ކޭތަ ހިފުމަކީ ޤިޔާމަތް ދުވަހުގެ މަތިން ހަނދުމަކޮށް، ސަމާލުވުމަށް ގޮވައިލައްވާ ގޮވައިލެއްވުމެއް: ޚުޠުބާ
ކޭތަ ހިފުމަކީ ޤިޔާމަތްދުވަހުގެ މަތިން ހަނދުމަކޮށް، ސަމާލުވުމަށް ގޮވައިލައްވާ ގޮވައިލެއްވުމެއް ކަމަށް މިއަދުގެ އިރުކޭތަ ނަމާދުގެ ޚުޠުބާއިން އެންމެހާ އަޚުންނާއި، އުޚުތުންނަށް ހަނދުމަކޮށް ދީފިއެވެ. މިއަދުގެ ކޭތަ ނަމާދުގެ ޚުޠުބާގައި މިމޭރުމުން ބުނެފައި ވަނީ ޤިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި، ހަނދު ކޭތަ ހިފުމަކާއި، ތަރިތައް ވެރި ބުރައިގެންދާ ދިޔުމަކުން ކަމަށެވެ. އެހެންކަމުން ކޭތަ ހިފުން ފަދަ ކަންތައްތަކަކީ ޤިޔާމަތްދުވަހުގެ މަތިން ހަނދުމަކޮށް ދެއްވުމަށް މާތް ﷲ މިންވަރު ކުރައްވާފައިވާ ކަންތައ...