ވޯޓު އޮޅުވާލިކަމުގެ ތުހުމަތާއިއެކު ޓްރަމްޕްގެ މިސްރާބު ސުޕްރީމް ކޯޓަށް
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށް ދަޢުވާ ކުރާ އެމެރިކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ތުހުމަތުކުރަށްވައި، ވޯޓު ގުނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެކަމުގެ އިންޒާރު އެ ޤައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ވައިޓް ހައުސްގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ޤައުމުގެ ރިޔާސީ އިންތިހާބުގައި ބޮޑު އޮޅުވާލުމެއް އެބަ ހިނގާ ކަމަށާއި، އެހެންކަމުން ވޯޓު ގުނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހ...