ފަރުކޮޅު ބެލެހެއްޓުމަށް ޚާއްސަ އުޅަނދެއް ގެނެސްފި
ށ. ފަރުކޮޅު (ނުވަތަ ފަރޮޅު) ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބަލަހައްޓައި، ޙިމާޔަތްކުރުމުގެ މަސައްކަތަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ “ފަރޮޅު ރޭންޖަރ” އުޅަނދު ރާއްޖެ ގެނެސްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މި އުޅަނދާއެކު، ހިމާޔަތްކޮށްފައިވާ މި ސަރަޙައްދު ހީވާގިކަމާއެކު މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތް ރޭންޖަރުންގެ ޚާއްސަ ޓީމުން ވަރަށް އަވަހަށް ފަށާނެއެވެ. ޤުދުރަތީ ވެއްޓާއި ދިރުންތައް ރައްކާތެރިކުރުން މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ށ. ފ...