ހިޔާ ފުލެޓްތަކުގެ ކޮމާޝަލް އޭރިއާ ވާޗުއަލްކޮށް ބަލާލެވޭ ގޮތް ހަދަނީ
ހުޅުމާލޭގެ ދެވަނަ ފޭސްގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓްތަކުގެ ކޮމާޝަލް އޭރިއާ ވާޗުއަލްކޮށް ބެލޭނެ ގޮތް ހަމަޖައްސާނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. އެޗްޑީސީން މިދިޔަ ޖުލައިމަހު 9 ވަނަ ދުވަހު ވަނީ، ހިޔާ ފްލެޓްތަކުގައި ހުރި ކޮމާޝަލް ޔުނިޓްތައް ބަލަންދާން ބޭނުންވާ ފަރާތްތަކަށް އޯޕަންޑޭއެއް ބޭއްވުމަށް ނިންމައި، ދާން ބޭނުންވާ މީހުން ރަޖިސްޓްރީވާން ހުޅުވާލާފައެވެ. އެގޮތުން މިދިޔަ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ރެޖިސްޓަރވުމަށް ހުޅުވާލިއެވެ. އެޗްޑިސީން ކޮށްފައި...