4200 އިސްރާއީލް މީހުން އަލްއަޤްޞާގެ ގޯތިތެރެއަށް ވަދެ ލަވަކިޔާ ހުރުމަތްކަނޑައިފި
ޔަހޫދީންގެ ދީނީ މުނާސަބަތެއް ކަމަށްވާ ‘ތިޝާ ބިއާވް’ އާ ދިމާކޮށް، އިސްރާއީލުގެ ހަރުކަށި ފިކުރުގެ 4,200 އަށްވުރެ ގިނަ މީހުން އިސްތިއުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަނެފި ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. މިއީ ދުވަހުގެ ކުރީކޮޅު ރިޕޯޓްކުރި 2,300 މީހުންނަށްވުރެ ބޮޑުތަނުން އިތުރު އަދަދެކެވެ. މި އަމަލުގައި އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގަވީރު ވެސް ވަނީ ބައިވެރިވެފައެވެ. އޭނާ މިސްކިތުގެ ގޯތިތެ...