އިރާނަށް ތާއީދުކޮށް އިރާގުގައި އެތައް ހާސް ބަޔަކު އަޑުއުފުލައިފި
އިސްރާއީލުން އިރާނަށް ދެކޮޅަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ނުރުހުން ފާޅުކޮށް އިރާގު ވެރިރަށް ބަޣްދާދުގެ ސަދުރު ސިޓީގައި މިއަދުގެ ހުކުރު ނަމާދަށް އެތައް ހާސް އިރާގުގެ ރައްޔިތުން އެއްވުމެއް ބާއްވައިފިއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މީސް މީޑިއާގައި މީހުން ކޮށްފައިވާ ޕޯސްޓުތަކުގައި ހުކުރު ނަމާދަށްފަހު އިރާގުގެ އެތައްހާސް ބަޔަކު ވަނީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ. ރެވޮލިއުޝަން ސިޓީގެ ނަމުންވެސް މަޝްހޫރު ސަދުރު ސިޓީއަކީ އިރާގުގެ ވެރިރަށުގެ ބައެއް ކަމަށްވާއިރު،...