މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,388 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1927 ވަނަ ޞަފްޙާ

ހަނިމާދޫ މަގުތައް އެއްވަރު ކުރުމުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހަނިމާދޫ މަގުތައް އެއްވަރު ކުރުމުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަދަމުންދާ މަގުތައް އެއްވަރު ކުރުމުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ. އެކުންފުނިން ބުނީ ހަނިމާދޫ މަގުތައް އެއްވަރު ކުރުމުގެ 52 އިންސައްތަ މަސައްކަތް ނިމުމުގެ އިތުރުން، މަގުތަކުގައި ޕޭމަންޓް ގައު އެތުރުމުގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެއިތުރުން ފެންހިންދުމަށް ބޭނުންވާ ޓޭންކުތަކާއި، ކޭބަލް ޖަންކްޝަން ހޮޅިތައް އެޅުމުގެ...

ޝިއުނާ އާދަމް
ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކުރަން ކޮމެޓީއިން ފާސްކޮށްފި

ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކުރަން ކޮމެޓީއިން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަމުން އެ ކޮމިޝަންގެ 4 މެމްބަރެއް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ. މިއަދުއޮތް ރައްޔިތުންގެ މަޖިލިސްގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަކި ކުރަން ނިންމި ސީއެސްސީގެ ހަތަރު މެމްބަރުންނަކީ އެ ކޮމިޝަންގެ ރައީސް އަލީ ޝަމީމް އާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު އެވެ. ސީއެސްސީގައި ފަސް މެމްބަރުން ތިއްބަވާއިރު، ކޮމެޓީގެ ނިންމުމުން ސަލާމަތްވެ […]

ޝިއުނާ އާދަމް
ލާދީނީ ރިޕޯޓްތައް ކުއްވެރިކޮށް އުތީމު ކައުންސިލުން ވަރުގަދަ ބަޔާނެއް ނެރެފި

ލާދީނީ ރިޕޯޓްތައް ކުއްވެރިކޮށް އުތީމު ކައުންސިލުން ވަރުގަދަ ބަޔާނެއް ނެރެފި

އުތެމަ ޖަމްޢިއްޔާއިން ލިޔެ ޝާއިޢުކޮށްފައިވާ ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއެޅުމަށް ގޮވައިލާ ހއ.އުތީމު ކައުންސިލުން ބަޔާނެއް ނެރެފިއެވެ. އިސްލާމްދީނާ ޢަދާވާތްތެރިވުމުގެ މައްޗަށް، އެމް.ޑީ.އޭއިން ނެރިފައިވާ ރިޕޯޓަށް “އުތެމަ” އިން ތާއީދުކޮށް އެއް ދަޢުވާއެއް ކޮށްފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ހއ.އުތީމު ކައުންސިލް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވާރކް (އެމް.ޑީ.އެން.) އިން “ޕްރެލިމިނަރީ އެސެސްމ...

އިބްރާހިމް އަސްވާޤް
ށ. އަތޮޅުން 5 މީހަކު ހައްޔަރު ކޮށްފި

ށ. އަތޮޅުން 5 މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. އަތޮޅުގައި ފުލުހުން ހިންގި ތިން އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ. މިގޮތުން ފުލުހުން ހިންގި އޮޕަރޭޝަންސްގެ ތެރެއިން، ށ. ބިލެތްފަހިން ހައްޔަރު ކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ އެރަށުގައި މީހަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން،...

ޔުމްނާ ޢަލީ
ސަފާރީ ރޭޕް: ކުއްލި މައްސަލައެއް ހުށަހަޅައި، ބަލައިގަނެ ބަހުސް ފަށައިފި

ސަފާރީ ރޭޕް: ކުއްލި މައްސަލައެއް ހުށަހަޅައި، ބަލައިގަނެ ބަހުސް ފަށައިފި

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ، ބަހުސް ފަށައިފިއެވެ. އެ ކުއްލި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެވެ. މި މައްސަލަ ބަލައިގެންފައިވަނީ ވޯޓްގައި ބައިވެރިވި 36 މެމްބަރުންގެ ވޯޓުންނެވެ. މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ހުށަހެޅުއްވި އެ ކުއްލި މައްސަލާގައި ބުނެފައިވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެ...

ޝިއުނާ އާދަމް
ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 58 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 58 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 58 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ ޕްބްލިކް ލިމިޓެޑް (އެމްޓީސީސީ)ން ބުނެފިއެވެ. އެމްޓީސީސީ އިން ބުނީ މި މަސައްކަތުގެ 58 އިންސައްތަ މިހާރު ނިމިފައި ވާކަމަށާއި 180 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބިން އެއްވަރުކުރުމުގެ މަސައްކަތާއި ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، މި […]

ޔުމްނާ ޢަލީ
ކޯވިޑް-19: ރިސޯޓުތައް ހިމެނޭހެން ސަރުކާރަށް ދައްކަންޖެހޭ ކުލި ފަސްކޮށްދީފި

ކޯވިޑް-19: ރިސޯޓުތައް ހިމެނޭހެން ސަރުކާރަށް ދައްކަންޖެހޭ ކުލި ފަސްކޮށްދީފި

ކޯވިޑް-19 އާއި ގުޅިގެން، ރިސޯޓުތައް ހިމެނޭހެން ސަރުކާރަށް ދައްކަންޖެހޭ ކުލި ފަސްކޮށްދިނުމަށް ނިންމައި، އެކަން ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފިއެވެ. އެކަމާއި ގުޅިގެން އެ މިނިސްޓްރީއިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމާއި އެކު އިގުތިސާދަށް ދިމާވެފައިވާ ތަދުމަޑުކަމާއި، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމަށް ދަތިވެ، ވިޔަފާރިއާއި ރައްޔިތުންނަށް މާލީ ހީނަރުކަމާއި ކުރިމަތިލާންޖެހިފައި ވާކަމަށެވެ. އެހެންކަމުން...

ޝިއުނާ އާދަމް
ކޯވިޑް-19: މާލޭ ޖަލުން ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް!

ކޯވިޑް-19: މާލޭ ޖަލުން ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް!

މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، އެ ޖަލުގައި ކޯވިޑް ފެތުރިފައި ވޭތޯ ބެލުމަށް ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ. ކަރެކްޝަން ސާވިސްއިން ވަނީ މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައި ވާތީ، އެޗްޕީއޭއާއި އެސަރވިސް ގުޅިގެން، ކޯވިޑަށް ޓެސްޓު ކުރުމަށް 101 ސާމަޕަލް މާލޭ ޖަލުން ނަގާފައި ވާކަމަށް ޖޫން މަހުގެ 21 ވަނަ ދުވަހު ބުނެފައެވެ. އެގޮތުން ސާމްޕަލް […]

ޖަލްވާން ޖާދުﷲ
މި ވެރިކަމުގައި އިންސާފު ނުލިބޭތީ، އެމްޑީޕީގެ ނަމުގައި މުރައިދޫ ކައުންސިލަށް ވާދަނުކުރަން ނިންމައިފި

މި ވެރިކަމުގައި އިންސާފު ނުލިބޭތީ، އެމްޑީޕީގެ ނަމުގައި މުރައިދޫ ކައުންސިލަށް ވާދަނުކުރަން ނިންމައިފި

މި ވެރިކަމުގައި އިންސާފު ނުލިބޭތީ އެމްޑީޕީގެ ނަމުގައި ހއ. މުރައިދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކުރެވިފައިވާ ގޮނޑިއަށް ވާދަނުކުރަން މިޢުނާ ޙަސަން (ހިޔަލީގެ / ހއ. މުރައިދޫ) ނިންމައިފި އެވެ. މިއުނާގެ ފޭސްބުކްގައި މީގެ 2 ގަޑިއިރެއްހާއިރު ކުރިން ކުރި ޕޯސްޓެއްގައު ބުނެފައިވަނީ ސަރުކާރު ގެނައީ ގިނަ އުއްމީދުތަކަކާއެކު ނަމަވެސް ހީކުރި ގޮތަށް ކަންކަން ނުދާތީ އެމްޑީޕީގެ ޓިކެޓުގައި ވާދަ ނުކުރަން ނިންމާފައިވާކަމަށެވެ. މީގެ އިތުރުން މިއުނާ ބުނެފައިވަނީ ސަރުކާރު ގެނައީ ހަމައެކަނި ކޮންކްރީޓް ތަރައްގީ ގެނަ...

ޔުމްނާ ޢަލީ
ރޭޕާއި ދެކޮޅަށް އަޑު އުފުލަން މާދަމާ ނިކުންނަނީ

ރޭޕާއި ދެކޮޅަށް އަޑު އުފުލަން މާދަމާ ނިކުންނަނީ

ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައެއް ފެންމަތި ވެފައިވާ މިދަނޑިވަޅުގައި، ރޭޕާއި ދެކޮޅަށް އަޑު އުފުލަން މާދަމާ ނުކުންނަން ” ވޮއިސް އޮފް ޗިލްޑްރެންސް ” އިން ނިންމައިފިއެވެ. ރާއްޖޭގައި ކުރާ ޖިންސީ ގޯނާއާއި، ރޭޕް ކުރުމާއި ދެކޮޅަށް މަސައްކަތްކޮށް އަޑުއުފުލަމުން އަންނަ ” ވޮއިސް އޮފް ޗިލްޑްރެންސް ” އިން ރޭޕާއި ދެކޮޅަށް އަޑު އުފުލަން ބާއްވާ އެއްވުން ބާއްވަން ނިންމާފައި ވަނީ ޖެންޑަރ މިނިސްޓްރީ ކައިރީކަމަށް އެ ޖަމްޢިއްޔާއިން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވެއެވެ. […]

ޝިއުނާ އާދަމް
ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓަށް ފޮނުވައިފި

ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓަށް ފޮނުވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އަށް އުފުލައި، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. ޕީޖީ އޮފީހުން މިއަދު ނެރެނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް...

ޔުމްނާ ޢަލީ
2 ފިރިހެނުން ހައްޔަރުކުރީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީ: ފުލުހުން

2 ފިރިހެނުން ހައްޔަރުކުރީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީ: ފުލުހުން

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމަށް ހުށަހެޅުނު މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، އެތަނުގައި ތިބި 2 ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އެއީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީކަމަށް ފުލުހުން ބުނެފިއެވެ. ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމަށް ފުލުހުންނަށް މައްސަލައެއް ހުށައެޅުމާއި ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ  2020 ޖޫން 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައ...

އިބްރާހިމް އަސްވާޤް
ލަންކާގެ ލޮކްޑައުންގެ ހާލަތު ނިމުމަކަށް ގެނެސްފި

ލަންކާގެ ލޮކްޑައުންގެ ހާލަތު ނިމުމަކަށް ގެނެސްފި

ކޯވިޑް-19 އާއި ގުޅިގެން އަވަށްޓެރި ސްރީލަންކާގައި ދަމަހަށްޓާފައިވާ ލޮކްޑައުންގެ ހާލަތަށް މިއަދުން ފެށިގެން ނިމުން ގެނެސްފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ. އެ ޤައުމުގެ ލޮކްޑައުންގެ ހާލަތު މިއަދުން ފެށިގެން ނިމުމަކަށް ގެނައުމަށް ލަންކާ ރައީސް ގޮތާބޭ ރާޖަޕަކްސަ ނިންމާފައިވާ ކަމަށް ހާމަކުރީ ރައީސް އޮފީހުގެ މީޑިއާ ޑިވިޒަނުން މިއަދު ނެރުނު ކުރު ބަޔާނެއް މެދުވެރި ކުރަށްވައެވެ. ކޯވިޑް-19 ލަންކާގައި ފެތުރެން ފެށުމުން އެ ޤައުމު ލޮކްޑައުންކުރީ މިދިއަ މާޗް މަހުގެ 20 ވަނަ ދުވަހު އެވެ. އެ […]

ހުސައިން ހަބީބް
ތުރާކުނު "ފެނަކަ" އޮފީސް ވަރަށް ރީތި

ތުރާކުނު "ފެނަކަ" އޮފީސް ވަރަށް ރީތި

ފުޓޯއިން ފެންނަން ތިހުރީ ސަލްޓަންޕާރކެއް ނޫނެއެވެ. ރިސޯޓެއްގެ ބަގީޗާއެއް ނޫނެއެވެ. މިއީ މުރާލި ބައެއްގެ އަމިއްލަ ވިސްނުމެކެވެ. މަސައްކަތްތެރިންގެ ހުނަރެކެވެ. މިއީ ހއ، ތުރާކުނުގެ ފެނަކަ ކޯޕަރޭސަންގެ ގޯތިތެރޭގައި ހައްދާފައިވާ ހިތްގައިމު ފެހިކަން ގަދަ ގުދުރަތީ ނަލަކަން ފެންނަން ހުރި ނަން ބޯޑެކެވެ. ލިޔެފައިއެވަނީ ރޭގަނޑުގެ ނާމާންކަމުން މުޅިއެރަށަށް އަލިކޮށްދެމުންއަންނަ “ފެނަކަ” ގައި ނަންބޯޑެވެ. ތުރާކުނުގެ ފެނަކަ ބުރާންޗުން ފެންނަނީ އާދަޔާއި ހިލާފަށް ގަސް ހެއްދުމުގެ ހުނަރާއި ސައުވެރިކަމެކެވެ. މި ގޮތު...

ޔުމްނާ ޢަލީ
މުޅި މީސްމީޑީޔާގައި: "އަހަރެންގެ ޙައްޤު ވަނީ އިސްލާމްދީނުން ކަށަވަރުކޮށްދީފައި" BanUthema# 

މުޅި މީސްމީޑީޔާގައި: "އަހަރެންގެ ޙައްޤު ވަނީ އިސްލާމްދީނުން ކަށަވަރުކޮށްދީފައި" BanUthema# 

މުޅި މީސްމީޑީޔާގައި “އަރަހެންގެ ޙައްޤު ވަނީ އިސްލާމްދީނުން ކަށަވަރުކޮށްދީފައި” BanUthema# މިއަޑުން ގުގުމާލައިފިއެވެ. އުތެމަ ޖަމްޢިއްޔާއިން އދ ގެ ސީޑޯއަށް ހުށަހަޅާފައިވާ ރިޕޯޓުގައި އިސްލާމްދީނާ ފުށުއަރާ ވަރަށް ގިނަ މާއްދާތަކެއް ހުރުމާއި ، އުތެމަ އާއި އެމްޑީއެން ގުޅިގެން މިދިޔަ އަހަރު ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ރާއްޖޭގައި އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާ ތަންތަން އެޅުން ހުއްދަ ކުރުމާއި ، އެއް ޖިންސުން ގުޅުން ހިންގުމަކީ ޤާނޫނީ ކުށެއް ކަމަށް އޮތް އޮތުން އުވާލަން ޖެހޭ ކަމަށް […]

ހުސައިން ހަބީބް
ޕެންޝަން އޮފީހުގެ 2 ހިދުމަތްތައް އިސާއިން ބަލައިގެންފި

ޕެންޝަން އޮފީހުގެ 2 ހިދުމަތްތައް އިސާއިން ބަލައިގެންފި

ދެ ދާއިރާއަކުން އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން މިންގަޑުތައް ޕެންޝަން އޮފީހުން ޙާސިލުކޮށްފިއެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ޕެންޝަން ކޮންޓްރިބިއުޝަން ބަލައިގަތުމާއި ކޮމްޕްލަޔަންސް މަސައްކަތްތައް ކުރަމުންދަނީ އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (issa)ގެ މިންގަޑުތަކަށް ކަމުގައި އެޖަމްއިއްޔާއިން ކަނޑައަޅައިފިއެވެ. އިސާއަކީ އެކި ޤައުމުތަކުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްސަސާތަކާއި ސަރުކާރު އޮފީސްތަ...

ޔުމްނާ ޢަލީ
ފުލުހުންގެ ބިލު ދިރާސާކުރައްވާ 241 ކޮމެޓީއަށް އޭޖީ އޮފީހުން ފަންނީ އެހީތެރިކަން

ފުލުހުންގެ ބިލު ދިރާސާކުރައްވާ 241 ކޮމެޓީއަށް އޭޖީ އޮފީހުން ފަންނީ އެހީތެރިކަން

ފުލުހުންގެ ބިލު ދިރާސާކުރައްވާ 241 ކޮމެޓީއަށް އޭޖީ އޮފީހުން ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވަން ފައްޓަވައިފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ދިރާސާކުރައްވަމުންގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (ޤާނޫނުއަސާސީގެ 241 މާއްދާގައި ބަޔާންކުރާ ކޮމެޓީ)އިން އެ ބިލާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި މިއަދު ބޭއްވެވި ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބައިވެރިވެ، އެ ކޮމިޓީއަށް ބިލާގުޅޭ މަޢ...

އިބްރާހިމް އަސްވާޤް
ޖިންސީ އަނިޔާކުރާ މީހުން މުޖުތަމަޢަށް ދޫވާތީ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ޖިންސީ އަނިޔާކުރާ މީހުން މުޖުތަމަޢަށް ދޫވާތީ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ޖިންސީ ކުށުގެ ޤާނޫނު މިހާރު އޮތްގޮތުން ޖިންސީ ޝިކާރައަށްވާ މީހުން، އެކަން ރިޕޯޓުކުރަން ޖެހިލުންވެ، ޖިންސީ އަނިޔާކުރާ މީހުން މުޖުތަމަޢަށް ދޫވާނެ ފުރުސަތު ބޮޑުވާތީ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވަނީ ޖިންސީ ކުށުގެ ޤާނޫނުގެ 53ވަނަ މާއްދާއަށް 3 އަކުރެއް އިތުރުކުރުމަށް މަޖިލީހަށް ހުށައަޅުއްވާފައެވެ. މިއިސްލާޙުތަކުގެ އެންމެބޮޑު ބޭނުމަކީ މިހާރު ޤާނޫނު އޮތްގޮތުން ކުށުގެ ޝިކާރައަށްވި މީހާއާއި އޭނާގެ ނަފުސުގެ އަބުރުވެރިކ...

ޔުމްނާ ޢަލީ