އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަސައްކަތްތަކަށް ރައްޔިތުން ކުރާ ތާއީދު އެމަނިކުފާނުގެ ރިޔާސީ ދައުރުގެ އެންމެ ދަށް މިންވަރަށް ވެއްޓި، ބޮޑު ލަދަކާއި ކުރިމަތިވެވަޑައިގެންފިއެވެ. ޓްރަމްޕްގެ ތާއީދު ބޮޑުތަނުން ދަށަށް ގޮސްފައިވާކަން ހާމަވީ ރޮއިޓާސް/އިޕްސޮސް އިން ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓަކުންނެވެ. މި ދިރާސާއިން ދައްކާ ގޮތުގައި އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމަށް ބަލައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހަތަރު ދުވ...
ނާޒިމާ އަލީ
އެމެރިކާ އާއި އީރާނާ ދެމެދު ގާއިމުކޮށްފައިވާ 60 ދުވަހުގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު މިއަދަށް ހަމަވާން އޮއްވައި، އެ މުއްދަތު އިތުރުކުރުމަށް ދެ ގައުމުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށް އަލް އަރަބިއްޔާ އިން ރިޕޯޓްކޮށްފިއެވެ. މީޑިއާ ރިޕޯޓްތަކާއި މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، ޕާކިސްތާން މެދުވެރިވެގެން އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގގެ ދަށުން ހަމަޖެހުނު މި އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ދެ ފަރާތުން ވެސް ވަނީ ރުހުން ދީ...
ނާޒިމާ އަލީ
އެއްގަމު މަގުން އީރާނަށް އަރައިގަންނަ އެމެރިކާގެ ސިފައިން މަރާލާ ނުވަތަ ހައްޔަރުކުރާ ކޮންމެ މީހަކަށް 30،000 އެމެރިކާ ޑޮލަރުގެ މާލީ އިނާމެއް ދިނުމަށް އީރާނުގެ އަސްކަރިއްޔާއިން އިއުލާނުކޮށްފިއެވެ. އީރާނުގެ ދައުލަތުގެ ނިއުސް އޭޖެންސީ (އިރްނާ) މެދުވެރިކޮށް މިކަން އިއުލާނުކުރައްވަމުން އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރ-އިން-ޗީފް، މޭޖަރ ޖެނެރަލް އާމިރު ހާތަމީ ވިދާޅުވީ، އީރާނުގެ ބިމަށް އަރައިގަންނަ އެމެރިކާ ސިފައިންގެ މީހަކު ހައްޔަރުކޮށްފިނަމަ ނުވަތަ މަރާލައިފިނަމަ 30،000 ޑޮލަރު (ނުވަތަ 5 ބިލިއަން ތޯމާނ...
ނާޒިމާ އަލީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ގެންގުޅުއްވާ ހަނގުރާމައިގެ ސިޔާސަތާމެދު އޮތް އިތުބާރު މުޅިން ގެއްލި، ގަލްފުގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް އެ ގައުމުތަކުން ބޭރުކުރުމާ މެދު ވިސްނަމުންދާ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފިއެވެ. އީރާނާ އެކު އުފެދިފައިވާ ހަމަނުޖެހުންތަކަށް ސާފު ޑިޕްލޮމެޓިކް ހައްލެއް ނުވަތަ ވަކިވުމުގެ ސްޓްރެޓެޖީއެއް ނެތި ކުރިއަށްދާތީ، ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވައިތު އަދި ބަހްރައިން ހިމެނޭހެން އެމެރިކާގެ ބައިވެރިން...
ނާޒިމާ އަލީ
ކެމަރޫންގެ ރައީސް ޕޯލް ބިޔާ، 93، ޔޫރަޕަށް ކުރައްވަމުން ގެންދަވާ “ކުރު އަމިއްލަ ދަތުރުފުޅެއް” ގައި ގައުމުން ބޭރުގައި ހުންނަވާތާ ދެ މަސް ދުވަސް ވެއްޖެއެވެ. 1982 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ވެރިކަން ކުރައްވަމުން ގެންދަވާ ބިޔާ، މިދިޔަ ޖޫން މަހުގެ 7 ވަނަ ދުވަހު ފުރާވަޑައިގަތް ފަހުން އަދި އެނބުރި ގައުމަށް ވަޑައިގެންފައެއް ނުވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެމަނިކުފާނު ގައުމުން ބޭރުގައި ހޭދަކުރައްވާ އެންމެ ދިގު މުއްދަތެވެ. ސަރުކާރުގެ ތަރުޖަމާނު ރެނޭ […]
ނާޒިމާ އަލީ
ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޮން ކައިރީގައި، ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ހަދަމުންދިޔަ އޭނާގެ އަމިއްލަ ގޭގެ ކައިރީގައި ހުއްޓައި، އިސްރާއީލުގެ ހައްދުފަހަނައެޅި ޖައްބާރު ވަޒަންވެރިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ 27 އަހަރުގެ ނަރުހެއް މުޅި އުމުރަށް ވާގިނެތިފައިވާކަމަށް ފަލަސްތީނުގެ ނާސިންގ އެންޑް މިޑްވައިފަރީ އެސޯސިއޭޝަނުން ބުނެފިއެވެ. ދުރާ ގަވަރމެންޓަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ނަރުހެއް ކަމަށްވާ މުޙައްމަދު ނަބީލް އަލް މުތައްވަރުގެ ބުރަކައްޓަށް ބަޑިޖަހާފައިވަނީ ހެބްރޮންގެ އިރ...
ނާޒިމާ އަލީ
އީރާނުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވެއްޓުމާ ގުޅިގެން އެ ގައުމުގެ ޕައިލެޓުންތަކެއް ގަތަރުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ގަތަރުން ދޮގުކޮށްފިއެވެ. ގަތަރުން މިކަން ހާމަކޮށްފައި މިވަނީ ހަނގުރާމައިގެ ކުރީކޮޅު ވައްޓާލި ތިން ޕައިލެޓުން ދޫކޮށްލުމަށް އީރާނުގެ ޖެނެރަލަކު ގޮވާލެއްވުމާ ގުޅިގެންނެވެ. ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖިދް އަލް-އަންސާރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ދޮގުކުރަށްވާފައެވެ. އަދި ސަރަޙައްދީ ނުތަނަވަސްކަން ކުޑަކުރުމަށް ޑިޕްލޮމެޓިކް ގ...
ނާޒިމާ އަލީ
ސްޓްރެއިޓް އޮފް ހޮރްމޫޒް ނުވަތަ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ހަރަކާތްތައް ތަރުތީބުކުރުމާ ގުޅޭގޮތުން އީރާނާއި އޮމާނުން މުހިންމު އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މަސްކަޓުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަފްތާތަކެއް ވަންދެން ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު، ދެ ގައުމުން ވަނީ ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރާނެ މަގުތަކާއި ޖިއޮގްރަފީ ގޮތުން ކަނޑައެޅޭ ބައެއް ބަދަލުތަކަށް އެއްބަސްވެފައެވެ. މި ވަގުތީ އިންތިޒާމުގެ ދަށުން، ޕާޝިއަން ގަލްފަށް ވަންނަ އުޅަނދުފަހަރު ދަތުރުކުރާނީ އީރާނާ...
ނާޒިމާ އަލީ
ޣައްޒާގެ ރައްޔިތުން އެކަނިވެރިކޮށް ނުލާނެ ކަމަށާއި އެ ގައުމަށް އެހީތެރިވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ތުރުކީން ކުރާނެ ކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ. ރައީސް އުރުދުޣާން ގެންދަވަނީ ބައިނަލްއަގުވާމީ އެކި މެހެފިލްތަކުގައި ފަލަސްތީނުގެ މައްސަލައަށް ވަކާލާތު ކުރައްވަމުންނެވެ. އެގޮތުން، ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށާއި، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް އެމަނިކުފާނު ބާރުއަޅުއްވައެ...
ނާޒިމާ އަލީ
ޔަމަންގެ ހޫތީ ޖަމާޢަތުން ސައޫދީ އަރަބިއްޔާގެ ސައޫދީ އަރާމްކޯގެ ޖާޒާން ތެޔޮ ސާފުކުރާ ރިފައިނަރީއަށް އަމާޒުކޮށް ހަމަލާއެއް ދީފިއެވެ. މި ހަމަލާ ދީފައިވަނީ ސައޫދީ އަރަބިއްޔާގެ ދެކުނުގައި، ޔަމަންގެ އިން އިމާ ކައިރީގައި އޮންނަ ޖާޒާން ސަރަހައްދުގައިވާ ވަސީލަތްތަކަށެވެ. ހޫތީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ޔަހްޔާ ސާރީ ވިދާޅުވި ގޮތުގައި، މި ހަމަލާއަކީ ޑްރޯން ބޭނުންކޮށްގެން ދިން “ނުހަނު ސީދާ ހަމަލާއެއް” ކަމަށެވެ. އަދި މި ހަމަލާއަކީ ޔަމަންގެ ސާދާ އަދި ހައްޖާ ޕްރޮވިންސްތަކުގެ ވައިގެ […]
ނާޒިމާ އަލީ
އިންޑޮނީޝިއާގެ އިރުމަތީގައި އޮންނަ ފްލޯރެސް އައިލެންޑް ކައިރިއަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް، އެ ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރުމަށްފަހު ފަހުން އެ އިންޒާރު ކެންސަލްކޮށްފިއެވެ. މި ބިންހެލުން އައިސްފައިވަނީ ރޭ ދަންވަރުގެ ވަގުތެއް ގައެވެ. މި ހާދިސާއާ ގުޅިގެން އިންޑޮނީޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމަޓޮލޮޖީ، އެންޑް ޖިއޯފިޒިކްސް އެޖެންސީ (ބީއެމްކޭޖީ) އިން ވަނީ ސުނާމީގެ ބިރު އޮތް ކަމަށް ބަލައި ފްލޯރެސް އާއި އެ ސަރަހައްދުގެ ޖަޒީރާ ރަށްތައް ހިމެނޭ ގޮތަށް 22 ސަރަހައްދަކަށް އިންޒާރު ނ...
އިބްރާހިމް އަސްވާޤް
އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އިނގިރޭސިވިލާތަށް ފުރައްސާރަކުރުމުގެ ގޮތުން “އިސްލާމިކް ރިޕަބްލިކް އޮފް ބްރިޓަން” ގެ ނަމުން މުޚާތަބުކޮށްފިއެވެ. އިސްރާއީލް އާމީ ރޭޑިއޯގެ އިންޓަވިއުއެއްގައި ނަތަންޔާހޫ ވަނީ 1967 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައި އިނގިރޭސިވިލާތުން އިސްރާއީލަށް ކުރި ތާއީދާއި، މިހާރުގެ އިނގިރޭސި ސަރުކާރާއި މީޑިއާގެ ސިޔާސަތުތަކާ އަޅާކިޔައި ފާޑުކިޔާފައެވެ. ނަތަންޔާހޫގެ މި ވާހަކަތަކުގައި، އިނގިރޭސިވިލާތަކީ ނިއުކްލިއަރ ހަތިޔާރު ހުރި ފުރަތަމަ “އިސްލާމީ ރިޕަބ...
ނާޒިމާ އަލީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތު ސޯޝަލްގައި އެމެރިކާގެ ސިޔާސަތުތަކާއި ގުޅޭގޮތުން އޭނާ ކުރަށްވާ ޕޯސްޓްތައް އަވަހަށް ބެލޭނެ ހިދުމަތެއް ތައާރަފްކޮށް، ޓްރަމްޕްގެ ޓްރޫތު ސޯޝަލް ކުންފުނިން އެ ޚިދުމަތުން ފައިސާ ނަގާތީ އެކަން ހުއްޓުވުމަށް މެރިކާގެ ފެޑެރަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ ހަނގުރާމައާއި، ޓެރިފް އަދި އެހެނިހެން މުހިންމު ކަންކަމާ ގުޅޭގޮތުން ޓްރަމްޕް ކުރައްވާ ޕޯސްޓްތައް ބެލުމަށް ފައިސާ ދައްކައިގެން އެހެން މީހުންނަށްވުރެ ކު...
ނާޒިމާ އަލީ
ފްރާންސުން އުފައްދާ ރަފޭލް މަރުކާގެ 114 ހަނގުރާމަމަތީ މަތިންދާބޯޓު ހޯދުމަށް 35 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމަކަށް އިންޑިއާއިން ތައްޔާރުވަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާގޮތުގައި މި އެއްބަސްވުމުގެ ދަށުން ގަންނަ ގިނަ މަތިންދާބޯޓުތައް އުފެއްދުމަށް ހަމަޖެހިފައިވަނީ އިންޑިއާގައެވެ. ރިޕޯޓްތައް ބުނާގޮތުގައި ފްރާންސުން ހުށަހަޅާފައިވާ ޓެކްނިކަލް އަދި ކޮމާޝަލް ޕްރޮޕޯޒަލްގައިވާ ގޮތުން، ފުރަތަމަ 20 ރަފޭލް މަތިންދާބޯޓު ފޯރުކޮށްދޭނީ ފްރާންސުންނެވެ. އަދި ބާކީ 94 މަތިންދާ...
ނާޒިމާ އަލީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން ރާވަމުންދާ ކަމަށް ބުނެ އިސްރާއީލުގެ އިންޓެލިޖެންސުން ދިން މައުލޫމާތަކީ އިތުބާރު ކުޑަ މައުލޫމާތެއްގެ ގޮތުގައި އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ގެ އެނަލިސްޓުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލުގެ އިންޓެލިޖެންސުން އެމެރިކާގެ އޮފިޝަލުންނަށް އިންޒާރު ދީފައިވަނީ، ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓަށްފަހު ރައީސް ޓްރަމްޕް ފުރާވަޑައިގަންނަވަނިކޮށް، އެމަނިކުފާނު ދަތުރުކުރައްވާ އެއާ ފޯސް ވަން ބޯ...
ހުސައިން ހަބީބް