީސް، ނައިބު ރައީސް ލިސްޓުގައި އޮޅުން؟
ކައުންސިލްތަކުގެ ދައުރު ދަންމާލަން އެކުލަވާލި ޤާނޫނު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގެ ދަށުން، ކައުންސިލްތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރޭ އާންމުކުރި އިރު، މިއުޞޫލުގެ ޖަދުވަލު 1 ގައިވާ އެ އުސޫލަށް އަމަލުކުރަން ފެށިއިރު ތިބި ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ލިސްޓްގައި ބޮޑެތި އޮޅުންތަކެއް ހުރިކަން ފާހަގަ ވެއްޖެއެވެ. މި އުޞޫލުގެ ތިންވަނަ ބާބުގެ (ހ) ގައި ބުނެފައިވަނީ ކައުންސިލްގެ ރައީސާއި ނައިބު […]