އެމްޑީޕީ ޕީޖީ ލީޑަރާއި ޑެޕިއުޓީ ޕީޖީ ލީޑަރާއެކު އައްޑޫ ސިޓީން ޝާހިދަށް ބޮޑު ތާއީދެއް
އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރެއްވުމަށްފަހު، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އައްޑޫ ސިޓީގައި ވަރުގަދަ ކެމްޕޭނެއް ފައްޓަވައިފިއެވެ. އައްޑޫގައި ކެމްޕޭން ލޯންޗުކުރެއްވުމަށްފަހު، އެމަނިކުފާނު ގެންދަވަނީ އެ ސިޓީގެ ރަށްތަކަށް ޒިޔާރަތްކުރައްވައި ޑޯރ-ޓު-ޑޯ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވަމުންނެވެ. އައްޑޫ ސިޓީގައި ޝާހިދު ކުރިއަށް ގެންދަވާ ޕްރައިމަރީ ކެމްޕޭން ހަރަކާތްތަކުގެ އެންމެ އިސް ސަފުން އެމްޑީޕީގެ...