"އެގްރޯ ނެޓް" އާ ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު، ވައިކަރަދޫ ކައުންސިލުން ހުޅުވާލައިފި
“އެގްރޯ ނެޓް” އާ ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ. ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެގްރޯ ނޭޝަނަލް ކޯޕޮރޭޝަންއަކީ، މައިގަނޑު މަސައްކަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއަރުވާ އާލާކޮށް، ދަނޑުވެރިން އުފައްދާ އުފެންދުންތައް ހަމައަގުގައި ގަނެ އެތަކެތި މާކެޓަށް ވިއްކުމާއި، އަދި ދިވެހިރާއްޖޭގެ ފުޑް ސަޕްލައި ޗެއިން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށ...