އެމެރިކާ އާއި ހެދި އީރާނުން އަނެއްކާވެސް ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފި
އެމެރިކާއިން ވެފައިވާ އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށް ބުނެ، އީރާނުން އަނެއްކާވެސް ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު ރާސްތާއެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި މިއަދު ބަންދުކޮށްފިއެވެ. މިއަދު ހޮނިހިރު ދުވަހުގެ ހެނދުނު (18 އެޕްރީލް 2026) އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން މި ކަނޑުއޮޅި ބަންދުކުރީ، ހުކުރު ދުވަހު އެ ސަރަހައްދު “މުޅިން ހުޅުވާލެވިފައިވާ” ކަމަށް އިއުލާންކޮށް ދުނިޔޭގެ ބާޒާރުތަކަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައި ވަނިކޮށެވެ. އީރާނުގެ ސެނ...