މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ބައިނަލްއަގުވާމީ

3,715 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 156 ވަނަ ޞަފްޙާ

މެޓާއިން އާރުޓީއާއި އެހެނިހެން ރަޝިއާގެ މީޑިއާތައް ބްލޮކްކޮށްފި

މެޓާއިން އާރުޓީއާއި އެހެނިހެން ރަޝިއާގެ މީޑިއާތައް ބްލޮކްކޮށްފި

ފޭސްބުކްގެ މައި ކުންފުނި ކަމުގައިވާ މެޓާއިން ރަޝިއާގެ އާރުޓީއާއި އެހެނިހެން މީޑިއާ އައުޓްލެޓްތައް ބްލޮކްކުރަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މި މީޑިއާތަކުން “ބޭރުގެ ނުފޫޒު ފޯރުވުމުގެ ޙަރަކާތްތައް” ހިންގާތީއެވެ. މެޓާއިން މި ނިންމުން ނިންމާފައިވަނީ ވައިޓް ހައުސްއިން ރަޝިއާގެ ނުފޫޒު ފޯރުވުމުގެ ކެމްޕޭނުގައި އާރުޓީގެ ދައުރާ ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ހާމަކުރުމަށް ފަހުގައެވެ. އަދި މިކަމާ ގުޅިގެން އެމެރިކާއިން ވަނީ އާ ދަޢުވާތަކަކާއި ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެމެރިކާގެ ޖަސްޓިސް...

އަޙްމަދު ދާއޫދު
މެދު ޔޫރަޕަށް ކުރަމުންދާ ގަދަ ވިއްސާރައިގެ އަސަރު އިޓަލީއަށް

މެދު ޔޫރަޕަށް ކުރަމުންދާ ގަދަ ވިއްސާރައިގެ އަސަރު އިޓަލީއަށް

މެދު ޔޫރަޕު ސަރަހައްދަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ އަސަރު އިޓަލީއަށް ފޯރަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މި ސަބަބާހުރެ އިޓަލީގެ ގިނަ ސަރަހައްދުތަކަށް ވަނީ ގަދަ ވާރޭއާއި، ވައި ގަދަވުމާއި، ފެންބޮޑުވުމުގެ އިންޒާރު ދީފައެވެ. އިޓަލީގެ މެދުތެރޭގައި އޮންނަ ޕެސްކާރާ ސިޓީގައި މިހާރުވެސް ފެންބޮޑުވުން ފެށިފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އަދި އިޓަލީގެ އުތުރުގައިވާ އެމީލިއާ-ރޮމާނާގެ ސަރަހައްދުން ފެށިގެން އެންމެ ދެކުނަށް ވެސް މޫސުމީ އިންޒާރުތައް ވަނީ ދީފައެވެ. މި އިންޒާރުތައް ދެވ...

އަޙްމަދު ދާއޫދު
ލުބުނާންގައި ހިނގި ޕޭޖަރު ގޮވުންތަކާމެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފި

ލުބުނާންގައި ހިނގި ޕޭޖަރު ގޮވުންތަކާމެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފި

ލުބުނާންގެ އެކި ސަރަޙައްދުތަކުގައި ހިނގި ޕޭޖަރު ގޮވުންތަކާމެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ގޮވުންތަކުގައި މަދުވެގެން 8 މީހުން މަރުވެ، 2,750 މީހުން ޒަޚަމްވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އދ. ގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވިދާޅުވީ މި ހާދިސާތަކަކީ “ވަރަށް ކަންބޮޑުވާންޖެހޭ” ކަމެއް ކަމަށެވެ. ޑުޖާރިކް ވިދާޅުވީ އދ. އަށް މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް ލިބިފައި ނެތް ކަމަށާއި، ނަމަވެސް އާންމުންނަށް ލިބުނު ގެއްލުން ކުށްވެރިކުރާ ކަމަށެވެ. ލުބުނާންގެ ސަރުކާރުން މި […]

އަޙްމަދު ދާއޫދު
އެޕަލްގެ އައު އޮޕަރޭޓިންގ ސިސްޓަމް އައިއޯއެސް 18 ރިލީޒްކޮށްފި

އެޕަލްގެ އައު އޮޕަރޭޓިންގ ސިސްޓަމް އައިއޯއެސް 18 ރިލީޒްކޮށްފި

އެޕަލް އިން އެންމެ ފަހުގެ މޮބައިލް އޮޕަރޭޓިންގ ސިސްޓަމް، އައިއޯއެސް 18 މިއަދު ރިލީޒްކޮށްފިއެވެ. މި އަޕްޑޭޓްގައި ކޮންޓްރޯލް ސެންޓަރ އަދި ހޯމް ސްކްރީން އަލުން ފަރުމާކުރުމުގެ ފީޗަރ ފަދަ ބޮޑެތި ބަދަލުތަކާއި، އެކްޓިވޭޝަން ލޮކް ފަދަ ކުދި ބަދަލުތައް ހިމެނެއެވެ. އައިއޯއެސް 18 ލިބޭނީ އައިފޯން އެކްސްއެސް އަދި އޭގެ ފަހުގެ މޮޑެލްތަކަށެވެ. މި އަޕްޑޭޓް އިންސްޓޯލްކުރުމަށް 5 ޖީބީ އިން 10 ޖީބީއާ ދެމެދުގެ ހުސް ޖާގައެއް ބޭނުންވާނެއެވެ. އަޕްޑޭޓް ކުރުމަށް ސެޓިންގްސް އެޕް […]

އަޙްމަދު ދާއޫދު
ޓްރަމްޕްއަށް ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ މީހާގެ މަޢުލޫމާތު ހާމަވެއްޖެ

ޓްރަމްޕްއަށް ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ މީހާގެ މަޢުލޫމާތު ހާމަވެއްޖެ

ކުރީގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ 58 އަހަރުގެ ރަޔަން ވެސްލީ ރައުތްއާ ގުޅޭ އިތުރު މަޢުލޫމާތު ހާމަވެއްޖެއެވެ. ރައުތްއަކީ ނޯތު ކެރޮލައިނާގެ މީހެއް ކަމަށްވާއިރު، އޭނާ އެންމެ ފަހުން ދިރިއުޅެމުން އައީ ހަވާއީގައެވެ. 2016 ވަނަ އަހަރު ޓްރަމްޕަށް ވޯޓުދިން ނަމަވެސް، ފަހުން ޓްރަމްޕާ ދެކޮޅަށް ބަދަލުވެފައިވާކަން އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން ދައްކައެވެ. ރައުތްއަކީ ޔުކްރެއިންއަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، ޔުކްރެއިންގެ ހަނގުރާމައިގައި...

އަޙްމަދު ދާއޫދު
ޣައްޒާގައި 90 އިންސައްތަ ކުދިންނަށް ޕޯލިއޯ ވެކްސިން ދީފި

ޣައްޒާގައި 90 އިންސައްތަ ކުދިންނަށް ޕޯލިއޯ ވެކްސިން ދީފި

ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ޣައްޒާގައި ހިންގި ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނުގައި 90 އިންސައްތަ ކުދިންނަށް ވެކްސިން ދެވިފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޕެލެސްޓީނިއަން ރެފިއުޖީ އޭޖެންސީ (ޔޫއެންއާރްޑަބްލިޔޫއޭ)ގެ ވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެއްޖެއެވެ. ސެޕްޓެމްބަރު 1 ގައި ފެށުނު މި ކެމްޕޭނުގައި 10 އަހަރުން ދަށުގެ 640،000 ކުދިންނަށް ވެކްސިން ދިނުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރެއިން މިހާރު 446،000 އަށްވުރެ ގިނަ ކުދިންނަށް މެދު އަދި ދެކުނު ޣައްޒާގައި ވެކްސިން ދެވ...

އަޙްމަދު ދާއޫދު
އޯޕަން އޭއައި އިން އެންމެ ފަހުގެ އޭއައި މޮޑެލް ރިލީޒްކޮށްފި

އޯޕަން އޭއައި އިން އެންމެ ފަހުގެ އޭއައި މޮޑެލް ރިލީޒްކޮށްފި

މަޝްހޫރު އޭއައި ކުންފުނި އޯޕަން އޭއައި އިން އެ ކުންފުނީގެ އެންމެ ފަހުގެ ބޮޑު ލެންގުއޭޖް މޮޑެލް ކަމުގައިވާ ޖީޕީޓީ–އޯ1 (GPT-o1) ގެ ޕްރިވިއު ވަރޝަން މިއަދު ރިލީޒްކޮށްފިއެވެ. މި އައު މޮޑެލްގެ ޤާބިލުކަން ކުރީގެ މޮޑެލްތަކަށްވުރެ މަތިވެފައިވާ ކަމަށް ކުންފުނިން ބުނެއެވެ. އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ވިދާޅުވި ގގޮތުގައި އޯ1-ޕްރިވިއު އަދި އޯ1-މިނީ މޮޑެލްތަކަކީ “އާންމު ބޭނުންތަކަށް އަދި ބޮޑެތި ވިސްނުންތެރި މަސައްކަތްތައް ކުރެވޭ އޭއައި ގެ އައު ޒަމާނެއްގެ ފެށުމެވެ.” ނަމަވެސް […]

އަޙްމަދު ދާއޫދު
ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުން އިތުރު 24 މީހުން ޝަހީދުވެއްޖެ

ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުން އިތުރު 24 މީހުން ޝަހީދުވެއްޖެ

ޣައްޒާގައި އިސްރާއީލުން ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގައި އިތުރު 24 މީހުން ޝަހީދުވެއްޖެއެވެ. މިއާއެކު އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 41،206 އަށް އަރައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޣައްޒާގެ ސިއްޙީ ވުޒާރާއިންނެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް 95،337 މީހުން ޒަޚަމްވެފައިވެއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އާއއިލާތަކަށް އަމާޒުކޮށް ހިންގި ތިން “ގަތުލުއާންމު” ގައި 24 މީހުން މަރުވެ، 57 މީހުން ޒަޚަމްވެފައިވާކަމަ...

އަޙްމަދު ދާއޫދު
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފި

ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް ބެލެވޭ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. އެމެރިކާގެ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން މަސައްކަތްކުރި ކަމަށް ބެލެވޭ މީހަކު އިއްޔެ އަތުލައިގެންފައިވާއިރު، މި ހާދިސާ ހިނގީ ޓްރަމްޕްގެ ގޮލްފް ކޯހުގައި، އޭކޭ-47 ސްޓައިލްގެ ރައިފަލެއް ހިފައިގެން ގަސްތަކުގެ ތެރޭގައި އޮތް މީހަކު ފެނުމުންނެވެ. ސީކްރެޓް ސާވިސްގެ އެޖެންޓުން އެ މީހާއަށް ހަމަލާދިނުމުން، އޭނާ ކާރެއްގައި ފިލައިގެން ދިޔަ ނަމަވެސް،...

އަޙްމަދު ދާއޫދު
އައިފޯން ވަގަށްނެގުން މަދުކުރުމަށް އައި.އޯ.އެސް 18 ގައި އައު ފީޗާއެއް

އައިފޯން ވަގަށްނެގުން މަދުކުރުމަށް އައި.އޯ.އެސް 18 ގައި އައު ފީޗާއެއް

އައިފޯން ވަގަށްނެގުން މަދުކުރުމަށް އައި.އޯ.އެސް 18 ގައި އައު ފީޗާއެއް ތަޢާރަފްކޮށްފައިވާނޭ ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ. އެޕަލްގެ އައިފޯން ވަގަށް ނެގުމުގެ ބޭނުން ކުޑަކުރުމަށްޓަކައި އައި.އޯ.އެސް 18 ގައި އައު ފީޗަރެއް ތަޢާރަފުކުރަން އުޅޭކަމަށް ބީޓާ ޕްރޮފައިލްސް އިން ހާމަކޮށްފައިވާއިރު، މި ފީޗާއިން ކުރާ ކަމަކީ އައިފޯނުގެ ވަކވަކި ބައިތައް އެޕަލް އައިޑީއާ ގުޅުވާލުން ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ. މިގޮތުން އައިފޯނުގެ ބެޓެރި، ކެމެރާ އަދި ޑިސްޕްލޭ ފަދަ ބައިތައް އެޕަލް އައިޑީއާ ގުޅުވާލެވޭނެއެވެ....

އަޙްމަދު ދާއޫދު
އިސްރާއީލުން މަރައިލި ތުރުކީ-އެމެރިކާ އެކްޓިވިސްޓްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން މަރައިލި ތުރުކީ-އެމެރިކާ އެކްޓިވިސްޓްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލް ސިފައިން ބަޑިން ހަމަލާދީ މަރައިލި ތުރުކީ-އެމެރިކާ އެކްޓިވިސްޓްގެ ޖަނާޒާ ތުރުކީގައި ބާއްވައިފިއެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިން މަރާލި ތުރުކީ-އެމެރިކާ އެކްޓިވިސްޓް އައިސެނުރް އެޒްގީ އެއިގީގެ ޖަނާޒާ އަދި ހަނދާނީ ރަސްމިއްޔާތު ބޭއްވީ ތުރުކީގެ ދެކުނު-ހުޅަނގު ސަރަހައްދުގައި ހޮނިހިރު ދުވަހުއެވެ. 26 އަހަރުގައި ސެޕްޓެމްބަރު 6 ވަނަ ދުވަހު ޝަހީދުވި އެއިގީގެ ޖަނާޒާ ބޭއްވުނީ އޭނާގެ އުފަން ރަށް، އެޖިއަން ކަނޑު ކައިރީގައިވާ ޑިޑިމް ސިޓީގެ އަލްޓިންކުމް ސަރަހައްދުގައެވެ. މި ރަ...

އަޙްމަދު ދާއޫދު
އެޕަލްގެ އެއަރޕޮޑްސް ޕްރޯ ހިއަރިންގ އެއިޑް ސޮފްޓްވެއަރއަށް އެމެރިކާގެ ހުއްދަ ލިބިއްޖެ

އެޕަލްގެ އެއަރޕޮޑްސް ޕްރޯ ހިއަރިންގ އެއިޑް ސޮފްޓްވެއަރއަށް އެމެރިކާގެ ހުއްދަ ލިބިއްޖެ

އެޕަލްގެ އެއަރޕޮޑްސް ޕްރޯ ހިއަރިންގ އެއިޑް ސޮފްޓްވެއަރއަށް އެމެރިކާގެ އެފްޑީއޭގެ ހުއްދަ ލިބިއްޖެއެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުރާސްފަތި ދުވަހު ހުއްދަ ދީފައިވަނީ އެޕަލްގެ އެއަރޕޮޑްސް ޕްރޯ ހެޑްފޯނާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ އޯވަރ-ދަ-ކައުންޓަރ ހިއަރިންގ އެއިޑް ސޮފްޓްވެއަރއަށެވެ. މިދިޔަ ހަފްތާގައި އެޕަލްއިން ބުނެފައިވަނީ އެއަރޕޮޑްސް ޕްރޯ 2 މިހާރު “ބަދަލުކުރެވިދާނެ” ކަމަށާއި، އަންނަން އޮތް ސޮފްޓްވެއަރ އަޕްޑޭޓެއްގެ ޒަރީއާއިން ޕަރސަނަލައިޒްޑް ހިއަރިނ...

އަޙްމަދު ދާއޫދު
ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުގެ ފުރަތަމަ ފޮޓޯތައް އުތުރު ކޮރެއާއިން ހާމަކޮށްފި

ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުގެ ފުރަތަމަ ފޮޓޯތައް އުތުރު ކޮރެއާއިން ހާމަކޮށްފި

ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުގެ ފުރަތަމަ ފޮޓޯތައް އުތުރު ކޮރެއާއިން ހާމަކޮށްފިއެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އެ ޤައުމުގެ ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒަށް ޒިޔާރަތްކުރި މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ. މިއީ މި މަރުކަޒުގެ ފޮޓޯތައް އާންމުކޮށް ދައްކާލި ފުރަތަމަ ފަހަރެވެ. ޕްޔޮންގްޔަންގްގެ ސަރުކާރު ހިންގާ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން ހުކުރު ދުވަހު ރިޕޯޓުކުރި ގޮތުގައި ކިމް ޖޮންގް އުން ވަނީ ނިއުކްލިއަރ ހަތިޔާރު އުފައްދާ […]

އަޙްމަދު ދާއޫދު
ކޮމޯރޯސްގެ ރައީސަށް ތޫނު އެއްޗަކުން ހަމަލާދީފި

ކޮމޯރޯސްގެ ރައީސަށް ތޫނު އެއްޗަކުން ހަމަލާދީފި

ކޮމޯރޯސްގެ ރައީސް އަޒާލީ އަސޫމާނީއަށް ތޫނު އެއްޗަކުން ހަމަލާއެއް ދީފިއެވެ. ސަރުކާރުގެ ތަރުޖަމާނު ފާތިމާ އަހަމަދާ ވިދާޅުވިގޮތުގައި މިހަމަލާގައި ރައީސަށް ލިބިވަޑައިގެންފައިވަނީ ކުދިކުދި އަނިޔާތަކެކެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު މެންދުރުފަހު 2 ޖަހާ އެހާކަށް ހާއިރު، ވެރިރަށް މޮރޯނީގެ އުތުރުގައިވާ ސަލީމާނީ އިޓްސަންދްރާ ރަށުގައި ބޭއްވުނު އެ ގައުމުގެ އިސް ޝައިޚެއްގެ ޖަނާޒާއެއްގައެވެ. މި ހަމަލާއާ ގުޅިގެން އުމުރުން 20 އަހަރުގެ ކުރީގެ ފުލުހެއް ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ ނޫހަކުން މަ...

އަޙްމަދު ދާއޫދު
އެމްޕޮކްސް ރައްކާތެރިވުމަށް ފައިސާ އިތުރުކުރުމަށް އިލްތިމާސްކޮށްފި

އެމްޕޮކްސް ރައްކާތެރިވުމަށް ފައިސާ އިތުރުކުރުމަށް އިލްތިމާސްކޮށްފި

އެމްޕޮކްސް ރެސްޕޮންސަށް ބޭނުންވާ ފައިސާ އިތުރުކުރުމަށް ހުޅަނގުގެ ގައުމުތަކަށް އެފްރިކާ ސީޑީސީން އިލްތިމާސްކޮށްފިއެވެ. އެފްރިކާ ޔޫނިއަންގެ ސިއްޙީ އިދާރާގެ އިސްވެރިޔާ ވަނީ ކޮވިޑް-19 ބަލިމަޑުކަމުން ފިލާވަޅު ލިބިގަނެ، މިހާރު ފެތުރެމުންދާ އެމްޕޮކްސް ބަލީގައި އެފްރިކާ އެކަނި ދޫކޮށްނުލުމަށް ހުޅަނގުގެ ގައުމުތަކަށް ގޮވާލައްވާފައެވެ. އެފްރިކާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޖީން ކަސެޔާ ވިދާޅުވި ގޮތުގައި، އެފްރިކާ ސީޑީސީއާއި ދުނިޔޭގެ ސިއްޙަތު ޖ...

އަޙްމަދު ދާއޫދު