ޙައްޖު ހުއްދަ ނެތް 22 މީހަކު މައްކާއަށް އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި
ޙައްޖު ހުއްދަ ނެތް 22 މީހަކު މައްކާއަށް އެތެރެކުރަން މަސައްކަތްކުރި އިންޑިއާ އަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ. ސައޫދީ ދައުލަތުގެ މީޑިއާއިން ބުނެފައިވާ ގޮތުގައި ޙައްޖު ހުއްދަ ނެތް 22 ވިސާ ހޯލްޑަރުން އުފުލުމުގެ ކުށުގައި އިންޑިއާގެ ރައްޔިތެއް ޙައްޖު ސެކިއުރިޓީ ފޯސްއިން ވަނީ ހައްޔަރުކޮށްފައެވެ. ޙައްޖު ޤަވާޢިދުތަކާއި ޚިލާފްވާ މީހުންނަށް ކަނޑައެޅިފައިވާ އަދަބު މި އިންޑިއާ މީހާގެ މައްޗަށް ކަނޑައެޅުމަށްޓަކައި ކަމާބެހޭ ފަރާތަށް ފޮނުވާފައިވާކަމަށް ވެސް ސައޫދީ ދައުލަތުގެ މީޑިއާއިން ބުންޏެވެ. އެޕްރ...