ދިވެހި ޢާއިލާއަކުން ބަނގުލަދޭޝްގެ ވިލެޖެއްގައި ދިރިއުޅޭ ޢާއިލާ ތަކަކަށް ސާފު ފެންލިބޭނެ އިންތިޒާމް ހަމަޖައްސައިދީފިއެވެ. ސ. މަރަދޫއަށް ނިސްބަތްވާ އެ ޢާއިލާގެ އެހީގައި މި މަޝްރޫޢު ހިންގާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތި ހާލުގައި އުޅެމުންދާ، އެހީތެރިކަމަށް ބޭނުންވެފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވަމުން އަންނަ ރާއްޖޭގެ ޖަމްޢިއްޔާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުންނެވެ. އައިއޭސީއިން ބުނެފައިވަނީ އެވަޅު ހަދާފައިވަނީ ބަންގްލަދޭޝްގެ ސްކޫލެއްގެ ކައިރީކަމަށ...
އަލީ އާދިލް
ކެނެޑާއަށް ނިސްބަތްވާ ޔޫޓިއުބްގެ ވީލޮގަރ އަދި ދަތުރުވެރިޔާ ރޯޒީ ގެބްރިއަލް އިސްލާމްދީން ޤަބޫލުކޮށް، ޙައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމަށް 2021 ވަނަ އަހަރު މައްކާއަށް ދިއުމަށް ނިންމާފައިވާ ކަމަށް ހާމަ ކޮށްފިއެވެ. ރޯޒީ އިސްލާމް ދީން ޤަބޫލު ކުރިކަން އާންމުކުރުމުން އޭނާގެ ގިނަ ބެލުންތެރިންގެ ސުވާލު ތަކަށް ރޯޒީ އަންނަނީ ޔޫޓިއުބު މެދުވެރިކޮށް ޖަވާބުދާރީ ވަމުންނެވެ. ރޯޒީ ހާމަ ކުރިގޮތުގައި އޭނާގެ ނަން އެހެން ނަމަކަށް ބަދަލު ކުރުމުގެ ޚިޔާލެއް ނެތްކަމަށާއި، ބައިސްކަލުގައި ދަތުރުކުރަމުން، ދެމުން […]
އައިމިނަތު ޔުމްނާ
އެމެރިކާގެ ލޮއިސްވިލް އެއަޕޯރޓްގެ ނަން މައްޝޫރު ބޮކްސިން ޗެމްޕިއަން މުޙައްމަދު ޢަލީގެ ނަމަށް ބަދަލުކޮށްފިއެވެ. ޖެނުއަރީމަހު މިގެނެވުނު ބަދަލުގައި ލޮއިސްވިލް އިންޓަރނޭޝަނަލް އެއަރޕޯރޓް ގެ ނަން ބަދަލު ކޮށްފައިވަނީ މުޙައްމަދު ޢަލީ އިންޓަރނޭޝަނަލް އެއަރޕޯރޓް ގެނަމަށެވެ. ޢަލީ ވީކް ގެ ނަމުގައި މުޙައްމަދު ޢަލީގެ ހަނދާނުގައި ފާހަގަ ކުރަމުން އަންނަ ހަފްތާއެއްގެ ޚާއްޞަ ކަމެއްގެ ގޮތުގައި ބުރާސްފަތި ދުވަހު މިކަން ހާމަ ކޮށްފައިވަނީ މިކަމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައި ލޯގޯ އެއް އާންމު ކުރުމަށްފަހުއެވެ. ބ...
އައިމިނަތު ޔުމްނާ
ރައްވެހި ކަމުގެ ޤާނޫނާއި މެދު މުޒާހަރާތައް ކުރިއަށް ދަނިކޮށް އިންޑިއާގެ ކެރަލާގެ 100 އަހަރުވީ މިސްކިތެއްގައި ހިންދޫ ކައިވެންޏެއްގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ކައިވެނި ކުރެވުނު އަންހެން ކުއްޖާގެ މަންމައަށް ދިމާވެފައިވާ ފައިސާގެ ދަތިތަކަަށް ވިސްނައި، އެ ކައިވެނި މިސްކިތުގައި ބޭއްވުމަށް އިސްނަގައިގެން ހުރިހައި ކަމެއް ހަމަ ޖައްސައިދީފާވަނީ އެ މިސްކިތުންނެވެ. ކައިވެނި ކުރެވުނު ދެމީހުން ކަމުގައިވާ އަންޖޫ އަޝޯކް ކުމާރް އަދި ސަރަތް ސައި ވަނީ މި ކައިވެނީގެ ރަސްމިޔާތު މިސްކިތުގައި ބޭއްވުންމީ އެކި ދީން ތ...
އައިމިނަތު ޔުމްނާ
ބަންގްލަދޭޝްގެ ސަޤާފީ ލަވައިގެ ބާވަތެއްކަމުގައިވާ ބައުލް ލަވަ ހުށައަޅައިދޭ ލަވަކިއުތެރިއާ އުމުރުން 40 އަހަރުގެ ޝާރިއަތު ސަރްކާރު އިސްލާމް ދީނަށް ފުރައްސާރުކޮށް ވާހަކަދެއްކުމުން ހައްޔަރުކޮށްފިއެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހުގައި ބޭއްވުނު ކޮންސެޓެއްގެ ތެރެއިން ޝާރިއަތު ވަނީ އިސްލާމް ދީނުގައި މިއުޒިކު ހަރާމް ކުރައްވާފައިވާ ކަމުގެ ހެކި ދެއްކުމަށް ދީނީ ޢިލްމުވެރިނަށް ޗެލަންޖުކޮށް 5 މިލިއަން ޓާކާ (58،800 ޑޮލަރު) އިނާމެއްގޮތުގައި ހުށައަޅާފައެވެ. ޝާރިއަތު ލަވަ ހުށައަޅާދޭ ވީޑިއޯއެއް ޔޫޓިއުބަށްލުމުން...
އައިމިނަތު ޔުމްނާ
މިއަދާއި ހަމައަށް މުޅި ދުނިޔެއިން ނޮވެލް ކޮރޯނާވައިރަސްގެ 845 ކޭސް ރިޕޯރޓް ކޮށްފިއެވެ. މިއަދު (24 ޖެނުއަރީ) އާއި ހަމައަށް މުޅި ދުނިޔެއިން ނޮވެލް ކޮރޯނާވައިރަސްގެ 845 ކޭސް ރިޕޯރޓްކުރެވިފައިވާއިރު އެންމެ ގިނަ ކޭސް ރިޕޯރޓްކޮށްފައިވަނޯ ޗައިނާއިންނެވެ. ޗައިނާއިން ނޮވެލް ކޮރޯނާވައިރަސްގެ ރިޕޯޓްކުރި ޖުމްލަ އަދަދަކީ 830 އެވެ. ޗައިނާގައި ރިޕޯރޓްކުރި 830 ނޮވެލް ކޮރޯނާވައިރަސްގެ ކޭސްގެ ތެރެއިން ބަލިޖެހިގެން ބޮޑުވަރުވީ 177 މީހުންނަށެވެ. އަދި އޭގެ ތެރެއިން 25 މީހުން މަރުވެފައިވެއެވެ. ނޮވެލް ކޮރޯނާ ވައިރަސް...
ޔުމްނާ ޢަލީ
ޗައިނާގައި ފެތުރެމުންދާ، ނޭވާލާ ނިޒާމަށް އަސަރުކުރާ ގޮތްނޭނގޭ ބަލި “ނޮވެލް ކޮރޯނާ ވައިރަސް” ދާދިފަހުން ޗައިނާއަށް ދަތުރުކުރި އެމެރިކާގެ ރައްޔިތެއްގެ ހަށިގަނޑުން ވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެމެރިކާއިން ބުނެފި އެވެ. ޗައިނާގައި ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާން ސިޓީ ހުންނަ ޞަރަޙައްދަށް ދަތުރުކޮށްފައިވާ މިމީހާއަކީ އުމުރުން 30ގެ އަހަރުގެ މީހެކެވެ. މިމީހާއަށް މިހާރު ހޮސްޕިޓަލުން ފަރުވާދެމުން އަންނަކަމަށާއި އެމީހާގެ ޙާލަތު ރަނގަޅުކަމަށް އެމެރިކާގެ އިދާރާތަކަށް ހަވާލާދީ ނޫސްތަކުން...
އަލީ އާދިލް
އޮސްޓްރޭލިޔާއަށް ބޯކޮށް ވާރޭވެހި ވިދާ ގުގުރާ، ގަނޑުފެނުގެ ތޫފާނަކާއި ވެލީގެ ތޫފާނެއް އަރައިފިއެވެ. މޫސުމީ މިހުރިހާކަމެއް އެގައުމުގެ ތަފާތު އެކި ހިސާބުތަކަށް ދިމާވެފައި މިވަނީ އެއްދަވަހަކުއެވެ. އެގައުމުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭތާ ދެހަފްތާ ވަރުވެފައި ވާއިރު ގަނޑުފެނުގެ ތޫފާނާއި ވެލީގެ ތޫފާން އަރާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. Hail destroying the trees at Parliament House.. poor gardeners pic.twitter.com/bHEES1yhHy — Tamsin Rose (@tamsinroses) January 20, 2020 ދުނިޔޭގެ […]
އަލީ އާދިލް
މެލޭޝިޔާގެ އެޑިއު- ޓުއަރިޒަމް ޓުއަރގައި ރާއްޖޭގެ ޕްރިންސިޕަލުން ބައިވެރިވެއްޖެ އެވެ. އެޑިއު- ޓުއަރިޒަމް ޤައުމެއްގެ ގޮތުގައި މެލޭޝިއާ ޕްރޮމޯޓް ކުރުމަށް އެ ޤައުމުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ޓުއަރއެއް ބާއްވައިފިއެވެ. މޭލޭޝިއާގެ ކޮލެޖްތަކާ ޔުނިވަރސިޓީ ތައް ތައާރަފް ކޮށްދިނުމުގެ ގޮތުން ބޭއްވުނު އެ ޓުއަރ، ބާއްވާފައިވަނީ 8 ޤައުމެއްގެ ޕްރިންސިޕަލުންނާއި ސްކޫލް ގައިޑަންސް ކައުސިލަރުން ހިމެނޭގޮތަށެވެ. އެ ޓުއަރ ކުރިއަށް ގެންގޮސްފައިވަނީ މެލޭޝިއާގެ އެންމެ ފުންނާބު އުސް މަތީ ތައުލީމާ...
އައިމިނަތު ޔުމްނާ
ރަށުތެރޭގަ ހަދާފައިވާ ޒަމާނީ ބިލްޑިންގެއް، ހިތްގައިމު ބީޗް ރެސޯރޓެއް، ނުވަތަ ނަން މައްޝޫރު ރެސްޓޯރެންޓެއްގައި ކާލައި ، މިފަދަ އެތަށް ތަނެއްގައި ވަގުތު ހޭދަ ކޮށްލުމުގެ ފުރުސަތު ޔުނައިޓަޑް އެރޭބް އެމިރޭޓްސް (ޔޫއޭއީ) އިން ލިބިގެންދެއެވެ. ނަމަވެސް ހިތްގައިމު ވޯޓަރ ވިލާއެއްގައި ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު މީގެ ކުރިން ޔޫއޭއީ އިން ލިބަފައްނުވެއެވެ. އެޤައުމުން ނުލިބިއޮތް މިއުފާ ލިބޭނެ ކަމުގެ ޚަބަރު މިހާރުމިވަނީ ތިލަވެފައެވެ. އެގޮތުން ޔޫއޭއީގެ އެންމެ ފުރަތަމަ ” އެކޯ ރިސޯރޓް ރަސް […]
އައިމިނަތު ޔުމްނާ
ކެރަލާގެ ކޮޗީގެ ވަލަރޕަޑަމް ގެ އިންޓަރނޭޝަނަލް ޓްރާންސް ޝިޕްމަންޓް ކޮންޓެއިނަރު ޓަރމިނަލުން 21 ޖެނުއަރީ ގައި 25 ޓަނުގެ މުއްސަފް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ. މީގެ ހަމަސް ކުރިން އިމްޕޯރޓް ކޮށްފައިވާ އެތައްހާސް މުއްސަފް ނީލަންކިއަން ނިންމާފައިވަނީ އެތެރި ކުރިތާ ހަމަސް ވީއިރު މި ޝިޕްމަންޓް ކްލިއަރ ކޮށްފައިނުވާތީ ކަމަށް ވަނީ ބުނެފައެވެ. މައްލަޕޫރަމްގައި އަރަބި ކިޔަވައިދޭ ކޮލެޖަކުން އެތެރެކޮށްފައިވާ މުއްސަފް ޝިޕްމަންޓަށް ދައްކަންޖެހޭ އިމްޕޯރޓް ޑިއުޓީ ބޮޑުކަމުން ކޮލެޖަށް ވަނީ މި ޝިޕްމަންޓް ކްލ...
އައިމިނަތު ޔުމްނާ
އިރާނުން އެމެރިކާއާއި ދެކޮޅަށް ހަމަލާ ދޭން ފަށައިފިއެވެ. BREAKING: Multiple missiles have been launched into Iraq from Iran targeting American bases. https://t.co/5aeN5A5feB — ABC News (@ABC) January 7, 2020 އީރާނުގެ ދައުލަތުގެ ޓީވީ އިން ބުނެފައިވަނީ އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަަަޒަކަށް މިހާރު އީރާނުން ހަމަލާތައް ދެމުންދާ ކަމަށެވެ. ހަމަލާތައް ދެމުން ދަނީ އީރާންގެ ރެވެލިއުޝަނަރީ ގާޑުން ކަމަށް މައުލޫމާތު ލިބެއެވެ. އެ ގައުމުން އެންމެ ފުރަތަމަ […]
ޔުމްނާ ޢަލީ
އަންނަ އަހަރު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއާ ދިމާކޮށް އެ ގައުމަށް ޒިޔާރަތްކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ޖަޕާން އެއާލައިންސުން 50،000 ޓިކެޓް ހިލޭ ދޭން ނިންމައިފި އެވެ. ޖަޕާން އެއާލައިން އެގޮތަށް ނިންމާފައިވަނީ ޖަޕާނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު އިތުރުކުރުމުގެ އިތުރުން ޓޫރިސްޓުން އާންމުކޮށް ޒިޔާރަތް ނުކުރާ ޖަޕާނުގެ ތަންތަނަށް ދިއުމުގެ ޝައުގުވެރިކަން ވެސް އުފެއްދައި، އެ ތަންތަން މަޝްހޫރު ކުރުމަށް ކަމަށް އެއާލައިން އިން ވަނީ ބުނެފައެވެ. ޖަޕާނުގެ ޓުއަރިޒަމް އެ...
ފާތިމަތު ސިނާޒާ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމަށްޓަކައި އެމެރިކާގެ މަޖިލީހުގެ ތިރީ ގެއިން މިއަދު ފާސްކޮށްފި އެވެ. ޓްރަމްޕް އަޒުލުކުރުމަށްޓަކައި ވޯޓު ލާފައިވަނީ އެތައް ދުވަހެއްގެ އަޑުއެހުންތަކަކަށްފަހުގަ އެވެ. ޑިމޮކްރަޓިކުންގެ އަގުލަބިއްޔަތު އޮންނަ ތިރިގެއިން ޓްރަމްޕް ރައީސް ކަމުން އަޒުލް ކުރުމަށް ފާސްކުރީ ވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގަ އާއި ގާނޫނު ހަދާ މަޖިލީހުގެ މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުއްވި ކަމަށް ސާބިތުވާ ކަމަށް ބޮޑު އަގުލަބިއްޔަތަކުން ފާސްވުމުން އ...
ޔުމްނާ ޢަލީ
ސައޫދީ އަރަބިއްޔާގައި ބައެއް ސޭޓުން އަދިވެސް މިސްކިތައްދަނީ ފިހާރަތައް ހުޅުވާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މަކުނުދޫ ދާއިރާގެ މެންބަރު އަލްއުސްތާޛާ އަނާރާ ނައީމް ވިދާޅުވެއްޖެއެވެ. ދިވެހި ރާއްޖޭގެ ބާ ކައުންސިލްގެ މެންބަރުކަންވެސް ކުރައްވާ އަނާރާ މިގޮތަށް ވިދާޅުވެފައިވަނީ މިއަދު އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އަނާރާ ވިދާޅުވެފައިވަނީ، ސައޫދީ ބައެއް ސޭޓުން އެބައިމީހުންގެ ފިހާރަތައް ހުޅުވާފައި ބަހައްޓާފައި ނަމާދާދާ ދިއުން ހާމަކޮށްދެނީ ސައުދީ އަރަބިއްޔާގައި އަމާންކަމާއި ރަ...
ޔުމްނާ ޢަލީ