ޝަރުތުތަކަކާއި އެކު ރަޝިއާއިން ހަނގުރާމަ ހުއްޓާލާނެ ކަމުގެ އިޝާރާތެއް
ޔޫކްރެއިން ހިފަން ކުރަމުންދާ ހަނގުރާމަ ޝަރުތުތަކަކާއި އެކު ހުއްޓާލާނެ ކަމުގެ އިޝާރާތެއް ރަޝިއާއިން ދީފި އެވެ. އަސްކަރީ ހާއްސަ އޮޕަރޭޝަންގެ ނަމުގައި ޔޫކްރެއިން ހިފުމަށް ރަޝިއާއިން ހަނގުރާމަ ފެށީ މިދިޔަ ފެބްރުއަރީ 24 ވަނަ ދުވަހު އެވެ. ހަނގުރާމައިގަ ދެ ގައުމަށް ކުރިއެރުންތަކެއް ލިބުނު ނަމަވެސް ރަޝިއާއިން އުންމީދު ކުރިގޮތަށް މިހާ ދުވަސްވީއިރުވެސް ޔޫކްރެއިންގެ ކޮންޓްރޯލް ނެގިފައެއް ނުވެ އެވެ. ރަޝިއާގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް ވިދާޅުވީ [...