ޖޭމްސް ވެބް ޓެލެސްކޯޕުން ޕްލޫޓޯގެ އެންމެ ބޮޑު ހަނދުގެ އައު ހޯދުންތަކެއް
ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ޕްލޫޓޯގެ އެންމެ ބޮޑު ހަނދު ޗަރޯންގެ ސަތަޙައިން ފުރަތަމަ ފަހަރަށް ކާބަން ޑައިއޮކްސައިޑް އަދި ހައިޑްރޮޖަން ޕެރޮކްސައިޑް ފެނިފައިވާ ކަމަށް ސައިންޓިސްޓުން ހާމަކޮށްފިއެވެ. މިއީ ގަނޑުވެފައިވާ ސޮލިޑް ބާވަތްތަކެކެވެ. މީގެ ކުރިން ޗަރޯންގެ ސަތަޙައިން ފެނިފައިވާ ފެނުގެ ގަނޑު، އެމޯނިއާ އެކުލެވޭ މާއްދާތަކާއި އޯގަނިކް މެޓީރިއަލްސްގެ އިތުރުން މި ދެ މާއްދާ ފެނުމާއެކު، މި ހަނދުގެ އުފެދުމާއި ތަރައްޤީގެ މަރުޙަލާތަކާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ލިބޭނެ ކަމަށް ސައިންޓިސްޓުން [...