މިއާއިލާގައި "ގްރިޒްމަން އެމްބާޕޭ" އާއި "ނޭމާ ރޮނާލްޑޯ" އަދިވެސް އިތުރު ތަރިން!
ފުޓްބޯޅައަށާއި ފުޓްބޯޅަ ކުޅުންތެރިންނަށް އޮންނަ ލޯތްބާއި އިޙްތިރާމް ފާޅުކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ކަންތައް ކޮށްއުޅެއެވެ. އެގޮތުން މިއީ ފުޓްބޯޅަ ކުޅުންތެރިންނަށް އޮންނަ ލޯބި ތަފާތު ގޮތަކަށް ދައްކަމުން އަންނަ އާއިލާއެކެވެ. ނިމިދިޔަ ވޯލްޑް ކަޕަކީ ޗިލީ ގެ ޕަކާޗޭ މިއާއިލާއަށް ވަރަށް ފޯރިގަދަ މުބާރާތަކަށް ވެގެން ދާނެކަން ޔަގީނެވެ. އެއާއިލާގައި ފުޓްބޯޅައިގައި މަޝްހޫރު ތަރިންގެ ނަމުން ނަން ދީފައިވާ އެތައް ކުދިންނެއް އެބައުޅެއެވެ. މިއަހަރު މި އާއިލާއަށް އުފަންވި ކުއްޖަކަށް ފްރ...