ލީބިޔާގެ ސްޓޭޓް ވަޒީރަކަށް އަމާޒުކޮށް ދިން މަރުގެ ހަމަލާއަކުން ސަލާމަތްވެއްޖެ
ލިބިޔާގެ ވެރިރަށް ޓްރިޕޮލީގައި ދައުލަތުގެ ސްޓޭޓް ވަޒީރަކަށް އަމާޒުކޮށް ދިން މަރުގެ ހަމަލާއަކުން އެ ވަޒީރު ސަލާމަތްވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުއެވެ. ސަރުކާރުގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ކެބިނެޓް ކަންކަމާ ބެހޭ ދައުލަތުގެ ވަޒީރު އާދިލް ޖުމާ ދަތުރުކުރަމުންދިޔަ ކާރަށް އަމާޒުކޮށް ނޭނގޭ ބަޔަކު ވަނީ ސީދާ ބަޑިން ހަމަލާދީފައެވެ. ޓްރިޕޮލީގައި އޮންނަ ނޭޝަނަލް ޔުނިޓީ ސަރުކާރުން މި ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އަދި ވަޒީރުގެ ޞިއްޙީ ހާލަތު ރަނގަޅު ކަމަށާއި...