ފްރާންސް އަށް ނިސްބަތްވާ ޒުވާން މިޑްފީލްޑަރު ޕޯލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑް އާއި އެކު އިތުރު 5 އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއެ ކުރަން ގާތް ވެއްޖެ ކަމަށް އިގިރޭސި މީޑިއާގައި ދަނީ އަޑު ފެތުރެމުންނެވެ. ޚަބަރު ލިބޭގޮތުގައި މި ސީޒަން ނިންމާފައި އޭނާ ކޮންޓްރެކްޓް އާ ކުރާނެ ކަމުގައި ބެލެވެއެވެ. 2016 ވަނަ އަހަރު އޭރުގެ ދުނިޔޭގެ ރިކޯޑު އަދަދެއް ކަމުގައި ވާ 150 މިލިއަން ޕައުންޑުގެ އަގަކަށް ޕޮގްބާ ޔުނައިޓެޑް އާއި ގުޅުނީ އުންމީދީ ކުޅުންތެރިއެއްގެ […]
ޒިޔާން އަމްޖަދު
ކޯވިޑް-19 އަށް 68 މީހުން މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ. އެޗްޕީއޭއިން ކުރި ޓްވީޓުގައި ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 68 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި 68 މީހުންގެ ތެރޭގައި ހިމެނެނީ 47 ދިވެހިންނާއި 9 ބަންގްލަދޭޝް މީހުންނާއި، 4 އިންޑިއާ މީހުންނާއި، 4 ސްރީލަންކާ މީހުންނާއި، 3 ފިލިޕީންސް މީހުންނާއި އަދި ނޭޕާލް މީހެއް ކަމަށް […]
ޝިއުނާ އާދަމް
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ މިއަދު އިންތިހާބުކޮށްފި އެވެ. އެލްޖީއޭއިން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވުނު އެ އޮތޯރިޓީގެ ބޯޑުގެ ނާއިބު ރައީސްކަމަށް މުޙައްމަދު މާހިރު ޢީސާ މިއަދު އިންތިޚާބު ކޮށްފައި ވާކަމަށެވެ. މާހިރު އެ މަޤާމަށް އިންތިޚާބު ކުރީ އެލްޖީއޭގެ 10 ވަނަ ބޯޑު […]
ޔުމްނާ ޢަލީ
ކޯވިޑް-19 އާއި ގުޅިގެން ދިމާވާ ކަންކަމުގައި ޚަރަދުކުރުމަށް ” ކޯވިޑް-19 ރިލީފް ފަންޑު ” ގެނަމުގައި ހއ. އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފިއެވެ. ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ހުޅުވި މިފަންޑުގެ ބޭނުމަކީ ކޯވިޑް-19 އާއި ގުޅިގެން ރަށު ކައުންސިލްތަކުން ކުރަންޖެހޭ މުހިންމު ޚަރަދުތައް ކުރެވޭނެގޮތް ހަމަޖައްސައި ދިނުން ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އެކައުން ސިލުން ވަނީ މިފަންޑަށް ތިންލައްކަ ރުފިޔާ ކަނޑައަޅާފައި އެވެ. ފަންޑުން ފައިސާ ދޫކުރުމަށް އަތޮޅު ކައުންސިލްގެ 153 ވަނަ […]
ޝިއުނާ އާދަމް
ކޯވިޑް-19 ޖެހިގެން 42 އަހަރުގެ ދިވެއްސެއް ނިޔާވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއި އެކު ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ. މިކަން ހާމަކުރަށްވައި އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ ކޯވިޑް-19ގައި މިއަދު 12:25 ހާއިރު އުމުރުން 42 އަހަރުގެ ދިވެހި ފިިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެޗްޕީއޭއިން ބުނީ، މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި ފަރުވާ ދެމުން ދިޔަ […]
ޝިއުނާ އާދަމް
ހއ. ބާރަށު ގެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ބާރަށު ކައުންސިލްގެ ރައީސް އަލީ ސަމީމް ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވާފައި ވާގޮތުގައި އެރަށުގައި ހިނގި މިއަލިފާނުގެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެރަށު އޭސިއާ ގޭ ނަމަކަށް ކިޔާގެއެއްގައެވެ. އަލިފާން ރޯވެފައި ވަނީ މިއަދުގެ 11:50 ހާއިރުގައި ކަމަށާއި، އަދި 12:15 ހާއިރު އަލިފާން ނިވާލާފައި ވާކަމަށާއި އަލިފާން ނިއްވާލާފައި ވަނީ ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި […]
ޖަލްވާން ޖާދުﷲ
ދެެއިރު ދެ ދަޅަޔަށް ޗައިނާޢަށް ބަވާ އެއްޗެހި ކިޔުމަށްފަހު، މިހާރު ފަށާ މަޝްވަރާތަކަކުން އެކަށީގެންވާ ނަތީޖާއެއް ހޯދި ދާނެތޯ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ސުވާލު އުފައްދަވައިފިއެވެ. ޢަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެެއިރު ދެ ދަޅަޔަށް ޗައިނާޢަށް ބަވާ އެއްޗެހި ކިޔުމަށްފަހު، މިހާރު ފަށާ މަޝްވަރާތަކަކުން އެކަށީގެންވާ ނަތީޖާއެއް ހޯދިދާނެތޯ އެވެ. ޢަލީ މިހެން ވިދާޅުވީ “ޗައިނާ ޓޫރިސްޓުން ގެނައުމުގެ މަޝްވަރާތައް މާދަމާ ފަށަނީ” މި ސުރުޚީގެ ދަށުން ނޫހަކުން އިއްޔެ ގެނެސް […]
އަލީ އާދިލް
އަވަށްޓެރި އިންޑިއާއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކާއި ކައިރިކޮށް، ބަލީގެ ބިރު އިތުރަށް ބޮޑުވެ އަލުން ބައެއް ސްޓޭޓްތަކާއި، ސިޓީތައް ލޮކްޑައުންކޮށް، ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފިއެވެ. އިންޑިއާއިން މިހާތަނަށް 970,169 މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ދުނިޔޭގެ އެންމެ ގިނައިން ބަލި ޖެހުނު ޤައުމުތަކުގެ ލިސްޓްގެ 3 ވަނާގައި އެ ޤައުމު އޮތްއިރު މިމަހު 14 ވަނަ ދުވަހު ވަނީ އެ ޤައުމުގެ 29,842 މީހުން އަލަށް ބައްޔަށް ޕޮޒިޓިވްވެފައެވެ. ޖުލައި 13 […]
ހުސައިން ހަބީބް
ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ޙައްލު ކުރުމުގައި ޒަމާންތަކެއް ވަންދެން މުޅި ދައުލަތް އޮތީ ނުކުޅެދިފައި ކަމަށާއި، މިފަދަ މައްސަލަތައް ޙައްލު ނުކޮށް، ޤައުމެއްގެ ގޮތުގައި އަދި މުޖުތަމަޢެއްގެ ގޮތުގައި ކުރިއަށް ދެވެން ނެތް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ކުރިއަށް ގެންދާ “ގެވެށި ގުޅުން” ކެމްޕެއިން އިފްތިތާޙު ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިއްޔެ ދެއްވި ޚާއްޞަ މެސެޖުގައި ރަ...
ޝިއުނާ އާދަމް
މިމަސްތެރޭގައި 34 ރަށެއްގެ ފެނާއި ނަރުދަމާގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ނިމޭނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ިއިއްޔެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ހދ. ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބެއް ސާފުކުރެއްވުމަށް މިނިސްޓަރ އަސްލަމްއާއު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ ހދ. ކުމުންދޫ ފެނާއި ނަރުދަމާގެ މަސައްކަތަށް ޑިޒައިން މަސައްކަތް ޓެންޑަރކޮށް، ކޮންސެޕްޗުއަލް ޑ...
އަލީ އާދިލް
މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ކޯވިޑަށް ޕޮޒިޓިވް ވުމުން އެމީހުންނާއި ސީދާ ބައްދަލުވި ކަމަށް ދެނެގަނެވުނު ހައިރިސްކު 23 މީހެއްގެ ސާމްޕަލްތަކުގެ ނަތީޖާތައް ނެގެޓިވް ވެފައިވާކަމަށް ދުވާފަރު ސިއްހީ މަރުކަޒުން ބުނެފިއެވެ. މިދިޔަ ޖުލައި 11 ވަނަ ދުވަހު ދުވާފަރުން ކޯވިޑް-19 އަށް 3 މީހަކު ފައްސިވުމާއި ގުޅިގެން 12 ޖުލައި 2020 ވަނަ ދުވަހު ދުވާފަރު ސިއްޙީ މަރުކަޒުންވަނީ ކޮންޓެކްޓް ޓްރޭސިންގް ނިންމައި އެކަމާއި ގުޅުން ހުރި […]
ޝިއުނާ އާދަމް
ތާހިރުކޮށް އިންސާފުވެރިކަމާއި، އަދުލުވެރިކަމާއި އެކު ވެރިކަމެއް ކޮށްދިނުމަކީ އިދިކޮޅުގައި ތިއްބެވީ ބޭފުޅުން ދަންނަ ނިޒާމެއް ނޫން ކަމަށާއި، ނިމިދިޔަ ސަރުކާރުގައި ހުޅުމާލޭގައި ހުރި ވެލިފުންޏަކުން 17 މިލިއަން ރުފިޔާ “ކާލާފައި” ވާކަމަށް މަޖިލިސްގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ. ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް އުފުލި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާޠިލު ކުރިމައްސަލައާއި ގުޅިގެން 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ހެންވޭރު ހުޅަނ...
އަލީ އާދިލް
ޕޯޗްގީޒުން އަޅުވެތިކުރި ޤައުމުތައް އިންޓަރނެޓުން ސާޗް ކުރުމުން އެ ލިސްޓްގައި ދިވެހިރާއްޖޭގެ ނަމެއް ނޯވެއެވެ. ދިވެހިރާއްޖެއާ ޕޯޗްގީޒާ ދެމެދު 09 ފެބުރުވަރީ 1995 ގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުއިރު ދިވެހިރާއްޖެއަކީ އެއްވެސް އިރެއްގައި ޕޯޗްގީޒުން އަޅުވެތި ކުރި ޤައުމެއްގެ ގޮތުގައި އެ ޤައުމުން ޤަބޫލުކޮށްފައެއް ނެތެވެ. ދެން އޮތީ މައުލޫގައި އަޅުގަނޑު ކުރި ސުވާލެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރި ހެއްޔެވެ؟ މި ސުވާލާއެކު އަނެއްކާ ވެސް އުފެދެނީ އެހެން ސުވާލުތަކެކެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ 15 އަހަ...
ޢަބްދުﷲ ސަޢީދު
“ތިގޭ ކުދިން އިނގިލި ބުއިން ހުއްޓުވާލީ ކިހިނެއްތަ؟” މިއީ ސިއްޙީ އެކި އެކި ކަންކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ސަމާލުވުމަށް އެދި ޓުވީޓު ކުރައްވަމުން އަންނަ ޑރ. އަޙްމަދު ފައިސަލް ކުރައްވާފައިވާ ސުވާލެކެވެ. މިސުވާލާއިއެކު ޑރ ފައިސަލް ބުނެފައިވަނީ އިނގިލި ބުއިމަކީ 3 އަހަރުންދަށުގެ ކުޑަކުދިންގެ ޢާއްމުކަމެއްކަމަށާއި ހުއްޓުވަން ކަނޑައެޅިގެން ވަކިކަމެއް މޮޅޭ ބުނެވޭކަށްނެތް ކަމަށެވެ. އިނގިލިބޯ ވާހަކަ ކުޑަކުދިންގެ ގާތު ދެއްކުމަށްވުރެ ނުބޮއި ކުރެވޭނެ ކަންތައްތައް ކިޔާދީ، ނުބޯނަމަ ހިތްވަރުދި...
ޝިއުނާ އާދަމް
މިއަދަކީ ދިވެހި ތާރީހުގައި ކުލަގަދަކޮށް ފާހަގަ ކުރެވިގެންދާނެ ދުވަހެއްކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ މުދަލުން 50 ޕަސެންޓް ޑިއުޓީ މާފުކުރަން ބޭނުންވާނަމަ އެ މުދަލެއް އެ ޕޯޓް ހުންނަ ރަށުގައި ގުދަން ކުރަން ގާނޫނުން ލާޒިމް ކުރަން މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވައެވެ. މީގެ އިތުރުން ޔާސިރު ބުނެފައިވަނީ މިކަމުގެ ސަބަބުން ދިވެހ...
އިބްރާހިމް އަސްވާޤް
އިންޑިއާގެ ބައިވެރިވުމާއި ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަށަން ނިންމާފައި ވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ. ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނާ ރޯހިތު ރަތިޝް މީޑިއާއަށް ވިދާޅުވީ މި އަހަރު ނިމެންވާއިރަށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރަށްވާ ކަމަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމުން މި މަޝްރޫޢުގެ ކޮންސަލްޓެންޓުން ރާއްޖެ އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ....
ޔުމްނާ ޢަލީ
ކޯވިޑް-19 އަށް 30 މީހުން މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ. އެޗްޕީއޭއިން ކުރި ޓްވީޓުގައި ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 30 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި 30 މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި ބަންގްލަދޭޝް މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އިއްޔެވެސް ރާއްޖެއިން ވަނީ 39 މީހުން މިބައްޔަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ […]
ޝިއުނާ އާދަމް
ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ “އުތެމަ” ޖަމްޢިއްޔާއިން އިސްލާމް ދީނާ ޚިލާފު ރިޕޯޓެއް ނެރެފައި ވާކަމަށާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން ގޮވާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ “އުތެމަ” އިން 22 ޖޫން 2020 އިން 10 ޖުލައި 2020 އަށް ޖެނީވާގައި އޮންނަ ސީޑޯ ކޮމެޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހެޅި ރިޕޯޓުގައި އެމްޑީއެންގެ ރިޕޯޓު ބަލައިގަ...
އިބްރާހިމް ޚަލީލް