އީރާނާއި ދެކޮޅަށް އެޅިދާނެ އަސްކަރީ ފިޔަވަޅުތަކުގެ އައު ޕްލޭން ޓްރަމްޕަށް ކިޔައިދީފި
އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ބޮޑެތި އަސްކަރީ ހަރަކާތްތަކެއް ފެށުމާމެދު ވިސްނަމުންދާ ދަނޑިވަޅެއްގައި، އެ ޤައުމާ ދެކޮޅަށް އެޅިދާނެ އަސްކަރީ ފިޔަވަޅުތަކުގެ އިޚްތިޔާރުތަކާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި މައުލޫމާތު އަރުވައިފިއެވެ. އެމެރިކާގެ ދަ ވޯލް ސްޓްރީޓް ޖާނަލް ނޫހުން އެމެރިކާގެ އޮފިޝަލުންނާއި އެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޑްމ