ޓްރަމްޕްގެ އިޢުލާނަކީ ހަޤީޤަތެއް ނޫން، އެއީ އޭނާގެ އަމިއްލަ އެދުންތަކެއް: އީރާން
އީރާނުން ޔުރޭނިއަމް ނައްތާލުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ބަޔާނަކީ ހަޤީޤަތާ ޚިލާފު، އޭނާގެ އަމިއްލަ އުއްމީދުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ވާހަކަތަކެއް ކަމަށް އީރާނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ޓްރަމްޕްގެ މި އިޢުލާނު ދޮގުކޮށް، އެޤައުމުގެ ނިއުކްލިއަރ މާއްދާތައް ދޫކޮށްލުމަށް އެއްވެސް އެއްބަސްވުމެއް ނެތްކަން ހާމަކޮށްފައެވެ. ނިއުކްލިއަރ މާއްދާތަކާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލަ އީރާނުން އެޤައުމުގައި ހުރި ޔުރޭނ...