ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާއަށް ރަޝިއާގެ ސިފައިން އަރާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ. ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ހަވާލާދީ ބައެއް ނޫސަތަލުގައި ބުނެފައިވާ ގޮތުގައި އެ ގައުމުން ސިފައިން ދަނީ މިހާރު ޔޫކްރެއިންގައި “މިލިޓަރީ އޮޕަރޭޝަން” އެއް ހިންގަމުންނެވެ. ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އެރި ނަމަވެސް އަދި ހަމަލާތަކެއް ނުފަށައެވެ. ނަމަވެސް ބޮމެއްގެ އަޑު އިވުނު ކަމަށް އެތަނުގ...
އަޙްމަދު ވަހީދު
ސްރީ ލަންކާ އަށް ބޭނުންޖެހިފައިވާ ތެލާއި ގޭހުގެ ބާވަތްތައް ގަންނާނެ ފައިސާވެސް އެ ގައުމުގެ ސަރުކާރުން ހިންގާ ތެޔޮ ކުންފުނި ސަރުކާރުގެ ތެޔޮ ކުންފުނި، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) ގައި ނެތް ކަމަށް، ލަންކާގެ ހަކަތައާ ބެހޭ މިނިސްޓަރު އުދަޔަ ގައްމަންޕިލާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ސީޕީސީގައި ފައިސާ ނެތުމުގެ ސަބަބުން، ގައުމަށް ދިމާވެފައިވާ ތެލުގެ މައްސަލަ ހައްލުކުރަން ދަތިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، މި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ވެސް […]
އަޙްމަދު ވަހީދު
ޓެކްނޮލޮޖީގެ އާ އީޖާދަކާއެކު އެމްއެޗް370 އަށް ވީ ގޮތް އެނގޭނެކަމުގެ އުއްމީދު އާވެއްޖެއެވެ. ބޭރުގެ ޙަބަރުތައް ބުނާ ގޮތުން އޮސްޓްރޭލިއާގެ ސޭފްޓީ އިންވެސްޓިގޭޓަރުން ވަނީ އެމްއެޗް370 ގެ ތަހުގީގު އަލުން ފަށައިފައެވެ. މެލޭޝިއާގެ އެއާލައިންގެ ފްލައިޓް އެމްއެޗް370 ގެއްލުނީ 2014ވަނަ އަހަރުއެވެ. އެ އެއާލައިނުން 239 މީހުން ދަތުރު ކުރި އިރު މިހާތަނަށް އެ ފްލައިޓަށް ވީ ނުވީއެއް ނޭނގެއެވެ. އެ ފްލައިޓު ކުއަލަލަމްޕޫރުން ނައްޓާލީ މާޗް 8، 2014ގައެވެ. ނައްޓަލިތާ 38 މިނެޓް ފަހުން އެއާ […]
އަޙްމަދު ވަހީދު
ޖައްވީ ފަތުރުވެރިކަން ފެށުމުގެ ގޮތުން ޖައްވަށްދާން ބޭނުންވާ މީހުންނަށް ޓިކެޓް ވިއްކަން ފަށައިފިއެވެ. މި ޓިކެޓް ވިއްކަން ފަށާފައިވަނީ މި ހަފްތާއިން ފެށިގެންނެވެ. ޓިކެޓް ވިއްކަނީ ވާޖިން ގެލެކްޓިކް އިންނެވެ. މި ދަތުރު އޮންނަ ދުވަހެއް އަދި އެ ކުންފުނިން އިއުލާނެއް ނުކުރެއެވެ. އެ ކުންފުނީގެ ފުރަތަމަ ދަތުރުގައި 1000 މީހުން ބައިވެރިވާނެ ކަމަށް ލަފާ ކޮށްފައިވާއިރު މި ދަތުރު އޮންނާނެ ކަމަށް ލަފާ ކުރަނީ އަހަރުގެ ފަހުކޮޅުގައެވެ. މިއީ ޖައްވަށް ދާން ޓިކެޓް ވިއްކަން ފެށި […]
އަޙްމަދު ވަހީދު
އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީއިން އެގައުމުގެ ސަރުކާރަށް، ކޮވިޑް19 އާއި ގުޅިގެން އެގައުމުގައި އިޢުލާންކޮށްފައިވާ ޞިއްޙީ ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލައިފި އެވެ. އިދިކޮޅުން މިގޮތައް ގޮވާލާފައިވަނީ، 70 އަށްވުރެއްގިނަ ހައުސް ރިޕަޕްލިކަންއިން ސޮއިކޮށް ބައިޑަން އާއި އެގައުމުގެ ހެލްތު އަދި ހިއުމަން ސާރވިސް ސެކެޓެރީއަށް ފޮނުވި ސިޓީއެއްގަ އެވެ. އެސިޓީގައި ބުނެފައިވަނީ، ކޮވިޑް 19 އިން ދިފާއުވުމަށް ވެކްސިން އުފެދުމާއި ކޮރޯނާ ވައިރަސްއަށް ދެވޭ ފަރުވާތަކުގެ ފެންވަރު ރަނގަޅުވެފައިވާކަމަށް ބުނެއ...
އަޒްފާ ރަޝީދު
އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ އާ ވޭރިއަންޓަކީ ޑެލްޓާ އާއި އޮމިކްރޯން އެއްވެގެން އުފެދުނު ވޭރިއަންޓެއް ކަމަށް އެ ގައުމުގެ ސައިންސްވެރިން ބުނެފިއެވެ. މި ވޭރިއަންޓަށް ދީފައިވާ ނަމަކީވެސް ޑެލްޓަރކްރޯން އެވެ. އެއީ މި ވޭރިއަންޓަކީ ޑެލްޓާހާ ނުރައްކާތެރި އަދި އޮމިކްރޯންހާ ހަލުވި ކަމާއެކު ފެތުރޭ ވޭރިއަންޓަކަށްވާތީއެވެ. ސައިންސްވެރިން ގަބޫލު ކުރާ ގޮތުގައި މި ވޭރިއަންޓް އުފެދުނީ ޑެލްޓާ އާއި އޮމިކްރޯން އެއްފަހަރާ އެކަކަށް ޖެހުމުންނެވެ. މި ވޭރިއަންޓް ފެނިފައިވަނީ އިނގިރޭސިވިލާތުންނެވެ. މި ވޭރިއަންޓަކ...
އަޙްމަދު ވަހީދު
ނައިޖީރިޔާގެ ކާނޯ ސްޓޭޓްގެ ފުލުހުން 4 މިލިއަނެއްހާ ބަނގުރާ ފުޅި ނައްތާލައިފިއެވެ. ކާނޯ ސްޓޭޓްގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއީ އެ ސިޓީގައި މަސްތުވާތަކެއް ބޭނުންކުރުން ހުއްޓުވުމުގެ މަޤްސަދުގައި ހިންގި އޮޕަރޭޝަންތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެވިފައިވާ ބަނގުރާ ފުޅިތަކެއްކަމަށެވެ. މިތަކެތި ނައްތާލާފައިވަނީ ކޯޓު އަމުރަކާއި އެކު އެވެ. 100 އަށް ވުރެ ގިނަ ފުލުހުން ގުޅިގެން ހިންގާފައިވާ މި އޮޕަރޭޝަންގައި ނައްތާލެވުނު ބަނގުރާ ފުޅިތަކުގެ ތެރޭގައި ތުޑުން ކަލެބަވާ ވިލެޖުން ގެނެވިފައިވ...
އަޒްފާ ރަޝީދު
ޕާކިސްތާނު މިސްކިތެއްގައި އޮތް ހަތިމެއް ރޯކޮށްލި މީހަކު، އާންމުން ނިކުމެ ގަލުންތަޅާ މަރާލައިފި އެވެ. މިކަން ހިނގާފައިވަނީ، ޕާކިސްތާނުގެ ކަނެވާލް ޑިސްޓްރިކްޓްގެ ވިލެޖެއްގައި ހުރި މިސްކިތެއްގައެވެ. މަރާލާފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. މަންޒަރު ދުށް މިހަކާއި ހަވާލާދީ ބައިނައްލަޤްވާމީ ޚަބަރުތަކުގައި ބުނެފައިވަނީ، މެދު އުމުރުގެ މީހަކު ހަތިމެއްގެ ގަނޑުތައް އިރާލައި އަލިފާން ރޯކޮށްލުމަށްފަހު އިތުރު ހަތިމްތަކެއް ނެގުމަށް ދިޔުމާއި އެކު މިސްކިތުގައި ތިބި މީހުން އެމީހާ ހުއްޓުވާފަ އެވެ. އަދި މި...
އަޒްފާ ރަޝީދު
އެމެރިކާގެ ޕެންޓަގަންގެ ސެކިއުރިޓީ އޭރިއާއަށް ޤަވައިދާއި ޚިލާފަށް ވަދެ އުޅުނު ހާލެއް ހައްޔަރުކޮށްފިއެވެ. ޖަނަވާރުންނާއި ބެހޭ މަސައްކަތްތައް ކުރަމުން އަންނަ ޖަމިއްޔާއަކުން ހާމަކޮށްފައިވާ ގޮތުގައި އެ ހާ، ޕެންޓަގަންގެ ސެކިއުރިޓީގެ ބެލުމިގެ ދަށަށް ގެންގޮސްފައިވަނީ ޤަވައިދާއި ޚިލާފަށް ސެކިއުރިޓީ އޭރިއާއިން ފެނިފައިވާތީކަމަށެވެ. ނަމަވެސް އެއްވެސް ގެއްލުމެއް ނުދީ ހާ ސެކިއުރިޓީގެ ބެލުމުގެ ދަށުގައި ހުރިކަމަށް އެ ޖަމިއްޔާއިން ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. “ނަމަވެސް އަދި މިހާތަނަށް އެ ހާ އެ ސަރަޚަ...
އަޒްފާ ރަޝީދު
ދުނިޔޭގެ ހުރިހާ ގައުމަކަށް ހުޅުވާލައިގެން ޔޫކޭގައި ކޮންމެ އަހަރަކު ހޮވަމުން އަންނަ ކަނޑު އަޑީގެ އެންމެ ޝަރަފުވެރި ފޮޓޯ މުބާރާތް ކަމުގައިވާ “އަންޑާ ވޯޓާ ފޮޓޯގްރާފާ އޮފް ދަ އިޔާ 2022” އަށް ރާއްޖޭގެ ފޮޓޯއެއް ހޮވިއްޖެ އެވެ. މިޝަރަފުވެރި ފޮޓޯ ނަގާފައިވަނީ ސްޕެއިންގެ ފޮޓޯ ގުރާފަރެއްކަމަށްވާ ރަފައެލް ފެރްނާންޑޭޒް ކަބަރެއްލޯ އެވެ. އޭނާއަށް ފޮޓޯގްރާފާ އޮފް ދަ އިޔާ ލިބިފައިވަނީ ރާއްޖޭގެ ކަނޑުގެ އަޑީގެ ފެހުރިހީގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯއަށެވެ. މި މުބާރާތުގައި މިފޮޓޯ ހިއްސާކުރަން އޭނާ […]
އަޒްފާ ރަޝީދު
އޮމިކްރޯން ވޭރިއަންޓްގެ އާ ވާޝަން، ގައިން ގަޔަށް ފެތުރުމުގެ ޗާންސް ބޮޑުކަމަށާއި އޮމިކްރޯން ޖެހިފައިވާ މީހުންނަށްވެސް އާ ވާޝަން ޖެހިދާނެކަަމަށް ސައިންސްވެރިންނާއި ހަވާލާދީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިޔު.އެޗް.އޯ އިން ހާމަކޮށްފިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އޮމިކްރޯން ވޭރިއަންޓްގެ އަލަށް ފެނިފައިވާ ވާޝަން ހަލުވިކަމާއި އެކު މުޅި ދުނިޔެއަށް ފެތުރެން ފަށާފައިވާކަމަށާއި މި ވާޝަން ގައިންގަޔަށް އަރާ މިންވަރު ހަލުވިކަންވެސް ވަނީ ފާހަގަކޮށްފައެވެ. އެ ޖަމިއްޔާއިން ނެރެފައ...
އަޒްފާ ރަޝީދު
އިރާނުގައި ކޯވިޑް-19ގެ އޮމިކްރޯން ވޭރިއަންޓް ހަލުވިކަމާއި އެކު ފެތުރި އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ 50 މެންބަރަކު އެ ވޭރިއަންޓަށް ޕޮޒިޓިވްވެ، މަޖިލިސް ބަންދުކޮށްފިއެވެ. އީރާނުގައި ހަލުވިކަމާއި އެކު ކޯވިޑް ފެތުރި އޮމިކްރޯން ވޭރިއަންޓްއަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އިތުރުވެ ޤާނޫނު ހަދާ މަޖިލީހުގެ 290 މެންބަރުންގެ ތެރެއިން 50 މެންބަރަކު ވަނީ އޮމިކްރޯންއަށް ޕޮޒިޓިވްވެފައެވެ. ޤާނޫނު ހަދާ މަޖިލީހުން އީރާނުގެ ރަސްމީ ނޫސް އިދާރާއަށް މަޢުލޫމާތުދީފައިވާ ގޮތުގައި ގިނަ މެންބަރުންތަކެއް ޕޮޒިޓިވް ވުމާ...
އަޒްފާ ރަޝީދު
100 ފޫޓު ފުން ވަޅުގަނޑަކަށް މީގެ ފަސް ދުވަސް ކުރިން ވެއްޓުނު ފަސް އަހަރުގެ ރަޔަން ވަޅުން ނެގި އިރު އޮތީ ނިޔާވެފައިކަމަށް އެގައުމުގެ މީޑިޔާތަކުން ބުނެފި އެވެ. މޮރޯކޯގެ ރެސްކިއު ޓީމުން ތަކުން އައީ މެދު ކެނޑުމެއް ނެތި ރަޔަން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ރަޔަން ވަޅުން ނަގައިގެން ހެލިކޮޕްޓަރެއްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު މާގިނަ މަޢުލޫމާތު ތަކެއް އަދި ނުލިބެ އެވެ. ރަޔަން ވަޅުގަނޑުން ނެރުނު އިރު އެސަރަހައްދުގައި ރަޔަންގެ މަންމަ އާއި ބައްޕަ އެސަރަހައްދު...
އިބްރާހިމް އަސްވާޤް
ތުރުކީ ވިލާތުގެ ރައީސް ތައްޔިބު އުރްދުގާން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ރައީސް އުރްދުގާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނު ކޯވިޑްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ އިތުރުން އަނބިކަނބަލުން ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވިއެވެ. އުމުރުން 67 އަހަރުގެ އުރްދުގާން ވިދާޅުވީ، ހުރިހާ ރައްޔިތުންގެ ހެޔޮ ދުޢާއަށް އެދިވަޑައި ގަންނަވާ ކަމަށެވެ. އަދި ގެކޮޅުގައި ހުންނަވައިގެން ވެސް މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. “މިއީ އޮމިކްރޯން ވޭރިއ...
ހުސައިން ހަބީބް
އިންޑިއާގައި ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ސެޓްފިކެޓް ހަދައިގެން ގިނަ ބަޔަކު އުޅޭކަމަށް އެގައުމުގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ހަވާލާދީ ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ބުނެފިއެވެ. އެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ކޯވިޑް ވެކްސިން ޕްރޮގްރާމްގައި ހަރަކާތްތެރިވާ ޞިއްޙީ މަސައްކަތްތެރިން ބުނާ ގޮތުގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ނުވާ ގިނަ ބަޔަކު ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިކަން ފެންމަ...
އަޒްފާ ރަޝީދު