ރާއްޖޭގެ ހުރިހާ ހިސާބަކަށް އޭއައި ހުނަރުތައް ފޯރުކޮށްދޭ ޕްރޮގްރާމަށް ޕާޓްނަރުން ހޯދަނީ
ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކަށް އަމާޒުކޮށްގެން، ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހުނަރުތައް ދަސްކޮށްދީ އަހުލުވެރިކުރުމަށް ހިންގާ “ޑިޖިޓަލް ފޯ އޯލް” ޕްރޮގްރާމްގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދޭނެ ލޯކަލް ޕާޓްނަރުން ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ޒަމާނީ ޓެކްނޮލޮޖީގެ ފުރުސަތުތައް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ގައުމީ ހަރަކާތެކެވެ. މިކަމަށްޓަކައި ރަށްރަށުގެ ކައުންސިލްތ...