މާލޭގެ ބޭރުމަގު ނުވަތަ ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢާއެކު، މުޅި މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ އަދި ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި މާލޭގެ މަގުތައް ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޢިއްޒުއްދީން ފާލަމުން...
ޔުމްނާ ޢަލީ
ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ކުރިމަތިލުންތައް ވަރުގަދަވެ، ހުކުރު ދުވަހު ދެގައުމުން ވަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ހުރި އުމްރާނީ ވަސީލަތްތަކަށާއި އަސްކަރީ އަމާޒުތަކަށް ދޭ ހަމަލާތައް އިތުރުކޮށްފައެވެ. ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް މުހިންމު މި ކަނޑުއޮޅީގެ މައްޗަށް އީރާނުން ބާރުފޯރުވާ މިންވަރު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ އިންޒާރުތަކާ އެއްގޮތަށް، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީ...
ނާޒިމާ އަލީ
ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑް ބަލިކޮށް، މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރުމާއެކު، އެ ޓީމަށް ރެފްރީންގެ އެހީތެރިކަމާއި ފީފާގެ ހާއްސަ އިނާޔަތްތަކެއް ލިބޭ ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ކެޕްޓަން ލިއޮނަލް މެސީ ވަރުގަދަ ރައްދެއް ދީފިއެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުގެ 85 ވަނަ މިނެޓާ ހަމައަށް އިންގްލެންޑުން 1-0 އިން ކުރީގައި އޮއްވައި، ފަހު ވަގުތު އާޖެންޓީނާއިން ދެ ލަނޑު ޖަހައި 2-1 އިން މެޗު ކާމިޔާބުކުރިއެވެ. […]
އަޙްމަދު ވަހީދު
އަންނަ އާދީއްތަ ދުވަހު ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗު ބެއްލެވުމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަޑައިގަންނަވާނެ ކަމަށް އޭނާގެ އޮފީހުން ހުކުރު ދުވަހު ހާމަކޮށްފިއެވެ. އެމެރިކާގެ ނިއު ޖާޒީގެ އީސްޓް ރަދަފޯޑްގައި ކުޅުމަށް ހަމަޖެހިފައިވާ މި ފޯރިގަދަ މެޗު ބެއްލެވުމަށް ސްޕެއިންގެ ރަސްގެފާނު ފެލިޕޭ 6 ވަނަ ވެސް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މި މެޗު ބެއްލެވުމަށް ދަނޑަށް ވަޑައިގަތުމަށް […]
އަޙްމަދު ވަހީދު
އަންނަ އާދީއްތަ ދުވަހު އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ރެފްރީއަކަށް ސްލޮވީނިއާގެ ސްލާވްކޯ ވިންސިޗް ހަމަޖައްސައިފިކަން ފީފާއިން އިޢުލާންކޮށްފިއެވެ. މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައިވެސް ރެފްރީކަން ކޮށްފައިވާ ވިންސިޗް، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ފެންނާނެ ފުރަތަމަ ފަހަރެވެ. ފީފާއިން މި ނިންމުން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިއީ ޖެހިޖެހިގެން ދެވަނަ ފަހަރަށް، އާޖެންޓީނާ ކުޅޭ ވޯލްޑް ކަޕް ފައިނަލެއްގައި ޔ...
އަޙްމަދު ވަހީދު
މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ޝާއިޢުކުރި “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އިދާރީ ހުރިހާ މަރުޙަލާތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ނުވަތަ ލަސްވެގެން […]
ޔުމްނާ ޢަލީ
މެކްސިކޯގެ ޗިއަޕާސްގެ އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.3 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އާ ހަވާލާދީ ސްކައި ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު (6.21 މޭލު) އަޑިއަށެވެ. ފުރަތަމަ މި ބިންހެލުމުގެ ބާރުމިން 7.4 ގައި ހުރިކަމަށް ރެކޯޑް ކުރެވުނު ނަމަވެސް، ފަހުން ވަނީ އެއީ 7.3 ގެ ބިންހެލުމެއް ކަމަށް އިސްލާހުކޮށްފައެވެ. އާންމުގޮތެއްގައި ތިލަ ސަރަހައްދުތަކަށް އަންނަ މިފަދަ ބާރުގަދަ ބިންހެލުންތަކުގެ...
ޔުމްނާ ޢަލީ
ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕް 2026 ގެ ފައިނަލަށް ސްޕޭން އާއި އާޖެންޓީނާ ދަތުރުކޮށްފައިވާއިރު، މީސްމީޑިއާގައި މި ދުވަސްވަރު އެންމެ ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ ލަމީން ޔަމާލް އާއި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ލިއޮނަލް މެސީގެ މީގެ 18 އަހަރު ކުރީގެ ފޮޓޯތަކަކަށެވެ. ގިނަ ބަޔަކު މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތަކެއް ކަމަށް ޝައްކުކުރި ނަމަވެސް، ޔުނިސެފުން މިވަނީ މި ފޮޓޯތަކުގެ އަސްލު ހަގީގަތް ހާމަކޮށްދީފައެވެ. ޔުނިސެފުން ބުނިގޮތުގައި، މި […]
އަޙްމަދު ވަހީދު
އަތޮޅުތެރޭގެ ރަށްތަކުގައި ދެމުންގެންދާ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް އިއްޔެ ހަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި ހުރި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި ފޯރުކޮށްދިން އުޅަނދުތަކެކެވެ. މި އެމްބިއުލާންސްތަކަކީ ޖުމްލަ 31 އެމްބިއުލާންސް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އ...
ޔުމްނާ ޢަލީ
ސިހުރުވެރިއެއްގެ ކިބައިން ކަމަކު އެދުމާއި، ސުވާލުކުރުމާއި، އެމީހުން ދައްކާ ވާހަކަ ގަބޫލުކުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަން ބަޔާންކޮށް، ސިހުރުގެ ނުރައްކާތެރިކަމުގެ މައްޗަށް މިއަދުގެ ހުކުރު ހުތުބާގައި އަގުހުރި ދަރުސްތަކެއް ދީފިއެވެ. “ސިހުރު ހާހޫރައިގެ ނުބައިކަން” މި މައުޟޫއަށް ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިހުރު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޝިރުކުގެ އަމަލެކެވެ. ސިހުރުވެރިއަކަށް ވެވޭނީ ކޮންމެ ކަމެއްގައިމެ ޝައ...
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭގައި ނިޔާވެފައި އޮތް ދިވެއްސަކު މިއަދު ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، ހުޅުމާލެ ފޭސް 1 ގެ ގެސްޓްހައުސްއެއްގެ ތިންވަނަ ފަންގިފިލާގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 17 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ މާލެ، ސްޓަރ، މުޙައްމަދު ރަޒީން (50އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް […]
ޔުމްނާ ޢަލީ
އެޓްލާންޓާގެ މާސިޑީޒް-ބެންޒް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗަށްފަހު، އެމެރިކާގެ ރެފްރީ އިސްމާޢީލް އަލްފަތު ދަނޑުމަތީގައި ކުރި ޝުކުރުގެ ސަޖިދައިގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ. އިނގިރޭސިވިލާތާއި އާޖެންޓީނާ ބައްދަލުކުރި މި މެޗުގެ ފަހު ފުމެލުމާއެކު، މޮރޮކޯއަށް އުފަން އަލްފަތު ވަނީ ކަކޫ މައްޗަށް ތިރިވެ، މާތްﷲއަށް ޝުކުރު އަދާކުރުމުގެ ގޮތުން ސަޖިދައެއް ކޮށްފައެވެ. މި މަންޒަރާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމް ސަޕޯޓަރުންނާއި...
އަޙްމަދު ވަހީދު
އެމެރިކާއިން އީރާނުގެ ކަރަންޓު އުފައްދާ އިންފްރާސްޓްރަކްޗާއަށް ހަމަލާދީފިނަމަ، ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރުމަށް ތައްޔާރުވުމަށް އީރާނުން ޔަމަނުގެ ހޫޘީންނަށް އަންގާފައިވާއިރު، އީރާނުން މިހާރު ވެސް އޮތީ ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މާހިރުން ދެކޭގޮތުގައި ދުނިޔޭގެ ހަކަތައާއި ވިޔަފާރީގެ މައި ދެ ނާރު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅިއާއި ބާބުލް މަންދަބު ކަނޑުއޮޅި އެއްފަހަރާ ބަންދުވެއްޖެނަމަ، މުޅި ދުނިޔޭގެ ލޮޖިސްޓިކްސް ނިޒާމު ފުނޑުފުނޑުވެ، އިޤްތިޞާދީ ގޮތުން ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާފަ...
ނާޒިމާ އަލީ
ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ “ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7” ގެ ފަޚުރުވެރި އެއްވަނަ، ހއ. އިހަވަންދޫ ބުލްބުލާގެ މަރްޔަމް ޝަހާމާ ހާސިލްކޮށްފިއެވެ. ރޭޑިއޯ ޕްރެޒެންޓިންގ ދާއިރާއަށް ހުނަރުވެރި ޒުވާނުން ނެރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި މުބާރާތުގެ އެއްވަނަ ހާސިލްކުރި ޝަހާމާއަށް ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމާއި، އުމްރާ ދަތުރެއްގެ އިތުރުން، އެއް އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރު...
ޔުމްނާ ޢަލީ
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ސަތޭކަ އިންސައްތަ ދިވެހި ފަސް ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ. އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ “އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމް” ގެ ދަށުން ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މި މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރި ދިވެހި ކުންފުނިތަކަކީ: އ...
ޔުމްނާ ޢަލީ
އެމެރިކާއިން އީރާނުގެ ކަރަންޓު އުފައްދާ އިންފްރާސްޓްރަކްޗާއަށް ހަމަލާދީފިނަމަ، ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރުމަށް ތައްޔާރުވުމަށް އީރާނުން ޔަމަނުގެ ހޫޘީންނަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ ހިއްސާކުރާ މި މުހިންމު މަގު ބަންދުކުރުމަކީ ދުނިޔޭގެ އިގްތިސާދަށް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް މާހިރުން އިންޒާރުދެއެވެ. މި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހުރުމުޒު ކަނޑުއޮޅިއާއި ބާބުލް މަންދަބު އެއްފަހަރާ ބަންދުވެއ...
ނާޒިމާ އަލީ
ކުޅުދުއްފުށީ ސިޓީގެ އިޤްތިޞާދީ ވިންދާ ގުޅިފައިވާ ތާރީޚީ ‘ހޮނިހިރު ބާޒާރު’، އޭގެ އަސްލު ނުގެއްލޭނެހެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދިޔަ މި މަޝްރޫޢު ނިންމައި ބާޒާރު ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލަރުންގެ އިތުރުން، ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކުގެ ކައުންސިލް ރައީސުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ށ.ނޫމަރާ ކައުން...
ޝިއުނާ އާދަމް
ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މަޢުލޫމާތު ރައްކާތެރިކުރުމަށް އެކުލަވައިލި އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް “އިތާ” ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ އެ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވަޒީރު ގީލާ ޢަލީ އެވެ. ޔުނިސެފް މޯލްޑިވްސ...
ޔުމްނާ ޢަލީ