ހަމާސްގެ ސިޔާސީ ލީޑަރުންނަށް މަރުހަބާ ނުކިޔާނެކަމަށް ޤަތަރުން އަންގައިފި: އިސްރާއީލު މީޑިއާ
ޤަތަރުން ހަމާސްގެ ސިޔާސީ ލީޑަރުންނަށް އެ ޤައުމުގައި “މަރުހަބާ ނުކިޔާނެ” ކަމަށް އަންގައިފިކަމަށް އިސްރާއީލުގެ މީޑިއާއިން ހުކުރު ދުވަހު ރިޕޯޓުކޮށްފިއެވެ. އިސްރާއީލުގެ ރަސްމީ ބަސް، ހީބްރޫ ބަހުން ނެރޭ “ކަން” ނިއުސް އައުޓްލެޓުން ބުނެފައިވަނީ މި ނިންމުން ހަމާސްއަށް “ފާއިތުވި ދުވަސްތަކުގައި” އަންގާފައިވާ ކަމަށެވެ. އެމެރިކާގެ ރިޕަބްލިކަން ސެނެޓަރުންގެ ބަޔަކު މިދިޔަ ހަފްތާގައި ބައިޑެން އިދާރާއަށް ސިޓީއެއް ފޮނުވައި، ޤަތަރާ މެދު ގެންގުޅޭ ސިޔާސަތު ބަދަލުކުރުމަށް ގޮވާލާފައިވެއެވެ. ސެނެޓް އާމްޑް ސަރވިސަސް އަދ...