މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,392 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1910 ވަނަ ޞަފްޙާ

ރެސިޑެންޓް ވިސާގެ "އަޑީގައި ފޮރުވިފައި ހުރި ކަންކަން" ސާފުކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ރެސިޑެންޓް ވިސާގެ "އަޑީގައި ފޮރުވިފައި ހުރި ކަންކަން" ސާފުކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އިމިގްރޭޝަން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ “އަޑީގައި ފޮރުވިފައި ހުރި ކަންކަން” ސާފުކުރުމަށް އަދި އެކަން ސަމާލުކަމަށް ގެނައުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ  (މޮސްޓާ) ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. މޮސްޓާރ ބުނެފައިވަނީ މިއީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ އަޑީގައި ފޮރުވިފައި ހުރި ކަންތައްތައް މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ހުށ...

އިބްރާހިމް އަސްވާޤް
ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފި

ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފި

ހދ. ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފިއެވެ. ވައިކަރަދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރު ބުނެފައިވަނީ މިއީ ދެމީހުން ނާއިއެކު ދަތުރު ކުރި ލޯންޗެއްކަމަށެވެ. ވާފިރު ބުނެފައިވަނީ މިއީ ޓުވިންސް 1 ނަމަކަށް ކިޔާ ލޯންޗެއްކަމަށާއި މި ލޯންޗު ވައިކަރަދޫގެ ފަރުތެރެއަށް ރާޅާ ޖަހާލާފައިވާކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ހދ. ނައިވާދޫ ލޯންޗެކެވެ. ފަރަށް އެރުމުގެ ސަބަބުން ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާކަމަށް ވާފިރު ބުނެފައިވެއެވެ. މިހާރު މިލޯންޗުވަނީ ވައި...

އަލީ އާދިލް
ގަދަ ހަތަރެއްގެ ޖާގަ ގެއްލުމުގެ ބިރު ލެސްޓާރއަށް ކުރިމަތިވެއްޖެ

ގަދަ ހަތަރެއްގެ ޖާގަ ގެއްލުމުގެ ބިރު ލެސްޓާރއަށް ކުރިމަތިވެއްޖެ

ރޭ އިނގިރޭސި ޕްރިމިއަ ލީގުގައި ޓޮޓެންހަމް ހޮސްޓްސްޕާސް އާއި ލެސްޓަރ ސިޓީ ބައްދަލުކުރި މެޗުން ލެސްޓާރ ބަލިވުމާއި ގުޅިގެން އެ ޓީމަށް ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ގެއްލުމުގެ ބިރާ ކުރިމަތިވެއްޖެއެވެ. ރޭ ޓޮޓެންހަމްގެ ވައިޓް ހާޓްލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ޓޮޓެންހަމްއިން ކާމިޔާބުކުރި ތިން ލަނޑު ވެސް ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގެ ތެރޭގައެވެ. މިގޮތުން ފުރަތަމަ ލަނޑު މެޗުގެ […]

އިބްރާހިމް ޚަލީލް
ވައިކަރަދޫގައި ޝަމީމް ދޮންބެގެ އުފެއްދުމެއް ނެތް ގެއެއް ނެތް!

ވައިކަރަދޫގައި ޝަމީމް ދޮންބެގެ އުފެއްދުމެއް ނެތް ގެއެއް ނެތް!

އަޅުގަނޑުމެންގެ ކާބަފައިންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންކަން ފުއްދައިގެން އުޅުނު މަސައްކަތްތެރި ބައެކެވެ. އުފެއްދުންތެރި ބައެކެވެ. ހީވާގި ކަމާއެކު ކަންކަމާމެދު ޖެހިލުންނުވެ، ކެރިގެން ކުރިމަތިލާ ކާމިޔާބު ހޯދާފައިވާ ބައެކެވެ. ދިމާވާ އެކި ކަންކަމުގައި ކަންކަން ކުރެވޭނެ އެންމެ ފަސޭހަ އަވަސް މަގެއް ފަހިކުރުމަށް އާއީޖާދުތައް ހޯދާ އުޅުނު ބަޔެކެވެ. ހދ. ވައިކަރަދޫ، މެދަ، މުޙައްމަދު ޝަމީމަކީ ވެލްޑިންގެ މަސައްކަތަށް ކުޅަދާނަ މީހެކެވެ. ދަގަނޑުން ތަކެތި އަމިއްލައަށް ފަރުމާކޮށް ހަދާ އުފެއްދުންތެ...

އިބްރާހިމް ޚަލީލް
ފިޝަރީޒްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ފަޒީލް ސަސްޕެންޓް ކޮށްފި

ފިޝަރީޒްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ފަޒީލް ސަސްޕެންޓް ކޮށްފި

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސްގެ މަޤާމުގައި ހުރި އަޙުމަދު ފަޒީލް (އޮއްޕޮ) އެ މަގާމުން ސަސްޕެންޓްކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޖިންސީ ގޯނާގެ ސީރިއަސް މައްސަލައަކާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުރި އަހުމަދު ފަޒީލު ސްސްޕެންޓު ކުރެވިފައިވާކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. ފަޒީލް، ފިޝަރީޒްގެ ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަގާމަށް ވަޑައިގެންނެވީ މޯލްޑިވްސް ރިފޯމް މޫ...

ޔުމްނާ ޢަލީ
މިއީ ސިޔާސީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް: އަލީ ވަހީދު

މިއީ ސިޔާސީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައަކީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއްކަމަށާއި ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރައްވާފައިވާ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މަގާމުން ވަކިކުރިތާ 10 ދުވަސް ފަހުން އަލީ ވަހީދު މިރޭ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފަ އެވެ. ފުލުހުން ބުނީ އަލީ ވަހީދު ހާޒިރު ކުރީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ފުލުހުން ވަކި ކަމެއް ނުބުނި ނަމަވެސް އެއީ ޓޫރިޒަމް […]

އަލީ އާދިލް
ސްޓެލްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

ސްޓެލްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

‏ސްޓެލްކޯއިން ކުރިޔަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއަދު ފަށައިފިއެވެ. ސްޓެލްކޯ އިން ބުނީ އެ ކުންފުނިން މިއަދު ފެށި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، މުޖުތަމައުއަށް ފައިދާ ހުރި، ހަރުދަނާ ގާބިލް ޒުވާނުންތަކެއް ވާޒީފާގެ މާހައުލަށް ނެރުމަށްޓަކައި ފެށި ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްގައި 9 ޒުވާނަކަށް ތަމްރީނު ހޯދުމުގެ ފުރުޞަތު އެ ކުންފުނިން ވަނީ ފަހި ކޮށްދީފައެވެ. މި ގޮތުން އެ ޒުވާނުން ތަމްރީނު ކުރެވިގެން ދާނީ އިންޖީނިއަރިންގއާއި، ބިޒްނަސްގެ ދާއިރާއިން ކަމަށް ސްޓެލްކޯއިން މިއަދު ވަނީ ބުނެފަ...

ޔުމްނާ ޢަލީ
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުލުހަށް ހާޒިރުކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުލުހަށް ހާޒިރުކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުލުހަށް ހާޒިރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް އޭނާ މިރޭ ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަލީ ވަހީދު މިރޭ ފުލުހަށް ހާޒިރުކުރިއިރު އޭނާއާ ދެކޮޅަށް 15 ފަރާތަކުން މިހާތަނަށް ބަޔާން ދީފައިވާކަން ފުލުހުން މިދިޔަ ހަފްތާގައި ވަނީ ހާމަކޮށްފައެވެ. މިއީ، މި މައްސަލައިގެ ތުހުމަތާ ގުޅިގެން މި މަހުގެ 9 ގައި ރައީސް […]

ޔުމްނާ ޢަލީ
މިއީ އެންމެން ގުޅިގެން ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ތެދުވާންވީ ވަގުތު: ރައީސް

މިއީ އެންމެން ގުޅިގެން ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ތެދުވާންވީ ވަގުތު: ރައީސް

މިއީ އެންމެން ގުޅިގެން އެކުގައި މަސައްކަތްކޮށް، ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ތެދުވާންވީ ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިޙް މި މޭރުމުން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނާއި ޝަހާދާ ސާނަވިއްޔާ އިމްތިހާނުން އެންމެ މަތީ ދަރަޖައިގައި ފާސްވެ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ޙާޞިލުކުރި ހަތް ދަރިވަރުންނަށް ސްކޮލަރޝިޕުގެ ލިޔުން ހަވާކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ރައީސް އ...

ޝިއުނާ އާދަމް
ވިއްސާރައާއި ގުޅިގެން ގޯތި ގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

ވިއްސާރައާއި ގުޅިގެން ގޯތި ގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

އުދައިގެ ސަބަބުންނާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކުރަމެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައްކާތެރިވެ ތިބުމަށް ދޭ އިރުޝާދު ހާމަ ކުރަމުން އެންޑީއެމްއޭ އިން ބުނީ މޫސުން ކުރިއަށް ލަފާ ކުރާ ގޮތުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާ ކަމަށެވެ. އަދި...

ޝިއުނާ އާދަމް
ބާރަށަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި

ބާރަށަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހއ.ބާރަށުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. މާލެއިން ފުރައިގެން ބާރަށަށް ދަތުރުކުރަމުންދާ ބޯޓަކުން ބާރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޖުލައި 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަ...

ޔުމްނާ ޢަލީ

އެސްޓީއޯއިން ފާމަސިސްޓުން ތަމްރީން ކުރަނީ

ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ ގިނަ ފާމަސީތަކަށް ބޭނުންވާ ފާމަސިސްޓުން ތަމްރީން ކުރުމަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ. އެއް އަހަރު ދުވަހަށް ހިންގާ މި ކޯސް ކުރިއަށް ދާނީ މާލޭގަ އެވެ. މި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް އެސްޓީއޯގެ ފަރާތުން ކޯސް ފީގެ އިތުރުން ލިވިން އެލަވަންސް ވެސް ދިނުމަށް ވަނީ ހަމަޖެހިފައިކަމަށް އެކުން ފުނިން ހާމަކުރެ އެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ހިންގާ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 4 ގެ […]

ޔުމްނާ ޢަލީ
އަދީބަށް ކުރި ދައުވާތައް ބާތިލު ކުރި ޤާޟީ 2 މަސްދުވަހަށް ސަސްޕެންޑް

އަދީބަށް ކުރި ދައުވާތައް ބާތިލު ކުރި ޤާޟީ 2 މަސްދުވަހަށް ސަސްޕެންޑް

ކުރީގެ ނައިބުރައީސް އަހްމަދު އަދީބުގެ މައްސަލަތައް ބާޠިލްކުރި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު، 2 މަސްދުވަހަށް ސަސްޕެންޑްކޮށްފިއެވެ. މިކަން ހާމަކުރައްވައި ޖުޑީޝަލް ސަރވިސްކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވެފައިވަނީ ޤާޟީ އިސްމާޢީލް ރަޝީދު ސަސްޕެންޑްކުރީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް އޭނާ ޢަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެކޮމިޝަނުން ތަޙްޤީޤުކުރަމުންދާތީކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ...

އަލީ އާދިލް
ތިލަފުށީ ކައިރިން ދޯންޏެއް ބަންޑުން ޖަހާލައިފި

ތިލަފުށީ ކައިރިން ދޯންޏެއް ބަންޑުން ޖަހާލައިފި

ކ. ތިލަފުށީ ކައިރިން ތިން މީހުންނާއި އެކު ދަތުރު ކުރި ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ. އެމްއެންޑީއެފްއިން މަޢުލޫމާތުދޭ ގޮތުގައި މިއީ މާލެއިން ތިލަފުއްޓަށް ދަތުރު ކުރި “ސެކިއޯ ބޭކް” ނަމަކަށް ކިޔާ ދޯންޏެކެ އެވެ. އެމްއެންޑީއެފް ކޯސްޓުގަޑުން މި ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 5:10 ހާއިރު އެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ދޯނި ބަންޑުން ޖަހާލި އިރު އޭގައި ތިން ފަޅުވެރިން ތިބި ކަމަށެވެ. އެ މީހުން ވަނީ ވިލާ ހަކަތައިގެ ދޯންޏަކަށް ނަގާފައި ކަމަށެވެ. ދޯނި ބަންޑުން ޖަހާލީ […]

ޔުމްނާ ޢަލީ
ލޮކްޑައުންއަކަށް ނުގޮސް، ޖަޕާނުގައި ނެރުނު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފި

ލޮކްޑައުންއަކަށް ނުގޮސް، ޖަޕާނުގައި ނެރުނު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފި

ދުނިޔޭގެ 57 ވަނައަށް އެންމެ ގިނަ މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ ގަޢުމުގެ ގޮތުގައި ރެކޯޑުކުރެވިފައިވާ ޖަޕާން ލޮކްޑައުންއަކަށް ނުގޮސް އެގައުމުގައި ނެރެފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފި އެވެ. ޖަޕާނުގައި މިއަދު ގެ ނިޔަލަށް 24132 މީހުން ވަނީ ކޮރޯނާ އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭން 19366 މީހުން ބަލިން ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދަކީ 985 އެވެ. މީގެ އިތުރުން ސަރަހައްދު ތަކުގެ ނިސްބަތުން ބަލާނަމަ ފައްސިވި މީހުން ގެ އަދަދު އެންމެ […]

ޒިޔާން އަމްޖަދު
ބާރަށު ދެކުނު ޒުވާނުން، އެއްސައިކަލެއްގެ މަތީ ކޮންމެ އަހަރަކު ތަފާތު ފޮޓޯއެއް!

ބާރަށު ދެކުނު ޒުވާނުން، އެއްސައިކަލެއްގެ މަތީ ކޮންމެ އަހަރަކު ތަފާތު ފޮޓޯއެއް!

ތަފާތު ގޮތްގޮތަށް ފޮޓޯއެއްނަގައި، އެ އެހެން މީހުންނަށް ހިއްސާކޮށްލުމަކީ މާބޮޑު އުފަލެއް ގެނުވާކަމަކަށް މިއަދު މިވަނީ ވެފައެވެ. ސޯޝަލް މީޑީއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ތަފާތު ވިސްނުންތަކުގެ މައްޗަށް ނެގިފައިވާ ތަފާތު ހިތްގައިމު ފޮޓޯތައް ކޮންމެ ދުވަހަކު ވެސް ފެންނަމުންދެއެވެ. އިންސަޓަގްރާމްގެ ސްޓޯރީތަކުންނާއި ފޭސްބުކް ޕޯސްޓުތަކުންނާއި ވައިބާރ ގުރޫޕްތަކުގެ އިތުރުން ޓްވިޓަރ އެކައުންޓް ތަކުންނެވެ. މި ހިއްސާކޮށްލާ ފޮޓޯތަކަކީ ވެސް ފޭސްބުކުން ފެނުނު ވަރަށް ތަފާތު ފޮޓޯތަކެކެވެ. ހއ.ބާރަށު ދެކުނ...

އިބްރާހިމް ޚަލީލް
މާވަށު ބަނދަރުގެ 37 އިންސައްތަ، ފެހެންދޫ ބަނދަރުގެ 43 އިންސައްތަ މަސައްކަތް ނިމިއްޖެ

މާވަށު ބަނދަރުގެ 37 އިންސައްތަ، ފެހެންދޫ ބަނދަރުގެ 43 އިންސައްތަ މަސައްކަތް ނިމިއްޖެ

ލ.މާވަށު ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން 37 އިންސައްތަ އަދި ބ.ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 އިންސައްތަ މަސައްކަތް ނިންމާލެވިފަވާ ކަމުގައި އެމްޓީސީސީއިން ހާމަކޮށްފިއެވެ. މިކަން ހާމަކަރައްވައި އެ ކުންފުނިން މިއަދު ކޮށްފައިވާ ޓްވީޓްތަކުގައި ބުނެފައިވަނީ ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން މިހާރު ނެރުމަގު ފުންކުރުމުގެ 76 އިންސައްތަ މަސައްކަތް ނިންމައި ހާބަރ ބޭސިން ހެދުމުގެ 80 އިންސައްތަ މަސައްކަތް މިހާރު...

އިބްރާހިމް ޚަލީލް
މޫސުން ގޯސްވެ، ހއ. އަތޮޅުން، ލ.އަތޮޅަށް ރީނދޫ ސަމާލު

މޫސުން ގޯސްވެ، ހއ. އަތޮޅުން، ލ.އަތޮޅަށް ރީނދޫ ސަމާލު

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ. މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މެދު ރާއްޖެތެރެއިން ލ. އަތޮޅާ ދެމެދުގެ ހުރިހާ ސަރަހައްދަކަށެވެ. މިއަދު މެންދުރު 12:00އިން ހަވީރު 16:00 އަށް ނެރެފައިވާ ރީނދޫ ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ވައިގަދަވާނެ ކަމަށާއީ ވިލާ ގަނޑުގައި އިތުރަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށެވެ. “ކުރިއަށް އޮތް ވަގުތުތަކަށް މޫސުން […]

ޖަލްވާން ޖާދުﷲ